ރާއްޖެ-ޗައިނާ ގުޅުމާ މެދު އިންޑިއާ ކަންބޮޑުނުވާން ޗައިނާއިން ގޮވާލައިފި

ރައީސް ޑރ.،މުހައްމަދު މުއިއްޒު ޗައިނާއަށް ވަޑައިގެންނެވުމުން އެގައުމުގެ ފުޖިއާންގެ ޕްރޮވިންޝަލް ލީޑަރުން ދެއްވި ރަސްމީ ޖާފަތެއްގައި ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ:ރައީސް އޮފީސް

ރައީސް ޑރ.،މުހައްމަދު މުއިއްޒު ޗައިނާއަށް ވަޑައިގެންނެވުމުން އެގައުމުގެ ފުޖިއާންގެ ޕްރޮވިންޝަލް ލީޑަރުން ދެއްވި ރަސްމީ ޖާފަތެއްގައި ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ:ރައީސް އޮފީސް

ރައީސް ޑރ.،މުހައްމަދު މުއިއްޒު އިންޑިއާއަށް ވުރެ ކުރިން ޗައިނާއަށް ވަޑައިގެންނެވުމުން އިންޑިއާގެ ނޫސްތަކުން ފާޑުކިޔާތީ ޗައިނާއިން އެކަަމަށް ރައްދުދީ، އިންޑިއާއަށް ވަރުގަދަ މެސެޖެއް ދީފި އެވެ.

ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ ސިޔާސަތުތަކާއި ޝުއޫރުތައް ފާޅުކުރާ " ދަ ގްލޯބަލް ޓައިމްސް" ނޫހުގައި ޖެހި އެޑިޓޯރިއަލްއެއް ގައި ބުނީ ޗައިނާއިން ރާއްޖެއާ މެދު އަމަލުކުރަނީ ހަމަހަމަ ބައިވެރިއެއްގެ ގޮތުގައި ކަމަށާއި ރާއްޖޭގެ ސިޔާދަތަށް އެގައުމުން އިހުތިރާމްކުރާ ކަމަށެވެ. ރާއްޖެއިން އިންޑިއާއާ އެކު ބާއްވާ ގުޅުމަށް ވެސް ޗައިނާއިން އިހުތިރާމްކުރާ ކަމަށާއި ރާއްޖެ އިންޑިއާއާ ދެކޮޅުވާން ޗައިނާއިން ނުބުނާ ކަމަށް ވެސް އެ ލިއުމުގައި ބުންޏެވެ.

ގްލޯބަލް ޓައިމްސްގެ އެޑިޓޯރިއަލްތައް ބައިނަލްއަގުވާމީ މީޑިއާ އިން ނަގަނީ ޗައިނާ ސަރުކާރުގެ ބުނުންތަކުގެ ގޮތުގަ އެވެ. އެކަމަށް ޗައިނާ ސަރުކާރުން އިންކާރެއް ވެސް ނުކުރެ އެވެ.

"...ދިވެހިރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ގުޅުމަކީ ދެކޮޅުވެރިކަމެއް ނުވަތަ ނުރައްކަލެއް ކަމަކަށް ޗައިނާއަކުން ނުދެކެ އެވެ. ޗައިނާ އޮތީ ޗައިނާ، އިންޑިއާއާ އަދި ދިވެހިރާއްޖެ ޓްރައިލެޓްރަލް ގުޅުމެއް [ތިން ގައުމު ބައިވެރިވާ ގުޅުމެއް] އުފައްދަން ވެސް ތައްޔާރަށެެވެ،" ގްލޯބަލް ޓައިމްސްގެ އެޑިޓޯރިއަލްގައި ބުނެފައި ވެ އެވެ.

އެ ލިއުން ނިންމައިލަމުން ބުނީ އިންޑިއާއިން ހުޅުވައިލެވިފައިވާ ވިސްނުމެއް ގެންގުޅެން ޖެހޭ ކަމަށާއި ދެކުނު އޭޝިއާގެ ގައުމުތަކާ އެކު ޗައިނާއިން ބާއްވާ ގުޅުމަކީ އެއްފަރާތަށް ފައިދާވާ ގޮތަށް އޮތް ގުޅުމެއް ނޫން ކަމަށެވެ.

ރާއްޖޭން ޗައިނާއާ އެކު ބާއްވާ ގުޅުމާ މެދު އިންޑިއާއިން ކަންބޮޑުވާ ކަންބޮޑުވުމަށް ފާޑުކިޔަމުން ޗައިނާގެ ލިއުމުގައި ބުނީ އިންޑިއާ ސަރުކާރުން އުއްމީދުކުރަނީ އެގައުމުން ޗައިނާއާ މެދު ގެންގުޅޭ ދެކޮޅުވެރި ގޮތް ރާއްޖޭން ވެސް ގެންގުޅެން އިންޑިއާއިން އުއްމީދުކުރާ ކަމަށެވެ.

"...އިންޑިއާއަށް ވުރެ ކުރިން ޗައިނާއަށް ވަޑައިގަންނަވަން މުއިއްޒު ނިންމެވުމުގެ މާނައަކީ ކޮންމެހެން އެމަނިކުފާނަކީ ޗައިނާއާ އެެއްކޮޅު އިންޑިއާއާ ދެކޮޅު ބޭފުޅަކަށް ވުމެެއް ނޫނެވެ. އޭގެ މާނައަކީ މުއިއްޒު އިންޑިއާއާ މެދު އާއްމު ވިސްނުންފުޅަކުން އަމަލުކުރެއްވުމެވެ. އަދި އިންޑިއާއާ ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުމަކީ ދައުލަތަކާއި ދައުލަތަކާ ދެމެދު އޮންނަ އާއްމު ގުޅުމަކަށް ބަދަލުކުރެއްވުމެވެ،" ގްލޯބަލް ޓައިމްސްގެ ލިއުމުގައި ވެ އެވެ.

ރާއްޖެއާ ޗައިނާއާ ދެމެދު އޮތް ގުޅުމަކީ ޒަމާންވީ ގުޅުމެއް ކަމާއި ދެގައުމުގެ ދެމެދުގައި 1981 ވަނަ އަހަރުން ފެށިގެން ވިޔަފާރިއާއި އިގުތިސާދީ ގޮތުން ގުޅުން ބަދަހިކުރަމުން އަންނަަަކަން އެ ލިއުމުގައި ފާހަގަކޮށްފައި ވެ އެވެ.

ރައީސް މުއިއްޒު ޗައިނާއަށް ދަތުރުފުޅެއް ކުރައްވާކަން އިއުލާނުކުރުމާ އެކު އިންޑިއާގެ ބައެއް ނޫސްތަކުން ސިފަކުރީ އެއީ ޗައިނާއާ އެއްކޮޅު "ޕްރޯ ޗައިނާ ބޭފުޅެއް"ގެ ގޮތުގަ އެވެ. އަދި އޭގެ ފަހުން އިންޑިއާގެ ލަކްޝަދީޕް ޕްރޮމޯޓްކުރައްވަން އެގައުމުގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ކުރެއްވި ޓްވީޓަކަށް ރާއްޖޭގެ ބައެއް އޮފިޝަލުން ރައްދު ދެއްވިލެއް ހުތުރުކަމުން އެގައުމުގެ ބައެއް މީހުން އަންނަނީ ރާއްޖެ ބޮއިކޮޓްކުރަން ގޮވައިލަމުންނެވެ. އެކަމުގެ ތެރޭގައި ރައީސް މުއިއްޒަށް ފާޑުކިޔައި އެމަނިކުފާނަކީ "ޗައިނާގެ ދަށުވެފައިވާ ބޭފުޅެއް" ކަމަށް ވެސް ގެންދަނީ ސިފަކުރަމުންނެވެ.

އެއާ އެކު ޗައިނާ ސަރުކާރުގެ ސޯޝަލްމީޑިއާ އެކައުންޓްތަކުން ރާއްޖެ ޕްރޮމޯޓްކުރުމުގެ ކެމްޕޭނެއް މިހާރު ވަނީ ފަށައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox