ރެހެންދި ފްލެޓް ހުސްނުކުރި މައްސަލާގައި 1.1 މިލިއަން ހޯދަން ޖިހާދަށް ކުރި ދައުވާ އަނބުރާ ގެންގޮސްފި

ކުރީގެ ނައިބު ރައީސް ޖިހާދު, ރައީސް މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި. އޭނާގެ މައްޗަށް ދައުލަތުން ކުރި ދައުވާ އަނބުރާ ގެންގޮސްފި -- ފޮޓޯ: ރައީސް އޮފީސް

ކުރީގެ ނައިބު ރައީސް ޖިހާދު, ރައީސް މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި. އޭނާގެ މައްޗަށް ދައުލަތުން ކުރި ދައުވާ އަނބުރާ ގެންގޮސްފި -- ފޮޓޯ: ރައީސް އޮފީސް

ދައުރު ހަމަވި ފަހުން ވެސް ރެހެންދި ފްލެޓް ހުސްނުކޮށް, ބޭނުންކުރި މައްސަލާގައި 1.1 މިލިއަން ހޯދަން ކުރީގެ ނައިބު ރައީސް އަބްދުالله ޖިހާދާ ދެކޮޅަށް ދައުލަތުން ކުރި ދައުވާ އަނބުރާ ގެންގޮސްފި އެވެ.

ދައުލަތުން ޖިހާދަށް ރެހެންދި ފްލެޓް ހަމަޖައްސައި ދިނީ ނަިއބު ރައީސް ދިރިއުޅުއްވަން ދައުލަތުން ތަނެއް ހަމަޖައްސައިދޭން ޖެހޭތީ އެވެ.

ނަމަވެސް ދައުރު ހަމަވުމުން ރެހެންދި 3ގެ 05-01 އަދި 05-02 ދެ ފްލެޓް ހުސްކުރަން އެންގުމުން ވެސް އެކަން ނުކޮށް 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު 17އާ ހަމައަށް އެތަން ބޭނުންކޮށްފައިވާ ކަމަށް ބުނެ ރައީސް އޮފީހުން ވަނީ ބަދަލު ހޯދަން މައްސަލަ ކޯޓަށް ހުށަހަޅައިފަ އެވެ.

ރައީސް އޮފީހުން މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ގާނޫނީ ހައިސިއްޔަތެއް ނެތި ދައުލަތުގެ މުދަލެއް ބޭނުންކޮށްފައިވާ މުއްދަތަށްވާ ކުލި ދައުލަތަށް ލިބެންޖެހޭ ކަމަށް ކަނޑައަޅައި ދިނުމަށް އެދި އެވެ. އަދި ކުއްޔާއި މެއިންޓެނެންސް ފީ އަދި ޔޫޓިލިޓީ ފީގެ ގޮތުގައި ދައްކަން ޖެހި ނުދައްކާވާ ޖުމްލަ 1,109,227.36 ރުފިޔާ އެއް ފަހަރާ ދައުލަތަށް ނަގައިދިނުމަށް އެދި އެވެ.

2020 ވަނަ އަހަރު ތެރޭގައި ސިވިލް ކޯޓަށް މި މައްސަލަ ހުށަހެޅި ނަމަވެސް, މިދިޔަ މާޗް މަހު ރައީސް އޮފީހުން ވަނީ މި މައްސަލާގައި ދައުވާ ކުރަންޖެހޭ ސަބަބެއް އޮތް ކަމަށް ނުފެންނާތީ ކަމަށް ބުނެ މައްސަލަ އަނބުރާ ގެންދިއުމަށް އެދިފަ އެވެ. އަދި މިދިޔަ ޑިސެމްބަރު މަހުގެ 21ގައި ބަންޑާރަ ނައިބުގެ އޮފީހުން ވެސް ވަނީ މި މައްސަލަ ބާތިލުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ސިޓީ ފޮނުވައިފަ އެވެ.

ރައީސް އޮފީހާއި ބަންޑާރަ ނައިބުގެ އޮފީހުގެ ސިޓީއާ ހެދި ސިވިލް ކޯޓުން މިއަދު ވަނީ ދައުވާ ފޯމު ބާތިލުކޮށް, މައްސަލަ ނިންމާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox