ރައީސްގެ ތާރީހީ ފުރަތަމަ ފުރަމާނަ ދަތުރަށް ޗައިނާއަށް ފުރާވަޑައިގެންފި

Jan 7, 2024, 7:05 PM
ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ފުރާވަޑައިގަންނަވަން ވެލާނާ އެއާޕޯޓުގައި: އެމަނިކުފާނަކީ ފެހި ގާނޫނު އަސާސީ ވުޖޫދުވީ ފަހުން ފުރަތަމަ ފުރަމާނަ ދަތުރުފުޅު ޗައިނާއަށް ކުރައްވާ ފުރަތަމަ ރައީސް -- ފޮޓޯ:އަބްދުﷲ އިޔާން/އަދަދު

ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ފުރާވަޑައިގަންނަވަން ވެލާނާ އެއާޕޯޓުގައި: އެމަނިކުފާނަކީ ފެހި ގާނޫނު އަސާސީ ވުޖޫދުވީ ފަހުން ފުރަތަމަ ފުރަމާނަ ދަތުރުފުޅު ޗައިނާއަށް ކުރައްވާ ފުރަތަމަ ރައީސް -- ފޮޓޯ:އަބްދުﷲ އިޔާން/އަދަދު

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގެންނެވި ބޭފުޅަކު ރާއްޖޭން ބޭރަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެއްގައި ފުރަތަމަ ފަހަރަށް ޗައިނާއަށް ވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތާރީހުން ޖާގަ ހޯއްދަވައިފި އެވެ.

ރައީސްގެ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ. އެމަނިކުފާނާ އެކު ފަސްޓް ލޭޑީ ސާޖިދާ މުހައްމަދާއި, ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވަ އެވެ.

ރައީސް މުއިއްޒު ޗައިނާއަށް ފުރާވަޑައިގަތުމުގެ ކުރިން އެތަނުގައި ތިއްބެވި މަޖިލިސް މެމްބަރުންނާއި ސަރުކާރުގެ އޮފިޝަލުންނާ ސަލާމްކުރައްވަނީ: މިފަހުން ސަރުކާރާ ގުޅުނު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެތަނުގައި ތިއްބެވި -- ފޮޓޯ:އަބްދުﷲ އިޔާން/އަދަދު
ރައީސް މުއިއްޒު ޗައިނާއަށް ފުރާވަޑައިގަތުމުގެ ކުރިން އެތަނުގައި ތިއްބެވި މަޖިލިސް މެމްބަރުންނާއި ސަރުކާރުގެ އޮފިޝަލުންނާ ސަލާމްކުރައްވަނީ: މިފަހުން ސަރުކާރާ ގުޅުނު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެތަނުގައި ތިއްބެވި -- ފޮޓޯ:އަބްދުﷲ އިޔާން/އަދަދު

ރައީސް މުއިއްޒު ޗައިނާއަށް ފުރާވަޑައިގަތުމުގެ ކުރިން އެތަނުގައި ތިއްބެވި މަޖިލިސް މެމްބަރުންނާއި ސަރުކާރުގެ އޮފިޝަލުންނާ ސަލާމްކުރައްވަނީ: މިފަހުން ސަރުކާރާ ގުޅުނު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެތަނުގައި ތިއްބެވި -- ފޮޓޯ:އަބްދުﷲ އިޔާން/އަދަދު

މި ދަތުރުގެ ތެރެއިން ޗައިނާ ސަރުކާރާއި ރާއްޖޭގެ ސަރުކާރާ ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރާނެ ކަމަށް ބެލެވެ އެވެ. އެގޮތުން, އިގުތިސާދީ, ސަލާމަތާއި ރައްކާތެރިކަމާއި, އިޖުތިމާއީ އަދި އިންސާނީ ވަސީލަތް ތަރައްގީ ކުރުން ފަދަ ދާއިރާތަކުން ޗައިނާއާ އެކު އެއްބަސްވުންތަކުގައި ސޮއިކުރާނެ ކަމަށް ބެލެވެ އެވެ.

ފެހި ގާނޫނޫ އަސާސީގެ ފަހުން ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެއްވެސް ބޭފުޅަކު ފުރަތަމަ ފުރަމާނަ ދަތުރުގައި ޗައިނާއަށް ވަޑައިގަނެފައި ނުވެ އެވެ. އެގޮތުން ކުރީގެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދު, މުހައްމަދު ވަހީދު, އަބްދުالله ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވެރިކަމުގެ އެންމެ ފުރަތަމަ ފުރަމާނަ ދަތުރު ކުރެއްވީ އިންޑިއާއަށެވެ.

ރައީސް މުއިއްޒު ޗައިނާއަށް ފުރާވަޑައިގެންފައި މިވަނީ ފަހުގެ ތާރީހެއްގައި ރާއްޖެ އަދި އަވަށްޓެރި އިންޑިއާގެ ގުޅުން އެންމެ ގޯސްވެ ނުތަނަވަސްކަމެއްގެ ތެރޭގައި އޮތް ދަނޑިވަޅެއްގަ އެވެ. އިންޑިއާއަކީ ސަރަހައްދީ ގޮތުންނާއި ބައިނަލްއަގްވާމީ މައިދާނުގައި ވެސް ޗައިނާގެ އެންމެ ބޮޑު ވާދަވެރިޔާ އެވެ.

މި ސަރުކާރުގެ ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތްކޮށް ފުރައްސާކޮށް ޓްވީޓު ކުރުމާ ގުޅިގެން ސަސްޕެންޑް ކޮށްފަ އެވެ. އިންޑިއާގެ ގިނަ އަދަދެއްގެ މީހުންނާއި ރާއްޖޭގެ ސަރުކާރު ތަމްސީލުކުރާ މީހުންނާ ދެމެދު ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކުރަމުންދާތާ ދެތިން ދުވަހެއް މިވަނީ ވެފަ އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި ކެމްޕޭން އެއްކޮށްހެން ބިނާވެފައި އޮތީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމާ ގުޅޭގޮތުންނެވެ. އޭރުގެ އިދިކޮޅުން ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ކެމްޕޭނާ ގުޅިގެން ރައީސަކީ ޗައިނާއަށް ތާއީދުކުރައްވާ ބޭފުޅެއް ކަމަށް އިންޑިއާ މީޑިއާތަކުން ސިފަކުރި އެވެ. އެމަނިކުފާނު އެ ތުހުމަތުތައް ދޮގުކުރައްވަ އެވެ. ވިދާޅުވީ އެމަނިކުފާނަކީ "ޕްރޯ މޯލްޑިވްސް" ބޭފުޅެއް ކަމަށެވެ.

އެމަނިކުފާނު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު ރާއްޖޭގައި ހިންގި އެންމެ ބޮޑު ޕްރޮޖެކްޓުތައް ހިންގާފައި ވަނީ ޗައިނާގެ ސަރުކާރާ ގުޅިގެން ޗައިނާގެ ކުންފުނިތަކުންނެވެ. އެގޮތުން, ސިނަމާލެ ބްރިޖާއި ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ މަސައްކަތް ފާހަގަކުރެވެ އެވެ.

އެހެން ނަމަވެސް, ރައީސް މުއިއްޒު ވިދާޅުވަނީ ދުނިޔޭގެ އެންމެ އާބާދީ ބޮޑު ދެ ގައުމު އަދި އިގުތިސާދީ ދެ ބާރުގެ ކޯޅުމުގެ ތެރެއަށް ރާއްޖެ ނުވަންނާނެ ކަމަށެވެ. އަދި ރާއްޖޭން އަބަދުވެސް ހިފަހައްޓާނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ކަމަށް އެމަނިކުފާނު އަންނަނީ ވިދާޅުވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox