ވިއްސާރައަށް ފަހު، ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް ނުބޭއްވި ހަފުތާއެއް

ކްރިމިނަލް ކޯޓު އިމާރާތަށް މީހަކު ވަންނަނީ: އާދީއްތަ ދުވަހު ކުރި ވިއްސާރައަށް ފަހު ކޯޓުގައި އަދި އަޑުއެހުމެއް ނުބޭއްވޭ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ކްރިމިނަލް ކޯޓު އިމާރާތަށް މީހަކު ވަންނަނީ: އާދީއްތަ ދުވަހު ކުރި ވިއްސާރައަށް ފަހު ކޯޓުގައި އަދި އަޑުއެހުމެއް ނުބޭއްވޭ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މާލެއަށް މިދިޔަ ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން މުޅި އާދީއްތަ ދުވަހު ކުރި ވިއްސާރައަށް ފަހު މި ހަފުތާގެ އެންމެ ދުވަހަކަށް ވެސް ކްރިމިނަލް ކޯޓުގައި މައްސަލައެއްގެ އަޑުއެހުން ތާވަލުނުކޮށް ހަމައެކަނި މުއްދަތު މަޖިލިސްތަކެއް ތާވަލުކޮށްފި އެވެ.

އާދީއްތަ ދުވަހުގެ ހެނދުނުން ފެށިގެން ކޯޓުގެ ހުރިހާ ދިމާއެއްގެ ސީލީނުން ފެން ވަދެފައިވެ އެވެ. ފެނުގެ އަސަރުކޮށްގެން ކޯޓުގެ ސާވާ ވެސް އެއްކޮށް ހަލާކުވެފައިވެ އެވެ. އެ ދުވަހު އިންޓަނެޓުގެ ހިދުމަތް ވެސް ނުލިބި، އަޑުއެހުންތައް ކެންސަލް ކުރަން ޖެހުނެވެ. އަދި އިދާރީ އެއްވެސް ހިދުމަތެއް ނުދެވުނެވެ.

އޭގެ ފަހުން ކޮންމެ ދުވަހަކު ވެސް ކޯޓުގެ ޝެޑިއުލްގައި އޮންނަނީ ހައްޔަރުކުރާ މީހުންގެ ބަންދު މުއްދަތާ މެދު ގޮތެއް ނިންމުމުގެ އަޑުއެހުންތައް އެކަންޏެވެ. ކޯޓުގައި ހިނގާ އެއްވެސް ޝަރީއަތެއްގެ އަޑުއެހުމެއް މި ހަފުތާގެ އެންމެ ދުވަހަކު ވެސް ތާވަލެއް ނުކުރެ އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލަކާ އެ ސުވާލު ކުރުމުން އޭނާ ވިދާޅުވީ ކޯޓުގެ ހަތަރު ބުރީ އިމާރާތުގައި ހުރި ސާމާނުތަކަށް ވެސް އެކި ވަރުގެ ގެއްލުން ލިބުމުން އެ ސާމާނުތައް މި ވަގުތަށް ބެހެއްޓީ އަޑުއެހުންތައް ބޭއްވުމަށް ކޯޓުގައި މި ވަގުތު ބޭނުން ކުރާ ކޮޓަރިތަކުގައި ކަމަށެވެ.

"މުއްދަތު މަޖިލިސްތައް ބޭއްވުމަށް އެއް ކޮޓަރި ހުރެފައި ދެން ހުރި ކޮޓަރިތަކުގައި މި ތަކެތި ބަހައްޓާފައިވީ، އެކަމަށް ކޯޓު ރޫމުތައް އޮކިއުޕައި ވެފައި އޮތީމަ އަޑުއެހުމެއް ތާވަލު ނުކުރެވި މި އުޅެނީ، އަޑުއެހުންތައް ބާއްވަން ފެށޭނެ ދުވަހެއް ބުނަން އަދި ދަތި،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސާވާގެ މައްސަލަ މިހާރު ވަނީ ހައްލުކޮށްފަ އެވެ.

މީގެ ކުރިން ވެސް ވިއްސާރަ މޫސުމުގައި ކޯޓުގެ އިމާރާތުގެ ތެރެއަށް ފެން ވަދެ ހިދުމަތަށް ބުރޫ އަރާފައިވެ އެވެ. ކޯޓުގެ ސާވާއަށް ނޫނީ ސާވާ ރޫމަށް ފެން ވަދެގެން މީގެ ކުރިން ވެސް އެ ދުވަހަކަށް ތަވާލުކުރި އަޑުއެހުންތައް ކެންސަލް ކުރަން ޖެހިފައި އެބަ ހުއްޓެވެ.

ކްރިމިނަލް ކޯޓު މިހާރު ހިންގަމުން ދާ އިމާރާތުގައި ހިމެނޭ ހަތަރުބުރީގެ ބާ އިމާރާތް ބޭނުންކުރުން، މި އަހަރު ފެބްރުއަރީ މަހު ހުއްޓާލި އެވެ. އެ އިމާރާތް ބާވެ ބޭނުން ނުކުރެވޭ ވަރު ވެފައިވާ އިރު، މިހާރު ބޭނުންކުރާ އިމާރާތް ވެސް ހުރީ ވަރަށް ހާލު ދެރަކޮށެވެ.

އޭގެ ފަހުން މިދިޔަ 10 މަސް ދުވަހު ކޯޓު ހިންގީ ޖާގައިގެ ދަތިކަން ބޮޑުވެގެންނެވެ. އެހެންވެ ކޯޓުގައި މައްސަލަތައް ނުނިމި ދިގުލައިގެން ގޮސް، މައްސަލަތައް ހުރީ ފުނިޖެހިފަ އެވެ. އެ ސަބަބާ ހުރެ ކޯޓު ރިސެސްއަކަށް ވެސް ނުދެ އެވެ. އާންމުކޮށް އަހަރު ފަހުކޮޅު ކޯޓުތައް ރިސެސްއަށް ދެ އެވެ.

ކްރިމިނަލް ކޯޓުގެ އިމާރާތުގެ ބޮޑު ބައެއް ބޭނުން ކުރުން ހުއްޓާލާފައި ވެސް ވާއިރު، އިމާރާތުގެ ހާލަތު ވަޒަން ކުރުމަށްފަހު 2017 ވަނަ އަހަރު ގެޑޯ ޕްރައިވެޓު ލިމިޓެޑުން ތައްޔާރުކުރި ރިޕޯޓެއްގައި ވެސް އެ އިމާރާތް ބޭނުން ކުރުން ރައްކާތެރި ނޫން ކަމަށް ލިޔެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox