އިންޑިއާ ސިފައިން ފޮނުވާލަން ފަސޭހަ ނޫން ކަމަށާއި އެކަމުގައި ގޮންޖެހުން އެބަހުރި ކަމަށް ސަރުކާރުން ބުނެފި

Jan 2, 2024, 9:22 AM
ނާޒިމް ރައީސް މުއިއްޒާއެކު: ސަރުކާރުން މިއަދު ބުނީ ރާއްޖޭގައި ތިބީ އިންޑިއާގެ 88 ސިފައިން ކަމަށް -- ފޮޓޯ: އެމްއެންޑީއެފް

ނާޒިމް ރައީސް މުއިއްޒާއެކު: ސަރުކާރުން މިއަދު ބުނީ ރާއްޖޭގައި ތިބީ އިންޑިއާގެ 88 ސިފައިން ކަމަށް -- ފޮޓޯ: އެމްއެންޑީއެފް

ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުން ފަސޭހަ ނޫން ކަމަށާއި އެކަމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ، އިންޑިއާ ސިފައިން ފޮނުވާލުން ފަސޭހަނުވާނެކަން ސަރުކާރަށް އަބަދުވެސް އެނގޭ ކަމަށެވެ.

"އެ ވައުދު ފުއްދުމުގައި ދިވެހި ސަރުކާރު އޮތީ ސާބިތުކަމާއެކު. އަބަދުވެސް އަޅުގަނޑުމެން ދެކެމުން އައީ މިއީ ފަސޭހެ ކަމެއް ނޫންކަމުގައި. އަދި ގޮންޖެހުންތަކެއް ހުރި ކަމެއް ކަމުގައި. ޑިޕްލޮމެޓިކް އުސޫލުތަކާއި ހަމަތަކާއި ދުނިޔޭގެ ރީތި ތަހުޒީބު ނިޔާ ކުރާ ގޮތުން މިކަން ކުރަންޖެހޭނެ ކަމަށް. ގާނޫނީ އިމުގެ ތެރެއިން މިކަން ކުރަންޖެހޭނެ ކަމަށް،" ނާޒިމް ވިދާޅުވި އެވެ.

މިހާތަނަށް އިންޑިއާގެ 88 ސިފައިން ރާއްޖޭގައި ތިބިކަން ޔަގީންވެފައިވާކަން ފާހަގަ ކުރައްވަމުން ނާޒިމް ވިދާޅުވީ، އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތުގައި ވަރަށް މުހިންމު ބައްދަލުވުންތަކެއް ކުރިއަށް ތާވަލުކޮށްފައިވާ ކަމަށާއި މިހާރު ވެސް 10 ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

"މިކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ތަފާތު މަރުހަލާތަކުގައި ތަފާތު މަރުހަލާތަކުގައި ތަފާތު މަޝްވަރާތައް ފެށި ސަރުކާރުގެ އެކި ލެވެލްތަކުގައި 10 ބައްދަލުވުމެއް މިހާރު ވަނީ ބޭއްވިފަ. ކުރިއަށް މުހިންމު ބައްދަލުވުންތަކެއް ވަނީ ތާވަލު ކުރެވި، ރޭވިފައި. މިކަމުގައި މުހިންމު ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް ކެބިނެޓުގައި ވަނީ ފާހަގަ ކުރައްވާފައި،" އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ދިވެހިން ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށާއި އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތް ބޮޑު އަހައްމިއްޔަތެއް ދީގެން ސަރުކާރުން ކުރަމުންދާ ކަމަށެވެ.

"ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ މައްސަލައަކީ ދިވެހިން ވަރަށް ކަންބޮޑުވާ މައްސަލައެއް. ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ވަރަށް ވެސް މުހިންމު އެއް ސިޔާސަތު،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންޑިއާ ސިފައިން ފޮނުވާލާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭ ކަމަށާއި ސަރުކާރުގެ އެދުމަކީ "ދިވެހި ރައްޔިތުން އެކަމާ މާޔޫސްނުވުން" ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox