އާ އަހަރަށްް މަރުހަބާ ކިއުމުގެ ގޮތުން އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ހާއްސަ އެތައް އޮފާ އެއް ތައާރަފުކޮށްފި އެވެ.
އުރީދޫއިން ތައާރަފުކޮށްފައިވާ މި ހާއްސަ އޮފާތަކުގެ ތެރޭގައި 5ޖީ، މޯބައިލް އަދި ސުޕަނެޓަށް ހާއްސަ އޮފާތަކެއް ހިމެނެ އެވެ.
5ޖީ އެކްސްކުލޫސިވް އެޑް-އޮންސް
މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް 5ޖީ އަށް ހާއްސަ އެކްސްކުލޫސިވް އެޑް އޮން ތަކެއް އުރީދޫއިން ތައާރަފުކުރި ފަހަރެވެ.
އުރީދޫ އިން ބުނި ގޮތުގައި ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑްގައި 5ޖީ ބޭނުން ކުރާ ކަސްޓަމަރުންނަށް ވެސް މި އޮފާތައް ބޭނުން ކުރެވޭނެއެވެ. އަދި މިހާރުގެ މިއަގުގައި ހުރި އެޑް-އޮން ތަކުގެ ތިން ގުނަ ޑޭޓާ މި އޮފާގައި ލިބޭނެ އެވެ.
- 5ޖީ ޑޭޓާ 600: 54 ޖީބީ ، 30 ދުވަހަށް 600ރ. އަށް
- 5ޖީ ޑޭޓާ 750: 120 ޖީބީ ، 30 ދުވަހަށް 750ރ. އަށް
- 5ޖީ ޑޭޓާ 1100: 160 ޖީބީ ، 30 ދުވަހަށް 1100ރ. އަށް
ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް
އުރީދޫ އާ އަހަރުގެ އޮފާތަކުގެ ތެރޭގައި ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް ހާއްސަ އޮފާތައް ހިމެނިފައިވެ އެވެ.

އެގޮތުން ސޯޝަލް އަންލިމިޓެޑް ޕްލޭންގެ ދަށުން 24 ގަޑިއިރަށް 24 ޖީބީ ޑޭޓާ 25ރ. އަށް ލިބިގެންދާއިރު ބޭނުންވަރަކަށް ސޯޝަލް މީޑީއާ އެޕްތައް ބޭނުންކުރެވުމުގެ އިތުރުން އޫރީދޫ ނަންބަރު ތަކަށް މުޅިން ހިލޭ ގުޅޭނެ ކަމަށް އެކުންފުނިންް ބުންޏެވެ. ސޯޝަލް މީޑިއާ އެޕްތަކުގެ ތެރޭގައި ވީޗެޓް، ވައިބާ، ވަޓްސްއަޕް، ޓެލެގްރާމް، ސްނެޕްޗެޓް، ޓްވިޓާ، އަދި އިންސްޓަގްރާމް ހިމެނެ އެވެ.
ޕޯސްޓް ޕެއިޑް އޮފާތަކުގެ ތެރެއިން އާޗާ ޕޯސްޓް ޕެއިޑް ޕެކޭޖުތަކަށް ވެސް ހާއްސަ އޮފާތަކެއް ވަނީ ތައާރަފުކޮށްފަ އެވެ. އެ އޮފާ ތަކަަކީ:
- އާޗާ 6 މަހުގެ ޕްލޭން: ދުވާލަކު 4 ޖީބީ ޑޭޓާ، 6 މަހަށް 2024ރ. މުޅިއަކު 720 ޖީބީ
- އާޗާ އަހަރީ ޕްލޭން: ދުވާލަކު 1 ޖީބީ، 365 ދުވަހަށް 3000ރ. 1 އަހަރަށް 365 ޖީބީ
ސުޕަނެޓް އޮފާ
މި އޮފާގެ ދަށުން ސުޕަނެޓަށް އަލަށް ރަޖިސްޓަ ކުރާ ފަރާތްތަކުގެ ތެރެއިން، 400ރ އިން މަތީގެ ޕެކޭޖެއް ނަގާ ކަސްޓަމަރަކަށް 100ޖީބީ ބޯނަސް ޑޭޓާ ލިބިގެންދާނެ އެވެ. މި ޑޭޓާ ތިން މަހަށް ބޭނުންކުރެވޭއިރު މިއީ ސުޕަނެޓް ފައިބަ ބްރޯޑްބޭންޑުގެ އަޖުމަ ބަލާލުމަށް ރަނުގެ ފުރުސަތެއް ކަމަށް އުރީދޫ އިން ބުންޏެވެ.
މީގެ އިތުރުން 5ޖީ އެއާ ފައިބަ އަށް ހާއްސަ އޮފާއެއްވެސް އުރީދޫން ވަނީ ތައާރަފުކޮށްފަ އެވެ. މި އޮފާގެ ދަށުން އަލަށް ރަޖިސްޓްރީކޮށް 999ގެ ޕެކޭޖަށް ވުރެ މަތިން ޕެކޭޖެއް ނަގާ ނަމަ އެއާ ފައިބަ ޑިވައިސް ހިލޭ ލިބުމުގެ ފުރުސަތު ލިބިގެންދެ އެވެ. މިއީ 5ޖީގެ އެންމެ ހަލުވި ނެޓްވޯކާއި ގުޅާލުމަށް ވަރަށް ރަގަޅު އޮފާ އެކެވެ.
އުރީދޫގެ އާއަހަރުގެ އޮފާތައް މިހާރު ރެއިން ފަށައިގެން ކަސްޓަމަރުންނަށް ލިބެން ހުންނާނެ އެވެ. މި އޮފާތަކާއި ގުޅޭ އިތުރު މައުލޫމާތު އުރީދޫގެ ވެބްސައިޓުން ލިބޭނެ އެވެ.












