ހުޅުމާލެ ތިންވަނަ ފޭސް ހިއްކުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ހިއްކާ ސަރަހައްދުގެ މަސައްކަތް ކުރިއަށް ދަނީ --- ފޮޓޯ: އާބަންކޯ

ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ހިއްކާ ސަރަހައްދުގެ މަސައްކަތް ކުރިއަށް ދަނީ --- ފޮޓޯ: އާބަންކޯ

މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލެއިން ގޯތި ދޫކުރި ސަރަހައްދުގެ ތެރެއިން ނުހިއްކާ އޮތް ބައި ހިއްކަން ފަށައިފި އެވެ.

އާބަންކޯގެ މެނޭޖިން ޑިރެކްޓަރު، ފަޒުލް ރަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ހުޅުމާލެއިން ގޯތި ލިބުނު ފަރާތްތަކަށް ވެލިފުކެއްގެ މިންވަރު ވެސް އުނި ނުކޮށް އެ ބިންތައް ލިބޭނެ ކަމަށެވެ.

"ހުޅުމާލެއިން ގޯތި ލިބުނު ފަރާތްތަކަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި ފަދައިން ގޯތި ލިބިގެންދާނެ، ވެލިފުކެއްގެ މިންވަރު ވެސް އުނި ނުކޮށް، އިތުރަށް ފުރިހަމަ ކޮށްދެވޭނެ،" އެ ޕޯސްޓުގައި ފަޒުލް ލިޔުއްވާފައިވެ އެވެ.

މިހާރު ހިއްކަމުން ދަނީ ހުޅުމާލެ ފޭސް ތިނެއްގެ ސްޓޭޖު ދޭއްގެ ސައިޓު ބީ އެވެ. ކުރީ ސަރުކާރުން ވަނީ ސައިޓު އޭ ހިއްކައި ނިންމައިފަ އެވެ.

ހުޅުމާލެ ފޭސް ތިނަކުން ގޯތި ދިނުމަށް ބޭނުންވާ ބިން ހިއްކުމަށް ނިންމީ ކުރީ ސަރުކާރުންނެވެ. ހުޅުމާލެ ފަޅުން 62.6 ހެކްޓަރުގެ ބިން ހިއްކުމަށް ހަވާލު ކުރީ ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ވެސް ކުރަމުންދާ ލަންކާގެ ކެޕިޓަލް މެރިން އެންޑު ސިވިލް ކޮންސްޓުރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާ އެވެ. ނަމަވެސް އެ މަސައްކަތް ކުރިއަށް ގެންދަނީ ސަބް ކޮންޓުރެކްޓަރެއްގެ ގޮތުގައި ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުނިންނެވެ.

ދިޔަނެރު ފަޅާއި ތިލަފުށިން ބައެއް ހިއްކުމުގެ މަސައްކަތާ އެކު އެކުންފުންޏާ އޭރުގެ ސަރުކާރުން ހުޅުމާލޭގެ ބިން ހިއްކުމުގެ މަޝްރޫއު ހަވާލު ކުރީ 259 މިލިއަން ޑޮލަރު (3.98 ރުފިޔާ) އަށެވެ.

ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ތަރައްގީ ކުރަނީ ދެވަނަ ފިޔަވައްސެކޭ އެއްގޮތަށް ޗެނަލްތަކަކުން ވަކިކޮށްފައި އޮންނަ ވަކި ރަށެއްގެ ގޮތުގަ އެވެ. ތިންވަނަ ފިޔަވައްސާއި ދެވަނަ ފިޔަވައްސާ ގުޅުވައިލާނީ ހަތަރު ބުރިޖު މެދުވެރިކޮށެވެ.

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ އިތުރުން އެތަނުގެ ރިވެޓުމަންޓު ޖެހުމާއި ޝޯ ޕްރޮޓެކްޓު ކުރުމުގެ އިތުރުން މަގުތައް ހެދުމާއި ފާލަން އެޅުމުގެ އިތުރުން ޖެޓީ ހެދުން ވެސް ކުރާނީ ސީއެމްސީސީންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox