ސަރުކާރު ކުންފުނިތަކަށް 17 ނޮން އެކްޒެކެޓިވް ޑިރެކްޓަރުން އައްޔަންކޮށްފި

އެސްއޯއީތަކަށް ނޮން އެކްޒެކެޓިވް ޑިރެކްޓަރުން އައްޔަންކުރުމަށް ޕީސީބީން ބޭއްވި ބައްދަލުވުން --- ފޮޓޯ:ޕިސީބީ

އެސްއޯއީތަކަށް ނޮން އެކްޒެކެޓިވް ޑިރެކްޓަރުން އައްޔަންކުރުމަށް ޕީސީބީން ބޭއްވި ބައްދަލުވުން --- ފޮޓޯ:ޕިސީބީ

ސަރުކާރު ހިއްސާވާ ބައެއްް ކުންފުނިތަކުގެ ނޮން އެކްޒެކެޓިވް ޑިރެކްޓަރުންގެ ގޮތުގައި 17 ބޭފުޅަކު އައްޔަން ކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީސީބީ)ން ވަނީ ސަރުކާރުގެ 11 ކުންފުންޏެއްގެ ބޯޑަށް ގެނައި ބަދަލުތައް އާންމުކޮށްފަ އެވެ. އެ ކުންފުނި ތަކުގެ ތެރޭގައި ހިމެނެނީ އެމްޕީއެލް، އެމްއޭސީއެލް، ސްޓެލްކޯ، އެމްޓީސީސީ، ފެނަކަ، އެމްއައިޓީޑީސީ، އާސަންދަ ކުންފުނި، ފަހި ދިރިއުޅުން ކޯޕަރޭޝަން، އެމްޓީޑީސީ، އެމްޑަބްލިއުއެސްސީ އަދި ރީޖަނަލް އެއާޕޯޓްސް ކުންފުންޏެވެ.

އެ ކުންފުނި ތަކަށް 17 ނޮން އެކްޒެކެޓިވް ޑިރެކްޓަރުން އައްޔަންކޮށްފައިވާއިރު، ކުންފުނިތަކުގެ ބޯޑުގައި ކުރިން ތިއްބެވި 18 ޑިރެކްޓަރަކު ވަނީ މަގާމުން ވަކިކޮށްފަ އެވެ.

ކުންފުނިތަކަށް އައްޔަންކުރި ނޮން އެކްޒެކެޓިވް ޑިރެކްޓަރުން

  1. އެމްޓީސީސީ - އަލީ ނާއިލް (ހ. ފަށަން/މާލެ)
  2. އެމްއޭސީއެލް - ސަހަރު ވަހީދު (މ. ވެލާލުގެ/މާލެ)
  3. ސްޓެލްކޯ - މުހައްމަދު އާމިރު (ބޮޑުގެ/ތިމަރަފުށި)، އަހުމަދު ހާޝިމް (ފަސްމީރު/މާފަރު)
  4. އެމްޕީއެލް - އަހުމަދު އިލްޔާސް (މއ.ފެސިނޭޝަން/މާލެ)، އަހުމަދު ނިޔާޒު (ސޯސަންގެ/ކުރެންދޫ)، އަހުމަދު ފަހީމް (މިރުސްމާގެ/ގައްދޫ)
  5. ފެނަކަ - އަހުމަދު އީހާބު (ހ. އިރުދޮށުގެ/މާލެ)
  6. އެމްއައިޓީޑީސީ - މުހައްމަދު ޖަލީލު (މއ.ދަނބުގަސްދޮށުގެ/މާލެ)، އަހުމަދު އަމީން (ބޯގަންވިލާ/ގއ. ވިލިނގިލި)
  7. އާސަންދަ ކުންފުނި - އައިޝަތު ޖީނާ (ސީޕްރީޒް/ގުރައިދޫ)، އަހުމަދު ޝާކިރު (ފުނަމާގެ/ރަސްދޫ)
  8. ފަހި ދިރިއުޅުން ކޯޕަރޭޝަން - މަރްޔަމް ޒޫނާ (މަހުލަބުގެ/ސ.ހިތަދޫ)، މުހައްމަދު އިމްތިޝާލް އަހުމަދު (މއ.މަލުވިލާ އުތުރުބައި/މާލެ)
  9. އެމްޓީޑީސީ - ހުސައިން ހަނީފް (ބޮޑުގެ/ވަށަފަރު)
  10. އެމްޑަބްލިއުއެސްސީ - އައިޝަތު ރޫހީ (ހ.ރުކުމާގެ/މާލެ)
  11. ރީޖަނަލް އެއާޕޯޓްސް - މުހައްމަދު ޝަފީގް (ހުޅުމާލެ ފްލެޓް 05-1-127)

ނޮން އެގްޒެކެޓިވް ޑިރެކްޓަރުންނަކީ ކުންފުންޏެއްގެ އެކްޒެކެޓިވް ޓީމުގައި ނުހިމެނޭ މެމްބަރެކެވެ. މި ޑިރެކްޓަރަކީ އާންމުކޮށް ކުންފުނީގެ ހިންގުން ދުވަހުން ދުވަހަށް ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ޑިރެކްޓަރުންނެއް ނޫނެވެ. ނަމަވެސް ޕޮލިސީ ކަނޑައެޅުމާއި ޕްލޭނިން ކަންތައްތަކުގައި އެ މެމްބަރުން ބައިވެރިވާނެ އެވެ.

މިފަދަ ޑިރެކްޓަރުންނަކީ ގާނޫނީ ގޮތުން މުވައްޒަފަކަށް ނުވާތީ އާންމުކޮށް މުސާރައެއް ގޮތުގައި ދޭނީ "ޑިރެކްޓަރުންގެ ފީ" އެކެވެ. އަދި އާންމުކޮށް މުވައްޒަފުންނަށް ލިބޭ އެހެން އެއްވެސް އިނާޔަތްތަކާއި، ޕެންޝަން ފައިސާއާއި، ބޯނަސްއެއް ނުލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox