ޕޭރޯލް ކުޑަނުކޮށް ކުންފުނި ދެމިނޯންނާނެ، މުވައްޒަފުން ދޫކޮށްލީ މަޖުބޫރުވެގެން: ފެނަކަ

ފެނަކަ ކުންފުނީގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު، ކުންފުނި ސަލާމަތް ކުރަން މުވައްޒަފުން މަދު ކުރަން މަޖުބޫރު ކަމަށް ވިދާޅުވި - ފޮޓޯ: މިރާޝް / އަދަދު

ފެނަކަ ކުންފުނީގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު، ކުންފުނި ސަލާމަތް ކުރަން މުވައްޒަފުން މަދު ކުރަން މަޖުބޫރު ކަމަށް ވިދާޅުވި - ފޮޓޯ: މިރާޝް / އަދަދު

ފެނަކައިން މުސާރައަށް ކުރާ ހޭދަ (ޕޭރޯލް) ކުޑަނުކޮށް ކުންފުނި ނޯންނާނެ ކަމަށާއި މުވައްޒަފުން ދޫކޮށްލީ މަޖުބޫރުވެގެން ކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.

ކުންފުނި ހިންގުމާ ހަވާލުވުމަށް ފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި މުއާޒް ވިދާޅުވީ ނިމިދިޔަ ސަރުކާރު ވެރިކަމާ ހަވާލު ވި އިރާއި ވެރިކަން ނިމުނުއިރު، ކުންފުނީގެ މުވައްޒަފުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

އެގޮތުން، 2018 ވަނަ އަހަރު ނިމުނު އިރު ކުންފުނީގައި 2700 މުވައްޒަފުން ތިބިއިރު، މި އަހަރު ނިމޭއިރު ކުންފުނީގައި 8100 މުވައްޒަފުން އެބަ ތިބި ކަމަށް މުއާޒް ވިދާޅުވި އެވެ.

"މުވައްޒަފުންގެ އަދަދުތަކަށް ބަލާއިރު، ވޭޖް (މުސާރަ)އަށް ކުރިން ހޭދަ ކުރަން ޖެހެނީ 20 މިލިއަން ރުފިޔާ، މިހާރު އެވްރެޖްކޮށް މަހެއްގެ މައްޗަށް ހޭދަ ކުރަން ޖެހޭ 74 މިލިއަން ރުފިޔާ، އެންމެ ފަހުން މުސާރަ ދިން އިރުވެސް 79 މިލިއަން ރުފިޔާ އަޅުގަނޑުމެން ހޭދަ ކުރަން ޖެހުން، ކޮންޓްރެކްޓް ހަމަވުމުން 904 މުވައްޒަފުން ދޫކޮށްލުމުން ވެސް، ޕޭ ރޯލްއިން 5.3 މިލިއަން ރުފިޔާ ސަލާމަތް ކުރެވިފައިވޭ،" މުއާޒް ވިދާޅުވި އެވެ.

އާ ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު، ފެނަކައިން މުވައްޒަފުން މަދު ކުރުމުން އަމާޒުވި ފާޑު ކިޔުންތަކަށް އިޝާރާތް ކުރައްވާ މުއާޒު ވިދާޅުވީ، ކުންފުނި ސަލާމަތް ކުރުމަށް މުވައްޒަފުން ވަކި ކުރުމަށް މަޖުބޫރުވީ ކަމަށެވެ.

ކޮންޓްރެކްޓް މުވައްޒަފުން ނަގާފައި ތިބީ، އެކަށީގެންވާ ގޮތައް ނުހިނގާ ޕްރޮޖެކްޓްތަކުގެ މަސައްކަތަށް ކަމަށް ވާއިރު، އެފަދަ މުވައްޒަފުންނަށް ވެސް ބޮޑު ހޭދަ އެއް ކުންފުނިން ކުރަން ޖެހޭ ކަމަށް މުއާޒް ވިދާޅުވި އެވެ. އެހެންކަމުން މުސާރައަށް ކުރާ ހޭދަ ކުޑަކޮށް، ކުންފުނި ސަލާމަތް ކުރުމަށް ކޮންޓްރެކްޓް މުވައްޒަފުން ދޫކޮށްލަން ޖެހުނު ކަމަށް މުއާޒް ވިދާޅުވި އެވެ.

މުއާޒްގެ ވާހަކަތަކަށް ބާރު ދެއްވައި ޗީފް ހިއުމަން ރިސޯސަސް އޮފިސަރު ހުސެއިން ހަސަން ފުޅު ވިދާޅުވީ ކުންފުނީގެ އޮނިގަނޑުން ބޭރުން ގިނަ އަދަދެއްގެ މުވައްޒަފުން ނަގާފައިވާ ކަމަށެވެ. ތިރީސް މުވައްޒަފުން ތިބެންޖެހޭ ޑިޕާޓްމަންޓެއްގައި، އެއަށްވުރެ އިތުރަށް މުވައްޒަފުން ތިބޭއިރު، ރަށްތަކުގެ ބްރާންޗްތަކުގައި މުވައްޒަފުން ނެގުމުގެ ކަންކަން ހިނގަމުން ދަނީ ބަލައިނުގަނެވޭ ފަދަ އުސޫލަކުން ކަމަށް ވިދާޅުވި އެވެ.

"ފީވަކުގައި އޮފީސް އިމާރާތެއްގެ މަސައްކަތް ނިންމުމަށް 63 މުވައްޒަފުން ރެކްރޫޓް ކޮށްފައި އެބަ ތިބި، ލ. އިސްދޫ އިންޖީނު ގޭގެ މަސައްކަތަށް 137 މުވައްޒަފުން ރެކްރޫޓް ކޮށްފައި އެބަވޭ، މިއީ ކުންފުންޏަކާ ހަވާލު ކުރި ނަމަވެސް 12 ވަރަކަށް މީހުންނާއެކު ނިންމާލާނެ މަސައްކަތްތައް،" ޗީފް ހިޔުމަން ރިސޯސަސް ވިދާޅުވި އެވެ.

އޭނާ ހިއްސާ ކުރި މައުލޫމާތުތަކަށް ބަލާއިރު، 2023 ވަނަ އަހަރު މުސާރައަށް ކުރި ހޭދަ މަހުން މަހަށް އިތުރުވެ ބައެއް މަސްތަކުގައި މުސާރަ ދިނުމަށް އެކަނި ވެސް، ޖުމްލަ 82 މިލިއަން ރުފިޔާ ވެސް ހޭދަ ކޮށްފައިވެ އެވެ.

އަދި، މިވަގުތު ކުރަން ޖެހޭ އެންމެ މުހިންމު މަސައްކަތަކީ މުވައްޒަފުންގެ އަދަދު ބޮޑުތަނުން އިތުރުވެފައި ހުރި ދާއިރާތައް ފާހަގަކޮށް، އެކަށީގެންވާ އަދަދަކަށް މުވައްޒަފުންގެ އަދަދު ގެނައުންކަން ވެސް ފާހަގަ ކުރެއްވި އެވެ.

ފެނަކައިގެ މެނޭޖްމަންޓުން ފާހަގަ ކުރާ ގޮތުގައި ކުންފުނީގެ ތެރެއިން ހުރިހާ ދިމާލަކުން ވެސް ބޮޑެތި ގޯސްތަކެއް ހަދާފައި އެބަ ހުއްޓެވެ. މުވައްޒަފުން ނެގުމާއި ހަމައިން ފެށިގެން ލޮޖިސްޓިކްސް އަދި އޮޕަރޭޝަން ތަކުގައި ވެސް ބޮޑެތި ގޯސްތައް ހަދާފައިވާ ކަމަށް އެ ބޭފުޅުން ފާހަގަ ކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox