ފައިލޭރިއާ ފެތުރިދާނެތީ ކަންބޮޑުނުވޭ، ދިވެއްސެއްގެ ގައިން ބަލި ފެނިފައެއް ނެތް: ހަލީލު

ކާބޯތަކެތީގެ ރައްކާތެރިކަމަށް ހޭލުންތެރިކަން އުފެއްދުމަށްޓަކައި މޯލްޑިވްސް ފުޑް އެންޑު ޑްރަގު އޮތޯރިޓީ އާއި ޑަބްލިޔޫއެޗްއޯ ގުޅިގެން "މުކައްބަ" ނަމުގައި އިއްޔެ ފެށި ކެމްޕޭނު އިފުތިތާހުކުރަން ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ހެލްތު މިނިސްޓްރީ

ކާބޯތަކެތީގެ ރައްކާތެރިކަމަށް ހޭލުންތެރިކަން އުފެއްދުމަށްޓަކައި މޯލްޑިވްސް ފުޑް އެންޑު ޑްރަގު އޮތޯރިޓީ އާއި ޑަބްލިޔޫއެޗްއޯ ގުޅިގެން "މުކައްބަ" ނަމުގައި އިއްޔެ ފެށި ކެމްޕޭނު އިފުތިތާހުކުރަން ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ހެލްތު މިނިސްޓްރީ

ދިވެހިރާއްޖެއިން ނައްތާލާފައިވާ ފައިލޭރިއާ ބަލި، ރާއްޖެ އައި ބިދޭސީ މަސައްކަތްތެރިންތަކެއްގެ ގައިން ފެނިފައިވާތީ ރައްޔިތުންގެ މެދުގައި ވަރަށް ބޮޑަށް ކަންބޮޑުވުން އެބަ އޮތް ކަމަށާއި ނަމަވެސް އެ ބަލި ފެތުރިގެން ނުދާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށާއި އެހެންވެ، ރައްޔިތުން ކަންބޮޑުނުވުމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅެއްޖެ އެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމާމެދު ހޭލުންތެރިކަން ފެތުރުމަށް މޯލްޑިވްސް ފުޑް އެންޑު ޑްރަގު އޮތޯރިޓީ އާއި ޑަބްލިޔޫއެޗްއޯ ގުޅިގެން "މުކައްބަ" ނަމުގައި ކުރިޔަށް ގެންދާ ކެމްޕޭނު ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ހަލީލު ވިދާޅުވީ ފައިލޭރިއާ ފެތުރިގެން ގޮސްދާނެ ކަމާމެދު ކަންބޮޑުވާން ނުޖެހެނީ، މިހާތަނަށް ޓެސްޓުކުރި ދިވެއްސެއްގެ ހަށިގަނޑުން ބަލި ފެނިފައި ނެތުމާއި، އެ ބަލީގެ ޒާތާއި ބަލި ފެނުނަސް ފެތުރިގެން ދިޔަ ނުދީ ކޮންޓްރޯލް ކުރެވޭނެ ނިޒާމު ރޭވިފައި ހުރުމުން ކަމަށެވެ.

"ކަންބޮޑުނުވާށޭ އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑުމެން ދިވެހިން ވެސް ޓެސްޓު ކޮށްފިން އެންމެ ބޮޑަށް މި ފެތުރިފައި އޮތް ކަމަށް ފާހަގަ ކުރެވޭ ރަށުގައި. އެއީ ކުޅުދުއްފުށީގައި، ކުޅުދުއްފުށީގައި 155 ދިވެހިން ޓެސްޓުކުރިއިރު އެއްވެސް ދިވެއްސަކު ޕްޒިޓިވެއް ނޫން. އޭގެ ނަތީޖާއިން އަޅުގަނޑުމެންނަށް މި ދައްކައި ދެނީ މި ބައްޔަކީ ރާއްޖެއަށް އިމްޕޯޓުވެފައިވާ ބައްޔެއްކަން،" ހަލީލު ވިދާޅުވި އެވެ.

Advertisement

މަދިރީގެ ޒަރިއްޔާއިން މި ބަލި ފެތުރުނަސް، މިއީ އެހާ ފަސޭހައިން އެކަކު ގައިން އަނެކެއްގެ ގަޔަށް ފެތުރޭ ބައްޔެއް ނޫން ކަމަށާއި، ބަލި ފެތުރެނީ، ބަލި އުފުލާ ކިއުލެކްސް މަދިރި އެތައް ފަހަރަކު ހަށިގަނޑުގައި ހެފުމުން ކަމަށް ހަލީލު ވިދާޅުވި އެވެ.

ބަލި ކޮންޓްރޯލްކުރުމަށްޓަކައި ނިޒާމު ފުރިހަމަ އަށް ރޭވިފައިވާ ކަމަށާއި ބަލި ދެނެގަތުމަށް ފަހު ބަލި މީހާއަށް ބޭސް ދޭންޖެހެނީ އެންމެ ފަހަރަކު ކަމަށް ހަލީލު ވިދާޅުވި އެވެ. އެއަށް ފަހު އެ މީހާގެ ފަރާތުން އެހެން މީހަކަށް ބަލި ފެތުރިގެން ނުދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފައިލޭރިއާ ދެނެގަތުމަށް ބޭނުންވާ ޓެސްޓު ކިޓާއި ފަރުވާ ދިނުމަށް ބޭސް ވެސް ރާއްޖޭގައި އެބަހުރި ކަމަށާއި އެ ތަކެތި އިތުރަށް ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ހަލީލު ވިދާޅުވި އެވެ.

ރާއްޖެއަށް އަންނަ ބިދޭސީ މަސައްކަތްތެރިންގެ ކިބައިން ރާއްޖެ އަށް ބަލިތައް އިމްޕޯޓުވުން ކޮންޓްރޯލްކުރުމުގެ ގޮތުން ކޮންމެ އަހަރަކު އެއްފަހަރު ހެލްތު ޗެކަޕް ހެދުން ލާޒިމުކޮށްފައިވާ ކަމަށާއި އަދި ހެލްތު ޗެކަޕް ހަދާއިރު ފައިލޭރިއާ އަށް ޓެސްޓުކުރުން ލާޒިމުކުރާނެ ކަމަށް ހަލީލުވި އެވެ.

މިހާރު ހަދާ ޓެސްޓުތަކުގެ އިތުރަށް އެހެން ބައެއް ޓެސްޓުތައް ވެސް ހެލްތު ޗެކަޕްގައި ލާޒިމުކުރަން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox