ޑެޕިއުޓީ ހައި ކޮމިޝަނަރުގެ މަގާމުގައި މިޒްނާ ބަހައްޓަން މި ސަރުކާރުން ނިންމައިފި

ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި މެލޭޝިއާގައި ހުންނަވާ ދިވެހިރާއްޖޭގެ ޑެޕިއުޓީ ހައި ކޮމިޝަނަރު މިޒްނާ.

ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި މެލޭޝިއާގައި ހުންނަވާ ދިވެހިރާއްޖޭގެ ޑެޕިއުޓީ ހައި ކޮމިޝަނަރު މިޒްނާ.

މެލޭޝިއާގައި ހުންނަވާ ރާއްޖޭގެ ޑެޕިއުޓީ ހައި ކޮމިޝަނަރު މަރިޔަމް މިޒްނާ ޝަރީފު, އެ މަގާމުގައި ބެހެއްޓުމަށް މި ސަރުކާރުން ނިންމައިފި އެވެ.

ސެޕްޓެމްބަރު މަހުގައި ބޭއްވި ރިޔާސީ އިންތިހާބު މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވުމާއެކު، ދިވެހި ހައި ކޮމިޝަންތަކާއި އެމްބަސީތަކުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ނޮވެމްބަރު 18 ގެ ކުރިން ރާއްޖެ ވަޑައިގަތުމަށް ފޮރިން މިނިސްޓްރީން އޭރު އެނގި އެވެ. އަދި ޑިސެމްބަރުގެ ނިޔަލަށް އެ ބޭފުޅުންގެ ޑިޕްލޮމެޓިކް ޕާސްޕޯޓު ކެންސަލު ވާނެ ކަމަށް ވެސް އޮތީ އަންގައިފަ އެވެ.

އެގޮތަށް އެންގީ އިންތިގާލީ އޮފީހުން ވެސް ބޭނުން ވެގެންނެވެ. އެ އެންގުމާއެކު، ދިވެހި މިޝަންތަކުގައި ތިއްބެވި ބައެއް ބޭފުޅުން މަގާމުގެ މުއްދަތު އިތުރުކޮށް ދެއްވުމަށް އާ ސަރުކާރަށް ހުށަހެޅުއްވި އެވެ.

ނަމަވެސް، ކުރީގެ ސަރުކާރުން އައްޔަނުކޮށްފައިވާ ބޭފުޅުންގެ ތެރެއިން، މިޝަންތަކުގައި އަދިވެސް ތިއްބެވީ ކޮން ބައެެއް ކަމެއް ނުވަތަ އަލުން މަގާމަށް އައްޔަން ކުރެއްވީ ކޮން ބައެއް ކަމެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.

މިޒްނާގެ ވަޒީފާ ދަމަހައްޓަން ފޮރިން މިނިސްޓްރީން މި މަހު 20 ގައި ނިންމައި ލިޔުން ފޮނުވާފައި ވާއިރު، މިޒްނާގެ ބައްޕަ، ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ވަނީ އިއްޔެ އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ.

މިޒްނާގެ މަގާމުގެ މުއްދަތު އިތުރުކޮށް ދިންކަން ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވެސް ކަށަވަރުކޮށް ދެއްވި އެވެ. އޭނާގެ މަގާމު އިތުރުކޮށްފައި ވަނީ އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހައި ކޮމިޝަންތަކުގެ މަގާމުތަކުގައި ސިޔާސީ ފަރާތްތަކުގެ އާއިލީ މެންބަރުން ތިއްބެވުމުން، އޭރު އިދިކޮޅުގައި ތިއްބެވި (މިހާރު ސަރުކާރުގައި ތިއްބެވި ފަރާތްތަކުން) ފާޑު ކިޔާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox