އަންނަ މާޗުގައި އެއާ އެމްބިއުލާންސް ހިދުމަތް ފަށަނީ

މޯލްޑިވިއަންގެ ފްލައިޓެއް: އެއާ އެމްބިއުލަންސްތައް އޮޕަރޭޓު ކުރާނީ މޯލްޑިވިއަންއިން -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މޯލްޑިވިއަންގެ ފްލައިޓެއް: އެއާ އެމްބިއުލަންސްތައް އޮޕަރޭޓު ކުރާނީ މޯލްޑިވިއަންއިން -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އަންނަ މާޗު މަހުން ފެށިގެން އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ނިންމައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ އިއްޔެގެ ވަޒީރުންގެ މަޖިލީހަށް ހެލްތު މިނިސްޓްރީން ހުށަހެޅީ ރާއްޖެއަށް އެއާ އެމްބިއުލާންސް ތައާރަފްކުރުމާށާއި، އެކަމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ކަމަށެވެ.

"އެގޮތުން ދެ އެއާ އެމްބިއުލާންސެއް އެއާ މޯލްޑިވްސްއާ ގުޅިގެން އަޅުގަނޑުމެން ކުރިން ދެންނެވިހެން މާޗު އެއްވަނަ ދުވަހުން ފެށިގެން މިނިސްޓްރީ އޮފް ހެލްތާއި އެއާ މޯލްޑިވްސް [މޯލްޑިވިއަން]އާ ގުޅިގެން ފަށާނެ." ނާޒިމް ވިދާޅުވި އެވެ.

Advertisement

ނާޒިމް ވިދާޅުވީ މި ހިދުމަތް ދެމުން އަންނާނީ މިހާރުވެސް އެމަޖެންސީ ހިދުމަތް ދިނުމަށް މިނިސްޓްރީ އޮފް ހެލްތުގައި އެއާ އެމްބިއުލަންސް ހިންގަން އުފައްދާފައިވާ ޑިޕާޓްމެންޓުގެ ދަށުން ކަމަށެވެ. މިއީ ކުރީ ސަރުކާރުން މި ހިދުމަތް ފެށުމުގެ ގޮތުން އުފައްދާފައިވާ ޑިޕާޓުމަންޓެކެވެ.

ސަރުކާރުން މިކަން ކުރަން ރާވާފައިވާ ގޮތާ މެދު "އަދަދު"ން ސުވާލުކުރުމުން ނާޒިމް ވިދާޅުވީ އެކަމަށް ފަންޑުކުރާނެ ގޮތެއް ނިންމާފައި ނުވީ ނަމަވެސް، އަމިއްލަ ފަރާތްތަކަށް ވެސް އެ ފުރުސަތު އެބައޮތް ކަމަށާއި އެއްވެސް އެހެން ގޮތެއް ނުވެއްޖެ ނަމަ ސަރުކާރުން ހަރަދުކޮށްގެން ވިޔަސް އެކަން ކުރަން ތައްޔާރަށް އޮތް ކަމަށެވެ.

އެގޮތުން ގެންނަ ފްލައިޓުތައް ހުންނާނީ ސްޓްރެޗަރު ހަރުކޮށް، ބަލި މީހުން އުފުލާ ވަގުތު ދޭން ބޭނުންވާ ފަރުވާ ދެވޭ ގޮތަށް ކަމަށް ނާޒިމް ވިދާޅުވި އެވެ. މި ހިދުމަތް ފަށާ ގޮތަށް ހަމަޖެހިފައި ވަނީ ދެ ފްލައިޓޫންނެވެ. އަދި މި ފްލައިޓުތައް އޮޕަރޭޓު ކުރާނީ ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުންނެވެ.

ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ތައާރަފްކުރުމަކީ ރައީސުލްޖުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

އެގޮތުން ކެމްޕެއިންގެ ތެރެއިން އެމަނިކުފާނު ދ. ކުޑަހުވަދޫގައި ވިދާޅުވީ ރަށްރަށުގެ ބަލި މީހުން އުފުލުމުގައި މިހާރު ކުރިމަތިވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ބަލި މީހުން އުފުލަން ހާއްސަ މަތިންދާބޯޓެއް ތައާރަފުކުރާނެ ކަމަށެވެ. ރައީސް އެ ދުވަހު ވިދާޅުވީ ސީޕްލޭންތަކުގައި ފުރޮޅު ހަރުކޮށް އެއާ އެމްބިއުލަންސް ހިދުމަތް ފަށާނެ ކަމަށެވެ.

މިހާރު ރާއްޖޭގައި ތިބޭ ބަލި މީހުން މާލެ ގެނައުމަށް އާންމުކޮށް ބޭނުންކުރަމުން އަންނަނީ އިންޑިއާ ސަރުކާރުން އެމްއެންޑީއެފްއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރާއި، ޑޯނިއާ މަތިންދާބޯޓުތަކެވެ. ނަމަވެސް ގިނަ ފަހަރު ބަލި މީހުން އުފުލަން ޖެހެނީ ބޮޑު އަގުގައި މޯލްޑިވިއަންގެ ފްލައިޓުތައް ޗާޓަރުކޮށްގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox