އުރީދޫ ޑްރޯން ރޭސް 2023 ގެ ސްކައި ވޯކާ ކެޓަގަރީގެ ކޮލިފައިން ބުރު އިއްޔެ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވައިފި އެވެ.
ސްކައި ވޯކާ ކެޓަގަރީއަށް ރަޖިސްޓްރީވުމުގެ ފުރުސަތު 30 ޕައިލެޓަކަށް ދީފައިވާއިރު، ކޮލިފައިން ރައުންޑުން މޮޅުވެ ފައިނަލް ބުރުން ޖާގަ ހޯދާފައިވަނީ ނުވަ ޕައިލެޓެކެވެ. ސްކައި ވޯކާ ކެޓަގަރީގެ ޑްރޯން ޕައިލެޓުން ވަނީ ރޭސް ކޯހުގެ ތެރޭގައި ބަހައްޓާފައިވާ އޮބްސްޓެކަލް ހޫޕްތަކުގެ ތެރެއިން ޑްރޯންތައް ދުއްވާ ޕައިލެޓުންގެ ހުނަރު ދައްކާލާފަ އެވެ. އޭގެ ތެރޭގައި އުމުރުން 13 އަހަރުގެ ޑްރޯން ޕައިލެޓެއް ވެސް ވަނީ ކޮލިފައިން ރައުންޑްގައި ބައިވެރިވެ ފައިނަލަށް ގޮސްފަ އެވެ.
އުރީދޫން ބުނި ގޮތުގައި ޑްރޯން ރޭހުގެ ފައިނަލް އޮންނާނީ ޑިސެމްބަރު މަހުގެ 22 ވާ ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ. ފައިނަލް ރޭހުގައި ދެ ޑައިނަމިކް ކެޓަގަރީއެއް ކަމަށްވާ ސްކައި އެލީޓް (އެފްޕީވީ ޑްރޯން) ޕައިލެޓުންނާއި ސްކައި ވޯކާ (ޑީޖޭއައި ނޮން އެފްޕީވީ ޑްރޯންސް)ގެ ޕައިލެޓުން ބައިވެރިވާނެ އެވެ. މި ދުވުމަކީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ދުވުން ނިންމުމަށް ބައިވެރިން ވާދަކުރާ ދުވުމެކެވެ.
އުރީދޫ ޑްރޯން ރޭސް 2023 ގެ ސްކައި ވޯކާ އަދި ސްކައި އެލީޓް ކެޓަގަރީން އެއްވަނަ ދެވަނަ އަދި ތިންވަނަ އަށް ދާ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ވެސް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން;
ސްކައި އެލީޓް (އެފްޕީވީ ޑްރޯންސް) ކެޓަގަރީ:
- 1 ވަނަ އިނާމު: ޑީޖޭއައި މިނީ 3 ޕްރޯ (ޑީޖޭއައި އާރްސީ) އެއް
- 2 ވަނަ އިނާމު: 5ޖީ އެއާފައިބަ ޑިވައިސް + 3 މަސް ދުވަހުގެ ހިލޭ ޕެކޭޖް (1536 ޖީބީ)
- 3 ވަނަ އިނާމު: 2000 ރުފިޔާގެ މޫލީ ވައުޗަރު
ސްކައި ވޯކާ (ނޮން-އެފްޕީވީ ޑްރޯން) ކެޓަގަރީ:
- 1 ވަނަ އިނާމު: ޑީޖޭއައި މިނީ 2 އެސްއީ އެއް
- 2 ވަނަ އިނާމު: 5ޖީ އެއާފައިބަ ޑިވައިސް + 3 މަސް ދުވަހުގެ ހިލޭ ޕެކޭޖް (750ޖީބީ)
- 3 ވަނަ އިނާމު: 1000 ރުފިޔާގެ މޫލީ ވައުޗަރު












