އަޒުލުކުރުމުގެ މަރުހަލާ އަވަސްކުރަން ގެންނަ އިސްލާހުތައް ފާސްކޮށްފި

ރައީސް މުއިއްޒު އަދި މަޖިލިސް ރައީސް އަސްލަމް. މި ބަދަލުތަކާ އެކު ރައީސް އަޒުލުކުރުމުގެ މަރުހަލާ އަވަސް ކުރެވޭނެ --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

ރައީސް މުއިއްޒު އަދި މަޖިލިސް ރައީސް އަސްލަމް. މި ބަދަލުތަކާ އެކު ރައީސް އަޒުލުކުރުމުގެ މަރުހަލާ އަވަސް ކުރެވޭނެ --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޒުލުކުރުން ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ މާއްދާތައް އިސްލާހުކޮށް، އެ މަރުހަލާގެ ހަމަތަކަކާއި ތަރުތީބަށް ބަދަލު ގެނެސް، ބައެއް ކަންކަމަށް ކަނޑައެޅި ވަގުތުތައް މިއަދު ފާސްކޮށްފި އެވެ.

އެ ހުށަހެޅުން ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމުން މިއަދު ފާސްކުރީ 44 މެމްބަރުންގެ ވޯޓާއެކު އެވެ. އެ ބަދަލުތަކާ ދެކޮޅަށް ވޯޓު ދެއްވީ 10 މެމްބަރުންނެވެ.

އެ ވަގުތު މަޖިލީހުގައި 68 މެމްބަރުން ހާޒިރުވެ ތިއްބެވި އެވެ. އެކަމަކު ވޯޓުގައި ބައިވެރިވެވަޑައިގެންނެވީ 55 މެމްބަރުންނެވެ. ވަކި ކޮޅަކަށް އެއް މެމްބަރަކު ވޯޓު ނުދެއްވަ އެވެ.

ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރުން ކުރިޔަށް ގެންދާނެ ގޮތް ބަޔާންކޮށްފައި ވަނީ މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުން އެކުލަވައިލި ގަވާއިދުގެ 41 ވަނަ ބާބުގަ އެވެ. އެ ބާބުގައި ހިމެނޭ 202 އަދި 203 ވަނަ މާއްދާއަށް އިސްލާހު ހުށަހެޅުއްްވީ ދަ ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ.

ގަވާއިދަށް ގެނައި ބަދަލުތައް

ރައީސް އާއި ނައިބު ރައީސް އަޒުލުކުރުމުގެ ގަރާރެއް ހުށަހަޅައިފި ނަމަ މަޖިލީހުގެ ރައީސްގެ މޭޒުކޮޅުގައި މައްސަލަ ހުއްޓުވާފައި ބޭއްވިޔަ ނުދިނުމަށްޓަކައި ހަމަތަކާއި ތަރުތީބުތަކެއް މަޖިލީހުގެ ގަވާއިދަށް މި އިސްލާހާ އެކު އަންނާނެ އެވެ. އެ ބަދަލުތަކަކީ؛

  • ގަރާރު ލިބޭތާ ދެ ދުވަސްތެރޭގައި ނޯޓިސް ފޮނުވުން
  • ނޯޓިހުގެ ތާރީހުން ފެށިގެން 14 ދުވަސް ދިނުމަށް ފަހު މައްސަލަ ކުރިއަށް ގެންދަން ޖަލްސާއެއް ބޭއްވުން
  • އެފަދަ މައްސަލައެއްގެ ބަހުސްގެ ވަގުތަކީ ތިން ގަޑިއިރު. ރައީސް ނުވަތަ ނައިބު ރައީސް އަށް ދިފާއުގައި ވާހަކަ ދައްކަވަން ލިބިވަޑައިގަންނަވާނީ 30 މިނެޓު.
  • ތުހުމަތު ދިފާއުކުރެއްވުމަށްޓަކައި ގިނަވެގެން ތިން ވަކީލުން ގެންދެވޭނެ
  • ގަރާރާއި މެދު މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރުމަށް ފަހު ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފި ނަމަ މައްސަލަ ފޮނުވަން ޖެހޭނީ ކޮމިޓީއަށް
  • އެ ކޮމިޓީގެ މެންބަރުންގެ އަދަދަކީ ހަތެއް
  • އެއްވެސް ލިޔެކިޔުމެއް ނުވަތަ މައުލޫމާތެއް ހޯދުމަށް ހުށަހެޅޭނީ މަދުވެގެން ދެ ގަޑިއިރުގެ ނޯޓިހެއް ލިޔުމުން ދިނުމަށް ފަހު

ކޮމިޓީގެ ޒިންމާ

ރައީސް އާއި ނައިބު ރައީސް ވަކިކުރުމުގެ މައްސަލަ ދިރާސާކުރާ މަޖިލީހުގެ ކޮމިޓީން، މައްސަލައިގައި ބަޔާންކޮށްފައިވާ ކަންކަމަކީ މަގާމުގައި ހުންނަ ބޭފުޅަކު ވަކިކުރުމަށް ގާނޫނުއަސާސީގެ 100 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ހާލަތުންކުރެ ހާލަތަކަށް ފެތޭ މައްސަލައެއްތޯ ބަލައި، ހެކި ލިބެން ހުރިތޯ ބަލަން ޖެހޭނެ އެވެ. ކޮމިޓީން މައްސަލަ ދިރާސާކުރާއިރު ވެސް ރައީސް އަށް ނުވަތަ ނައިބު ރައީސްއަށް ކޮމިޓީއަށް ހާޒިރުވެވަޑައިގެން ދިފާއުގައި ވާހަކަ ދެއްކުމުގެ ހައްގު އޮންނާނެ އެވެ.

titledesc

ރައީސް އާއި ނާއިބު ރައީސް އަޒުލް ކުރަން ގަރާރެއް ހުށަހެޅޭނީ ސަބަބާއެކު މަޖިލީހުގެ ތިން ބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކު އެވެ. އެއީ މިހާރު ވެސް ގަވާއިދު އޮތް ގޮތެވެ.

އެ ގަރާރަށް މަޖިލީހުގައި ބަހުސްކޮށް މައްސަލަ ކޮމިޓީއަށް ލިބުމުން، އަމަލުކުރާންޖެހޭނެ ގޮތާއި ރިޕޯޓު މަޖިލީހުގެ ރައީސް އަށް ލިބުމުން އަމަލު ކުރަންޖެހޭނެ ގޮތްތައް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި އިސްލާހާއެކު ވަނީ ފާސްކޮށްފަ އެވެ. ހިސާންގެ އިސްލާހު ފާސްކުރީ 45 މެމްބަރުންގެ ވޯޓުންނެވެ. އިސްލާހާ ދެކޮޅަށް 10 މެމްބަރުން ވޯޓު ދެއްވި އެވެ. އެ އިސްލާހުގައި ބުނެފައިވަނީ,

  • ފަސް ދުވަސްތެރޭގައި މައްސަލަ ތަހުގީގުކޮށް ރިޕޯޓު މަޖިލީހުގެ ރައީސްއަށް ފޮނުވުން
  • މަޖިލީހުގެ ރައީސްއަށް ރިޕޯޓު ލިބުމާ އެކު އެ ރިޕޯޓަށް ޖަވާބުދާރީވުމުގެ ފުރުސަތު ދީ ރައީސުލްޖުމްހޫރިއްޔާ އަދި އޭނާގެ ނައިބަށް އެ ރިޕޯޓު ފޮނުވުން
  • ފޮނުވާ ތާރީހުން ފެށިގެން ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެން ގިނަވަގެން ދެ ދުވަހުގެ ތެރޭގައި އެ ރިޕޯޓަށް ރައީސް ނުވަތަ ނައިބު ދޭ ޖަވާބު މަޖިލީހަށް ލިޔުމުން ފޮނުވުން
  • އަދި އެ ރިޕޯޓު ލިބޭތާ ގިނަވެގެން ފަސް ދުވަހުގެ ތެރޭ މަޖިލީހަށް ފޮނުވައި އެ މުއްދަތުގެ ތެރޭގައި ވޯޓަށް އަހައި ގޮތެއް ނިންމުން
  • އެ މުއްދަތުގެ ތެރޭގައި ޖަވާބު ލިބިއްޖެނަމަ ކޮމިޓީ ރިޕޯޓާ އެކު ޖަވާބު ވެސް ތަޅުމަށް ފޮނުވަން ޖެހޭ

ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރަން ކޮމިޓީން ނިންމާ ހާލަތެއްގައި، އެ ބޭފުޅުން މަގާމުން ވަކިވާނީ މިހާރު ވެސް ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްކުރުމުންނެވެ.

އާންމު ކޮމިޓީގެ ބައްދަލުވުމެއް ކުރިޔަށް ދަނީ. -- ފޮޓޯ: މަޖިލީހުގެ އިދާ
އާންމު ކޮމިޓީގެ ބައްދަލުވުމެއް ކުރިޔަށް ދަނީ. -- ފޮޓޯ: މަޖިލީހުގެ އިދާ

އާންމު ކޮމިޓީގެ ބައްދަލުވުމެއް ކުރިޔަށް ދަނީ. -- ފޮޓޯ: މަޖިލީހުގެ އިދާރާ

މެންބަރުންގެ އަދަދާއި އަޣުލަބިއްޔަތު ބެލުމާގުޅޭ އިސްލާހެއް

ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރުމުގެ މަރުހަލާތައް ފަސޭހަކުރިއިރު، މަޖިލީހުގެ މެންބަރުންގެ ޖުމުލަ އަދަދާއި އަގުލަބިއްޔަތު ގުނުމާ ގުޅޭ ގޮތުން ވެސް ގަވާއިދަށް ބަދަލުތަކެއް ގެނެސްފައިވެ އެވެ. މި އިސްލާހުތައް ގެނައުމަށް ކޮމިޓީއަށް ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެމްބަރު ޝިފާއު އެވެ.

މިއަދުގެ ޖަލްސާގައި މި އިސްލާހު ފާސްކުރީ 42 މެމްބަރުންގެ ތާއިދާ އެކު އެވެ. މި އިސްލާހާ ދެކޮޅަށް 21 މެމްބަރުން ވޯޓު ދެއްވި އެވެ.

މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް ބަދަލުތަކެއް ގެނައީ، އާ ސަރުކާރާއެކު މަޖިލީހުގެ ހަތް މެންބަރަކު ސަރުކާރުގެ މަގާމުތަކަށް ވަޑައިގަތުމަށްޓަކައި އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ގޮނޑިތައް ހުސްވުމުންނެވެ.

މި ބަދަލުގައި ބުނެފައިވަނީ މަޖިލީހުގެ ޖުމުލަ މެންބަރުންނަކީ އެ ވަގުތެއްގައި މަޖިލީހުގައި ދެމިތިބި މެންބަރުން ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވުމުގެ ކުރިން އެއްވެސް ގޮނޑިއެއް ހުސްވެއްޖެ ނަމަ، އެ ދާއިރާއަށް އަލުން މެންބަރަކު އިންތިހާބު ކުރުމާ ހަމައަށް ޖުމުލަ މެންބަރުން ގުނުމުގައި ގޮނޑި ހުސްވެފައިވާ ދާއިރާއެއް ނުގުނާނެ އެވެ.

އެހެންވެ، ޖުމުލަ މެންބަރުންގެ ގޮތުގައި 87 މެންބަރުން ތިބި ކަމަށް ބެލުމުގެ ބަދަލުގައި ދެން ބަލާނީ 80 މެންބަރުން ތިބި ކަމަށެވެ. ރިޔާސަތުގައި މިއަދު އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ މިހާރު މަޖިލީހުގެ ޖުމުލަ މެމްބަރުންގެ ގޮތުގައި ތިއްބެވީ 80 މެމްބަރުންކަން އިއުލާނުކުރައްވާފަ އެވެ.

އެކަމާ ދެކޮޅަށް ބައެއް މެމްބަރުންގެ ތަޅުމުގައި އަޑުގަދަވެސް ކުރެއްވި އެވެ. އެންމެ ބޮޑަށް އެކަމާ އިހުތިޖާޖު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ. ޖަލްސާ ނިންމާލި ވަގުތު ތަޅުމުގައި އޭނާ ވަނީ ގެނައި އިސްލާހު ގާނޫނު އަސާސީއާ ހިލާފު ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

މި ބަދަލާއެކު މަޖިލީހުގައި ކަންކަން ފާސްކުރަން ކަނޑައަޅާފައިވާ އަޣުލަބިއްޔަތުގެ މިންވަރުތަކަށް ބަދަލު އަންނާނެ އެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޒުލުކުރަން ދެން ބޭނުން ވާނީ 54 މެންބަރުންގެ ވޯޓެވެ. ކުރިން ނަމަ 58 މެންބަރުންގެ ވޯޓު ބޭނުން ވާނެ އެވެ.

މަޖިލީހުގައި މެންބަރުންގެ އަދަދު މިހާރު ބެހިފައިވާ ގޮތް

  • އެމްޑީޕީ: 56 މެންބަރުން
  • ދަ ޑިމޮކްރެޓްސް: 13 މެންބަރުން
  • ޕީޕީއެމް: 2 މެންބަރުން
  • ޕީއެންސީ: 2 މެންބަރުން
  • ޖުމްހޫރީ ޕާޓީ: 2 މެންބަރުން
  • އެމްޑީއޭ: 2 މެންބަރުން
  • ވަކި ޕާޓީއަކަށް ނިސްބަތް ނުވާ: 3 މެންބަރުން (އެ މެންބަރުންގެ ތެރޭގައި އެމްއެންޕީގެ ދެ މެންބަރުން ހިމެނޭ)
  • ޖުމުލަ: 80 މެންބަރުން

މަޖިލީހުގެ ގަވާއިދަށް ގެނައި މި ބަދަލުތަކާއެކު ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްހުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރުން ފަސޭހަ ވެގެންދާނެ އެވެ.

ރާއްޖޭގެ ތާރީހުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅަކު މަޖިލީހުން އަޒުލުކޮށްފައެއް ނެތެވެ. ރައީސް ޔާމީންގެ ދެ ނައިބު ރައީސުންކަމުގައިވާ ޑރ. މުހައްމަދު ޖަމީލް އަހުމަދާއި، އަހުމަދު އަދީބު، މަގާމުން ވަކިކުރީ ރައްޔިތުންގެ މަޖިލީހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox