ޔާމީނު މިނިވަންކުރަން މަގުމައްޗަށް ނުކުންނަން މިތިބީ ތައްޔާރަށް: ޕީއެންއެފް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިސްބޭފުޅުން އުފައްދަވަން މަސައްކަތްކުރައްވާ ޕީއެންއެފުން ރޭ އެ ޕާޓީގެ އޮފީހުގައި ޖަލްސާއެއް ބާއްވަނީ. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިސްބޭފުޅުން އުފައްދަވަން މަސައްކަތްކުރައްވާ ޕީއެންއެފުން ރޭ އެ ޕާޓީގެ އޮފީހުގައި ޖަލްސާއެއް ބާއްވަނީ. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީނު މިނިވަން ކުރުމަށް މަގުތަކަށް ނުނިކުމެ ތިބީ މިހާރުގެ ސަރުކާރުން އެކަން ނުކުރަން ބުނެގެން ކަަމަށާއި ނުކުންނަން ޖެހިއްޖެ ނަމަ އެކަމަށް ތައްޔާރު ކަމަށް ޔާމީނުގެ އާ ޕާޓީން ބުނެފި އެވެ.

ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ވިދާޅުވީ ރައީސް ޔާމީނަށް މި ސަރުކާރުން އެއްވެސް ދުލެއް ނުދޭ ކަމަށާއި އެހެން ނަމަވެސް މަގާމުތަކުގައި ތިބީ ޕީޕީއެމްގެ ބޭފުޅުން ކަމަށެވެ. ސަރުކާރުން ޔާމީނަށް ދުލެއް ނުދެވިގެން އުޅެނީ ކީއްވެތޯ މަލީހު ސުވާލު އުފެއްދެވި އެވެ.

"ރައީސް ޔާމީނަކީ އެ ވިދާޅުވާ ކަހަަލަ މުޖުރިމެއް ނޫނޭ. މުޖުތަމައަށް ހުރި ބިރެއް ނޫނޭ. އެހެން ހުރިހާ ބޭފުޅުންނަށް މިނިވަންކަމުގައި [އުޅެވޭ]. ސިންގަޕޫރުގައި އައިސްކްރީމް ބޮނީ، ފައިވް ސްޓާ ހޮޓަލުގައި. ހަމަ އެކަނި ރައީސް ޔާމީނު ޖަލުގައި ހުންނަވަން ޖެހޭ ސަބަބެއް ނެތޭ،" މަލީހު ވިދާޅުވި އެވެ.

ޔާމީނު ވަގުތުން މިނިވަންކުރަން އޭނާ ސަރުކާރަށް ގޮވައިލެއްވި އެވެ.

"ވަގުތުން މިނިވަން ކުރާށޭ، ތިޔަ ބޭފުޅުން ވިދާޅުވެގެންނޭ އަަޅުގަނޑުމެން ގެއަށް ވަދެ މިތިބީ. ނިކުންނަން ޖެހިއްޖެއްޔާ މިހާރު ވެސް ނިކުންނާނަމޭ، މަގުމައްޗަށް ވެސް ނުކުންނަން ޖެހިއްޖެއްޔާ ނިކުންނާނަމޭ. ޖުމްހޫރީ މައިދާނަށް ވެސް ދާން ޖެހިއްޖެއްޔާ ދާނަމޭ،" މަލީހު ވިދާޅުވި އެވެ.

ވެރިކަން ކުރާ ޕީއެންސީ އާއި އެ ޕާޓީއާ އިއްތިހާދުވެފައިވާ ޕީޕީއެމްގެ ވެސް ލީޑަރަކީ ކުރިން ޔާމީނެވެ. އެ ދެ ޕާޓީން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ފުރަތަމަ ދެއްކީ ވެސް އެމަނިކުފާނެވެ. އެހެން ނަމަވެސް އެމަނިކުފާނަށް އިއްވާފައި އޮތް ޖަލު ހުކުމަކާ ހެދި އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބިވަޑައިނުގަތީ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފުރުސަތު ލިބިވަޑައިގެންނެވީ އެހެންވެ އެވެ. އިންތިހާބު ކާމިޔާބުކުރެއްވިއްޖެ ނަމަ ޔާމީނު މިނިވަން ކުރައްވަން މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ.

ރައީސް މުއިއްޒުގެ ސަރުކާރު އުފެދުމާއެކު ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕާ ހިޔާލު ތަފާތުވެ، ޔާމީން ވަނީ އެ ދެ ޕާޓީ ދޫކުރައްވައިފަ އެެވެ. ދަރިކަލުން ޒެއިން އަބްދުﷲ ޔާމީނުގެ މަސްއޫލުވެރިކަމުގައި އާ ޕާޓީއެއް އުފައްދަވަން މަސައްކަތް ފެށްޓެވީ އެހިސާބުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox