ފެނަކައިގެ ދަރަނި ހަތަރު ބިލިއަނަށް, ގިނަ މަޝްރޫއުތަކުން ކުންފުންޏަށް ވީ ގެއްލުން

ފެނަކައިގެ އެމްޑީ މުއާޒު، ކުންފުނިން ހިންގި ގިނަ ޕްރޮޖެކްޓްތަކުން ލިބުނީ ގެއްލުން ކަމަށް ވިދާޅުވި --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ފެނަކައިގެ އެމްޑީ މުއާޒު، ކުންފުނިން ހިންގި ގިނަ ޕްރޮޖެކްޓްތަކުން ލިބުނީ ގެއްލުން ކަމަށް ވިދާޅުވި --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ފެނަކަ ކޯޕަރޭޝަން ހިންގުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައި އެބަހުރި ކަމަށާއި ކުންފުނިން "އިން ހައުސް" ކޮށް ހިންގި ގިނަ ޕްރޮޖެކްޓްތަކުން ލިބުނީ ގެއްލުން ކަމަށް ކުންފުނީގެ އާ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.

"އަދަދު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މުއާޒު ވިދާޅުވީ އޭނާ ފެނަކައާ ހަވާލުވެވަޑައިގެންނެވި އިރު ކުންފުނީގެ ދަރަނި ހަތަރު ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށާއި ފެނަކަ ހިންގަމުން އައިސްފައިވަނީ ކުންފުންޏެއް ހިންގަންޖެހޭ އެންމެ ބެސްޓް ޕްރެކްޓިސް އެއްގައި ނޫން ކަމަށެވެ.

އެގޮތުން, ޕްރޮކިއުމަންޓުން ފެށިގެން ގޮސް މުވައްޒަފުން ނެގުމާއި މެނޭޖުކުރުމުގެ އިތުރުން ޕެޓީކޭޝް މެނޭޖުކުރުމާއިި ދަރަނި ދެއްކުން ފަދަ މާލީ ކަންތައްތަކުގައި ވެސް ބޮޑެތި ގޯސްތަކެއް ހަދާފައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުރިހާ ރަށެއްވެސް އެއް ހާލަތެއްގަ އޮތީ، ޕްރޮޖެކްޓްތަކަށް ކޮންޓްރެކްޓް އެހާ ބައިވަރު ސްޓާފުން ނަގާފައިވާއިރު ހިނގަންޖެހޭ ސްޕީޑުގަ ޕްރޮޖެކްޓުތައް ނުހިނގާ. އަދި ޕްރޮޖެކްޓުތަކަށް ގެންދެވުނު މެޓީރިއަލްތައް ގެންގޮސްފައި ހުރީ އެކަށީގެންވާ މިންވަރަށްތޯ ބެލިފައެއް ނެތް. ޕެޓީކޭޝް ފޮނުވުމުގައިވެސް ހަމަޖެހޭ އުސޫލެއްގެ ދަށުންނެއް ނޫން ކަންތައް ކޮށްފައި ހުރީ. ޕެޓީ ކޭޝް ބޭނުންކުރުން ރަނގަޅަށް ބެލެހެއްޓިފައެއްވެސް ނެތް،" މުއާޒު ވިދާޅުވި އެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ މުވައްޒަފުން ގިނައީ ފެނަކަ ކޯޕަރޭޝަންގަ އެވެ. މި އަހަރުގެ ނޮވެމްބަރާ ހަމަޔަށް އެކުންފުނީގައި 8،108 މުވައްޒަފުން ތިއްބެވެ. އޭގެ ތެރެއިން 2،199 މުވައްޒަފުންނަކީ ޕްރޮޖެކްޓްތައް ނެގި ކޮންޓްރެކްޓް މުވައްޒަފުން ކަމަށް ކުންފުނީގެ ކުރީގެ އެމްޑީ އަހުމަދު ސައީދުވެސް ވަނީ ވިދާޅުވެފަ އެވެ.

މުއާޒު ފާހަގަކުރެއްވި ގޮތުގައި ޕްރޮޖެކްޓުތަކާއި ނުބައްދަލު އަދަދުތަކަށް މުވައްޒަފުން ނަގައި ބޮޑު މުސާރަ ދެމުން ދިޔައިރު ޕްރޮޖެކްޓްތަކުގެ މަސައްކަތް ލަސްވުމުން ކުންފުންޏަށް ދިޔައީ އެތައް ގެއްލުމެއް ކުރިމަތި ވަމުންނެވެ. އަދި ރަށްރަށުގެ އިންޖީނުގެ ތަކާއި ފެންޕްލާންޓްތަކަށް ތަކެތި ފޮނުވާފައިވާއިރު އެތަންތަނުގައި ގާއުމުކޮށްފައި ހުންނަ މެޝިނަރީތަކާއި ނުވެސް ގުޅޭ ސްޕެއާތައް ގަނެފައި ފޮނުވާފައި ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ.

"މިސާލަކަށް ފަސް މިލިއަނަށް ނޫނީ 10 މިލިއަނަށް ނަގާ ޕްރޮޖެކްޓެއް ވިއްޔާ އެ ޕްރޮޖެކްޓް ނިމޭއިރު އަރާ އިނގޭތޯ ފެނަކައިގެ (ހަރަދަށް) ގާތްގަނޑަކަށް އޭގެ އެތައް ގުނައެއް އިތުރަށް. އެއީ ސްޓާފް ކޮސްޓް، އެއީ މެޓީރިއަލް ކޮސްޓް. މިހުރިހާ ކަމެއް ނިމޭއިރު ގިނަ ޕްރޮޖެކްޓުތަކުން ހުންނަނީ ގެއްލުންވެފަ،" މުއާޒު ވިދާޅުވި އެވެ.

މުއާޒު ވިދާޅުވި ގޮތުގައި މަޝްރޫއުތަކުން އެގޮތައް ގެއްލުންވާންޖެހެނީ ފެނަކައިން އަމިއްލައަށް ކުންފުނީގެ މަޝްރޫއުތައް ހިންގާތީ އެވެ. އެހެންވެ އެފަދަ ކަންތައްތައް ހައްލުކޮށް ކުންފުނި ހިންގުމުގައި މިހާތަނަށް ހަދާފައިހުރި ގޯސްތައް ހައްލުކުރުމަށް ޕްލޭނެއް އެކުލަވާލައި އެއަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް ވިދާޅުވި އެވެ.

އެގޮތުން, ފެނަކައިގެ އާމްދަނީ އިތުރުކޮށް ހަރަދު ކުޑަކުރުމަށް ޕްލޭންތަކެއް ހަދާފައިވާ ކަމަށާއި ފެނަކަ ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތްތަކެއް މިހާރު ކުރަމުންދާ ކަމަށް މުއާޒު ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ތިންމަހެއް ހާ ދުވަސްތެރޭ ކުންފުނި ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފެނަކައިގެ މަތިބަރުވާހަކަ އަކީ އާ ވާހަކައެއް ނޫނެވެ. ސިޔާސީ ޓޫލްއަކަަށް ކުންފުނި ބޭނުންކުރަމުން އައިކަމުގެ އެތައް ތުހުމަތެއް ކޮށްފައިވާއިރު ކުންފުނީގެ ދަރަނި އިންތިހާ އެވެ. އަދި ކުންފުނީގެ އެކި އެކި މަޝްރޫއުތަަކަށް ތަކެތި ސަޕްލައިކޮށްދިން އަމިއްލަ ވިޔަފާރިތަކަށް ފައިސާ ނުދޭ މައްސަލަވެސް އޭރު އޮތީ ބޮޑުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox