ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ބްރިގޭޑިއާ ޖެނެރަލް ހިލްމީ، ސަދަން އޭރިއާގެ ކޮމާންޑަރަކަށް ކާނަލް ޖަމްޝާދު

Dec 13, 2023, 1:09 PM
ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ބްރިގޭޑިއާ ޖެނެރަލް ހިލްމީ، ސަދަން އޭރިއާގެ ކޮމާންޑަރަކަށް ކާނަލް ޖަމްޝާދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް ހިލްމީ މިއަދު އައްޔަނު ކުރައްވައިފި އެވެ.

ބްރިގޭޑިއާ ޖެނެރަލް ހިލްމީ މީގެ ކުރިން ހުންނެވީ ކޯސްޓު ގާޑުގެ ކޮމާންޑަންޓުގެ މަގާމުގަ އެވެ. ހިލްމީ ސިފައިންގެ ވަޒީފާއަށް ވެންނެވީ އޭޕްރީލް 25، 1988، ގަ އެވެ.

ބްރިގޭޑިއަރ ޖެނެރަލް ހިލްމީ ވަނީ ޑިފެންސް އިންސްޓިޓިއުޓް ފޯ ޓްރެއިނިން އެންޑް އެޑިއުކޭޝަންގެ ކޮމާންޑިން އޮފިސަރުކަމާއި ޕްލޭންސް، ޕޮލިސީ އެންޑް ރިސޯސް މެނޭޖްމަންޓުގެ ޕްރިންސިޕަލް ޑައިރެކްޓަރުކަމާއި ޑިޕާޓްމަންޓް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީގެ ޕްރިންސިޕަލް ޑައިރެކްޓަރުގެ މަގާމު އަދާ ކުރައްވައިފަ އެވެ.

އޭގެ އިތުރުން، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ކޮމާންޑަރކަމާއި ސެންޓްރަލް އޭރިއާ ކޮމާންޑުގެ ކޮމާންޑަރުގެ މަގާމުގައި ވެސް ހުންނެވި އެވެ.

ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ހިލްމީ އައްޔަނު ކުރުމުގެ އިތުރުން ސިފައިންގެ ސަދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަންޓުގެ މަގާމަށް މިއަދު ކާނަލް މުހައްމަދު ޖަމްޝާދު ވަނީ އައްޔަނުކޮށްފަ އެވެ.

ސިފައިންގެ ބައެއް މަގާމުތަކަށް މިއަދު ބަދަލު ގެނައިއިރު، ދިގު މުއްދަތަކު ހިދުމަތް ކުރެއްވުމަށްފަހު ދެ މޭޖާ ޖެނެރެލަކު އިއްޔެ ވަނީ ރިޓަޔާ ކުރައްވައިފަ އެވެ. އެއީ މޭޖާ ޖެނެރަލް ހާމިދު ޝަފީގު އާއި މޭޖާ ޖެނެރަލް ވައިސް ވަހީދެވެ.

ހާމިދު ޝަފީގު ސިފައިންގެއިން ރިޓަޔާ ކުރެއްވުމުން ރަައީސް މުއިއްޒު ވަނީ އޭނާ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރަކަށް އައްޔަނު ކުރައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox