އިންޑިއާ ސިފައިންގެ އަދަދު އޮތީ އޮޅުން ބޮޅުންކޮށްފައި، ވަގުތު ނަގާނެ: ސަރުކާރު

ރައީސް ޑރ. މުހައްމަދު މުއިއްޒު (ވ) އަދި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު (ކ) : އިންޑިއާ ސިފައިންގެ އަދަދު އޮތީ އޮޅުން ބޮޅުން އަރުވާފަ، ވަގުތު ނަގާނެ - ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު (ވ) އަދި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު (ކ) : އިންޑިއާ ސިފައިންގެ އަދަދު އޮތީ އޮޅުން ބޮޅުން އަރުވާފަ، ވަގުތު ނަގާނެ - ފޮޓޯ: ރައީސް އޮފީސް

ނިމިދިޔަ ސަރުކާރުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު އޮތީ އޮޅުން ބޮޅުން ކޮށްފައި ކަަމަށާއި އެ އޮޅުންތައް ފިލުވަން ވަގުތު ނަގާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ސަރުކާރުން ފުރަތަމަ ރާއްޖޭގައި އިންޑިއާގެ 77 ސިފައިން ތިބި ކަމަށް އިއުލާނުކުރި ނަމަވެސް މިހާރު ވަނީ އެ ނަމްބަރަކީ ސީދާ އަދަދުކަން ކަށަވަރު ނުވާ ކަމަށް ބުނެފަ އެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސިފައިންގެ އަދަދު އެކި ލިޔެކިޔުންތަކުގައި އެކި ވަރަށް ހުރި ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން 77 އާއި 89 އަކާ ދެމެދުގެ އަދަދުތަކެއް ފެންނަ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންނާ ބެހޭ ގޮތުން "އަދަދު" އަށް މައުލޫމާތު ދެއްވި އިންޑިއާގެ އިސް އޮފިޝަލަކު ވިދާޅުވީ ސަރުކާރުން އެ ބުނާ އިތުރުވާ ސިފައިންނަކީ ސެނަހިޔާގައި މަސައްކަތް ކުރާ އެ ގައުމުގެ މިލިޓަރީ ނުވަ ޑޮކްޓަރުން ކަމަށެވެ. އެއާއެކު ޖުމްލަ ސިފައިންގެ އަދަދު 86 އަށް އަރާނެ އެވެ.

މިކަމާ ގުޅިގެން ސުވާލުކުރުމުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު ވިދާޅުވީ، އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ވަރެއް ބެލުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށް ކަމަށާއި އެ ފަރާތްތަކުން ރާއްޖޭގައި ތިބި ހުރިހާތަނަކާއި، ތިބި ޕްރޮފެޝަން ތަކަކީ ކޮބައިތޯ ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުން ދެނެގަންނާނެ ކަމަށެވެ.

"ކަމާއިބޭ އިދާރާތަކުން ތަފުސީލުތައް ހާމަކުރައްވާނެ، ވެރިކަމިގެ ފުރަތަމަ ދުވަހުން ފެށިގެން އެކަން އެދަނީ ކުރަމުން، އޮޅުން ބޮޅުން އަރުވާފަ އޮތް ކަމެއްވީމަ އޮޅުން ފިލުވަން ވަގުތު ނަގާނެ"

މީގެއިތުރުން ހަލީލު ވިދާޅުވީ ސަރުކާރުގެ ފުރަތަމަ ދުވަހު އިއުލާނުކުރީ އެ ދުވަހާ ހަމައަށް ޔަގީންވި އަދަދު ކަމަށެވެ. އަދި އިތުރަށް ދިރާސާކޮށް އިތުރަށް މައުލޫމާތު އެއްކުރަމުންދާ ކަމަށްވެސް ތަކުރާރުކޮށް ވިދާޅުވި އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކުރުމަކީ މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް އެމަނިކުފާނު ވަނީ އިންޑިއާގެ އާތު ސައިންސެސް މިނިސްޓަރު، ކިރެން ރިޖިޖޫގެ އަރިހުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގައުމުން ބޭލުމަށް އެދިފަ އެވެ.

އަދި ކޮޕް28 ގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ބޭއްވި ބައްދަލުވުމުގައި، އިންޑިއާ އިން އެ ގައުމުގެ ސިފައިން އަނބުރާ ގެންދިއުމަށް އެއްބަަސްވި ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް, އެކަމާ ގުޅިގެން ނޫސްވެރިން ސުވާލުތައް ކުރިމަތިވުމުން ރައީސް އިތުރު ތަފުސީލެއް ނުދެއްވަ އެވެ.

އިންޑިއާގެ ނޫސްތަކުން، އެ ގައުމުގެ އޮފިޝަލުންނާ ހަވާލާދީ ބުނެފައިވާ ގޮތުން މިހާތަނަށް ދެ ގައުމުން މިފަދަ އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox