ރައްޔިތުންގެ ފައިސާ އިސްރާފު ކުރަން ކުރާ އެއްވެސް ކަމެއްގައި ބައިވެރިނުވާނަން: އާޒިމް

މޭޔަރު ކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމް : ވިދާޅުވީ ރައްޔިތުންގެ ފައިސާ އިސްރާފުކުރަން ކުރާ އެއްވެސް ކަމެއްގަ ބައިވެރިނުވާނެ ކަމަށް - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

މޭޔަރު ކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމް : ވިދާޅުވީ ރައްޔިތުންގެ ފައިސާ އިސްރާފުކުރަން ކުރާ އެއްވެސް ކަމެއްގަ ބައިވެރިނުވާނެ ކަމަށް - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

މި ސަރުކާރުން ރައްޔިތުންގެ ފައިސާ އިސްރާފުކޮށް ކުރާ އެއްވެސް ކަމެއްގައި އޭނާގެ މޭޔަރު ކަމުގައި ބައިވެރިވެ އެއްބާރުލުން ނުދެއްވާނެ ކަމަށް ހުސްވެފައިވާ މާލެ ސިޓީ މޭޔަރުގެ މަގާމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އާޒިމް މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު އަދި ހުސްވެފައިވާ ތިން ގޮނޑިއަށް އެމްޑީޕީއިން ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް މިރޭ ސޯސަން ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

"ހަމަ ސީދާ ރައްޔިތުންގެ ފައިސާ އިސްރާފުކުރުން ނޫން ދެން ކޮން ކަމެއްތޯ، އަޅުގަނޑުގެ މޭޔަރު ކަމުގައި ބައިވެރިނުވާނަން އެއްވެސް ކަމެއްގެ ބައިވެރިނުވާނަން، ރައްޔިތުންގެ ފައިސާ އިސްރާފުކުރާ އެއްވެސް ކަމެއްގަ ބައިވެރިނުވާނަން" އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

ކުރީ ސަރުކާރުން ހިއްކާފައިވާ ގުޅީފަޅު، ގިރާވަރު ފަޅު އަދި އުތުރު ތިލަފަޅުން ގޯތި ދޫކުރި ފަރާތްތައް އާބާދުވާން ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމުކުރުމުގެ ބަދަލުގައި، މި ސަރުކާރުން ފުށިދިއްގަރުފަޅުގައި އަލަށް ފަށަން އުޅޭ ބޯހިޔާވަހިކަމުގެ މަޝްރޫއަށް އިޝާރާތް ކުރައްވާ އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފުށިދިއްގަރުފަޅުގެ މަޝްރޫއަކީ މިވަގުތަށް 'އޮޕްޝަނެއް' ނޫނެވެ. އޭގެ ބަދަލުގައި ސަރުކާރުން މަސައްކަތް ކުރަންވީ ކުރީ ސަރުކާރުން ފެށި މަޝްރޫއުތައް ނިންމާ ރައްޔިތުން އެންމެ ބޭނުން ޖެހިފައިވާ ކަންކަން ފުރިހަމަ ކޮށްދިނުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު މާލޭގެ ރައްޔިތުންނަށް ދޭ ޔަގީންކަމަކީ، ތިބޭފުޅުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ހުރިހާ ބިންތައް އެ ހުރި ތާކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އަޅުގަނޑުމެން ކުރަންހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރާނަމޭ"

އޭގެއިތުރުންވެސް އާޒިމް ވަނީ މާލެއަށް މިހާރު ދިމާވެފައިވާ ޕާކިން އަދި ކުނީގެ މައްސަލަތަކަށް ވެސް އޭނާގެ މޭޔަރު ކަމުގައި ހައްލެއް ގެންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.

އަދި ކުރިން މޭޔަރު ކަމުގައި ހުންނެވި، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ފަދައިން ސަރުކާރުގެ ކުންފުނިތަކުން ދޭ އަސާސީ ހިދުމަތްތައް ސިޓީ ކައުންސިލުން ދިނުމަށް މަސައްކަތް ނުކުރައްވާނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުގައި ނެންގެވީ ވިލާމާލޭގައި ސިޓީ ކައުންސިލުން ފެށި ބަގީގެ ހިދުމަތެވެ. އޭރު އާޒިމް ހިންގަވަމުން ދިޔަ އެމްޓީސީސީއިން ވިލިމާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމުން ރައީސް މުއިއްޒު އޭރު ވަނީ، ކުރީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އާޒިމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެންމެ ފުރަތަމަ އެމްޑަބްލިޔުއެސްސީ ގެ މެނޭޖިން ޑިރެކްޓަރެވެ. އެއަށް ފަހު 2020 ވަނަ އަހަރު އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުކަން އާޒިމްއާ ހަވާލުކުރެއްވި އެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް އާޒިމް ހޯއްދަވާފައިވެ އެވެ. އެގޮތުން މާލެ ސިޓީގެ ބަހުގެ ހިދުމަތް ފުޅާކޮށް، މިނީ ބަހުގެ ހިދުމަތް ތައާރަފްކޮށް، އާރްޓީއެލްގެ ހިދުމަތް ފައްޓަވައި ދެއްވާފައިވެ އެވެ.

މާލޭގެ މޭޔަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މުއިއްޒު މި މަހުގެ 17 ވަނަ ދުވަހު ރައީސްކަމާ ހަވާލުވެވަޑައިގަތުމުންނެވެ. ރައީސް މުއިއްޒުގެ ސަރުކާރުގެ މަގާމްތަކަށް ވަޑައިގަތުމަށް ސިޓީ ކައުންސިލްގެ މެމްބަރުން އިސްތިއުފާ ދެއްވުމުން މާފަންނު ދެކުނު ދާއިރާ، މެދު ހެންވޭރު ދާއިރާ، އަދި ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި ވެސް މި ވަގުތު ހުރީ ހުސް ކޮށެވެ.

ކައުންސިލުތަކުގެ ގޮނޑިތައް ފުރުމަށް ބާއްވާ ބައި-އިލެކްޝަން ޖެނުއަރީ 13 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox