އޭޑީކޭގެ 150 އެއްހާ މުވައްޒަފުންނަށް ހިނިތުންވުން

އޭޑީކޭގެ އިން 2022 ވަނަ އަހަރު އެންމެ ފާހަގަ ކުރެވޭ މުވައްޒަކަށް ހޮވުނު ސީމާ މުހައްމަދު، ކްލިނިކަލް ސަޕޯޓް ސާވިސްގެ ކޯޑިނޭޓާ -- ފޮޓޯ އޭޑީކޭ

އޭޑީކޭގެ އިން 2022 ވަނަ އަހަރު އެންމެ ފާހަގަ ކުރެވޭ މުވައްޒަކަށް ހޮވުނު ސީމާ މުހައްމަދު، ކްލިނިކަލް ސަޕޯޓް ސާވިސްގެ ކޯޑިނޭޓާ -- ފޮޓޯ އޭޑީކޭ

އެޑީކޭ ހޮސްޕިޓަލުގެ "އެމްޕްލޯއީ ޕާފޯމަންސް އެވޯޑްސް" ނައިޓްގައި އެ ހޮސްޕިޓަލުގެ 150 އެއްހާ މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑު ދީފި އެވެ.

ގިޔާސުއްދީން ސްކޫލްގައި ރޭ ބޭއްވި ހަފުލާގައި އޭޑީކޭގެ 2022 ވަނަ އަހަރުގެ އެންމެ ރަނގަޅު މުވައްޒަފަކަށް ހޮވުނީ، އެ ހޮސްޕިޓަލުގެ ކްލިނިކަލް ސަޕޯޓް ސާވިސްގެ ކޯޑިނޭޓަރު ސީމާ މުހައްމަދެވެ. މީގެ 14 އަހަރު ކުރިން 2009 ވަނަ އަހަރު އެ ކުންފުންޏާ ގުޅުނު ސިމާ އަށް، އެވޯޑަކާއި 15،000ރ. ގެ ފައިސާގެ އިނާމާއި ކެންޔާގެ ވައިލްޑް ލައިފް ސަފާރީ ދަތުރެއް ދިނެވެ.

ހަ ދާއިރާއަކުން 150 އެއްހާ މުވައްޒަފުން ވަނަތަކަށް ހޮވުނުއިރު، އޭގެ ތެރޭގައި ވަރަށް ހާއްސަ 11 އެވޯޑެއް ހިމެނެ އެވެ. އެއީ އެމްޕްލޯއީ އޮފް ދަ އިޔާގެ އިތުރުން ގޯލްޑް އަދި ސިލްވާ ޕާފޯމަންސް އެވޯޑެވެ. ގޯލްޑް އެވޯޑު ލިބުނު ފަސް ފަރާތަށް 10،000ރ. ގެ ފައިސާގެ އިނާމަކާއި ސިލްވާ އެވޯޑް ލިބުނު ފަސް ފަރާތަށް 7،500ރ. ގެ ފައިސާގެ އިނާމު އޭޑީކޭ އިން ދިނެވެ.

އެގާރަ ވަނަ ފަހަރަށް ބޭއްވި އެމްޕްލޯއީ ޕާފޯމަންސް އެވޯޑްސް ނައިޓުގައި ހާޒިރީ އެންމެ ރަނގަޅު މުވައްޒަފުންނާއި ގިނަ ދުވަހު ހިދުމަތްކުރި މުވައްޒަފުންނަށް ވެސް އިނާމު ދީފައިވެ އެވެ.

ހަފްލާގައި ވާހަކަ ދައްކަވަމުން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ކޮންމެ އަހަރަކު ހާޒިރީން 100 ޕަސެންޓް ހޯދާ މުވައްޒަފުންނަށް ފަސް ދުވަހުގެ އިތުރު ޗުއްޓީއެއް މުސާރައާއެކު ދިނުމަށް ބޯޑުން ނިންމާފައިވާ ކަމަށެވެ.

އޭޑީކޭއަކީ ރާއްޖޭގެ އެންމެ ފުރަތަމަ އަމިއްލަ ހޮސްޕިޓަލެވެ. މެޑިކްލިނިކް ގެ ނަމުގައި 1987 ފެށި ހިދުމަށް 1992 ވަނަ އަހަރު އޭޑީކޭ މެޑިކްލަ ސެންޓާ އަށް ބަދަލުކޮށް، އޭޑީކޭ ހޮސްޕިޓަލުގެ ނަމުގައި ހިދުމަތް ދޭންފެށީ 1996 ވަނަ އަހަރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox