މަކަރެއް ހަދައިގެން ލިސްޓްގައި ހިމެނުނު މީހަކަށް ނޫނީ ފްލެޓެއް، ގޯއްޗެއް ނުގެއްލޭނެ: ރައީސް

ރައީސް ޑރ.،މުހައްމަދު މުއިއްޒު ނޫސްވެރިންނާ ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ.،މުހައްމަދު މުއިއްޒު ނޫސްވެރިންނާ ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ފްލެޓާއި ގޯތި ލިބޭނެ ކަމަށް ކުރީގެ ސަރުކާރުން ގެޒެޓްކުރި ލިސްޓްތަކުގައި ހިމެނުނު މީހުންގެ ތެރެއިން މަކަރެއް ހަދަައިގެން ހިމެނުނު މީހަކު ފިޔަވައި އެއްވެސް މީހަކަށް ފްލެޓް ނުވަތަ ގޯތި ނުގެއްލޭނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ރައީސް މުއިއްޒު ވިދާޅުވީ އޭރު އޮތް ސަރުކާރުން ދީފައިވާ އެއްވެސް ފްލެޓެއް ނުވަތަ ގޯއްޗެއް އަތުނުލައްވާނެ ކަމަށެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ ފްލެޓާއި ގޯތީގެ ކަންތައް ކުރިއަށް ގެންދަވާނީ އޭރު ވައުދުވެވަޑައިގެންނެވި ގޮތަށް ކަމަށެވެ. އޭރު ގެޒެޓް ކުރި ލިސްޓްތަކުގައި ހިމެނޭ މީހުންގެ ތެރެއިން ލިއުމެއް ނުލިބި ހުރި މީހުންނަށް ވެސް ފްލެޓާއި ގޯތި ލިބޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ރަސްމީކޮށް ގެެޒެޓްކޮށްފައި އޮވެއްޖެއްޔާ އެމީހާއަށް އެއޮތީ [ފްލެޓް ނުވަތަ ގޯތި] ލިބިފައި. އަދި ލިޔުން ނުލިބިވެސް ހުރެދާނެ ބައެއް ފަރާތްތަކަށް، ރަޖިސްޓްރީ ނުހެދި ވެސް ހުރެދާނެ. އެއީ އަދި އެހެން ކަމެއް، އެެހެންވީމާ ފައިނަލް ލިސްޓެއް ގެޒެޓްކުރެވިފައި އޮވެއްޖެއްޔާ އެއޮތީ ސަރުކާރުގެ ނިންމުމެއް. ދެން ސަރުކާރުގެ ނިންމުމެއް އޮވެއްޖެއްޔާ ލިބޭނެ،" ރައީސް ވިދާޅުވި އެވެ.

އެކަމުގައި އިސްތިސްނާ ވާނީ އެމަނިކުފާނު ވިދާޅުވި ގޮތުގައި މަކަރެއް ހަދައިގެން ދޮގު މައުލޫމާތެއް ހުށަހަަޅައިގެން ލިސްޓެއްގައި ހިމެނުނު މީހުންނެވެ. އެފަދަ މައްސަލަތައް ނިންމާނީ އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ އިދާރާތަކުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެހެން ނަމަވެސް ފްލެޓެެއް ނުވަތަ ގޯއްޗެއް ލިބޭނެ ކަމަށް މީހަކު ލިސްޓްކުރުމުގައި އަމަލުކޮށްފައިވާ ގޮތާ ބެހޭ ގޮތުން މައްސަލައެއް ޖައްސައިފި ނަމަ ކަމާ ބެހޭ އިދާރާއަކުން ބެލުމަކީ މުޅިން އެހެން ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މިސާލަކަށް ވަކިން އެހެން ފަރާތަކުން މައްސަލަ ޖައްސަނީ މީހަކު ނުގަވައިދުން [ފްލެޓެއް ނުވަތަ ގޯއްޗެއް] ހޯދާފައި އޮތްތޯ ބަލަން. އެއީކީ އެއް މިކަމާ ގުޅޭ ކަމެއް ނޫން، މިސާލަކަށް މީހަކު އޮތީ މަކަރު ހަދައިގެން އޮޅުވާލައިގެން، ނުބައި މައުލޫމާތެއް ފޯޖްކޮށްގެން ލައިގެން ޕޮއިންޓް ހަމަކޮށްގެން ލިބިފައި، އެއީ ވަކި ކޭސްއެއް،" ރައީސް ވިދާޅުވި އެވެ.

އެފަދަ މައްސަލަތައް އޭސީސީ ނުވަތަ އެހެން މުއައްސަސާއަކުން ވެސް ބަލައިފާނެ ކަމަށާއި އެފަދަ ކަމެއް ކޮށްފައި އޮތް މީހަކަށް ޝަރުއީ ހުކުމެއް އައިސްދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox