އިންޑިއާ އާއެކު އެކުލަވާލި ކޮމިޓީއާ ގުޅޭގޮތުން ހަލީލް ދެއްކި ވާހަކަތައް ރައީސް ދޮގުކުރައްވައިފި

ރައީސް މުއިއްޒު އާއި އެމަނިކުފާނުގެ ކޮމިއުނޭކަޝަންސް ބަލަހައްޓަވާ ހަލީލް. އޭނާ ދިން މައުލޫމާތުތަކެއް ރައީސް ވަނީ ދޮގު ކުރައްވާފައި --- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު އާއި އެމަނިކުފާނުގެ ކޮމިއުނޭކަޝަންސް ބަލަހައްޓަވާ ހަލީލް. އޭނާ ދިން މައުލޫމާތުތަކެއް ރައީސް ވަނީ ދޮގު ކުރައްވާފައި --- ފޮޓޯ: ރައީސް އޮފީސް

ކޮޕް-28 ގެ ހަވާސާގައި އިންޑިއާގެެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ދެ ގައުމުގެ މެދުގައި އެކުލަވާލަން އެއްބަސްވި ކޮމިޓީން އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމާ ގުޅޭ މަސައްކަތްތަކެއް ނުކުރާނެ ކަމަށް ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލް ވިދާޅުވެފައިވީ ނަމަވެސް އެ ވާހަކަތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ދޮގުކުރައްވައިފި އެވެ.

ރާއްޖޭގައި ގާއިމުވެގެން ތިބި އިންޑިއާގެ ހުރިހާ ސިފައިން ބޭލުމަކީ ރައީސް މުއިއްޒުގެ މުޅި ރިޔާސީ ކެމްޕޭން ބިނާވި އެމަނިކުފާނު އެންމެ މުހިންމު ވައުދެވެ. ކޮޕް-28 ގެ ހަވާސާގައި މޯދީ އާއެކު ބޭއްވެވި ބައްދަލުވުމުގައި އެފަދަ މަޝްވަރާތަކެއް ކުރިކަން ދެ ގައުމުގެ ސަރުކާރުން ވެސް ހާމަކޮށްފައި ނުވެ އެވެ. އެފަދަ އެއްވެސް ވާހަކައެއް މީޑިއާއަށް ވެސް ތިލަވެފައި ނުވެ އެވެ.

އެ ބައްދަލުވުމުގައި ދެ ދެ ގައުމުގެ ގުޅުން ބަދަހި ކުރަން މަތީ ފަންތީގެ ކޮމިޓީއެއް އުފައްދަން މަޝްވަރާ ކުރި ކަމަށް ރިޕޯޓުކުރި އެވެ.

""މިހާރުވެސް ދެ ގައުމުގެ ދޭތެރޭގަ މަތީ ލެވެލްގަ ހިނގަމުންދާ މަޝްވަރާއެއް އެއީ، އެހެންވީމަ ދެ ގައުމުގެ އެންމެ އިސް ވެރިން ބައްދަލުކޮށްލާ އިރު އަލަށް ފެށޭ ކަންތައްތަކާ ބެހޭގޮތުން ކަންނޭނގެ ބޮޑަށް އިސްކަންދެއްވާނީ ދެއްތޯ," އެ ކޮމިޓީއާ ގުޅޭގޮތުން "އަދަދު" ނޫހުން ސުވާލު ކުރުމުން ހަލީލް ވިދާޅުވެފައިވެ އެވެ.

ރާއްޖޭން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސްއާ އެ ކޮމިޓީއާ ގުޅޭގޮތުން "އަދަދު" ނޫހުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވަނީ ހަލީލް ހިއްސާކުރީ ދޮގު މައުލޫމާތުތަކެއް ކަމަށް ވިދާޅުވެފަ އެވެ.

"ރައީސް އޮފީހަކުން ނުދެއްވާނެ ތި މައުލޫމާތެއް. އަޅުގަނޑު މި ދަންނަވަނީ ތެދު މައުލޫމާތު," އެ ކޮމިޓީއާ ގުޅޭގޮތުން ރައީސް ވިދާޅުވި އެވެ.

އަދި, އެފަދަ ކޮމިޓީއެއް އެކުލަވާލެއްވުމަށް ހުށަހެޅުއްވީ އެމަނިކުފާނު ކަމަށާއި އެކަން ވަގުތުން މޯދީ ގަބޫލުކުރެއްވި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް އޮފީހުން އެ މައުލޫމާތު "އަދަދު" އާ ހިއްސާކުރީ އެ ކޮމިއުނިކޭޝަންސް އޮފީސް ހިންގެވުމާ ހުންނެވި ހަލީލެވެ. އެ މައުލޫމާތު ރަނގަޅު ކުރުމަށް ދަންނަވާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ކޮޕް 28 ސަމިޓުގެ ހަވާސާގައި ބޮޑުވަޒީރު މޯދީއާ އެކު ބޭއްވެވި ބައްދަލުވުމުގައި އިންޑިއާގެ ސިފައިން ބޭލުމަށް އެމަނިކުފާނު ދިވެހި ރައްޔިތުންގެ ނަމުގައި އެދިފައިވާ ކަމެއް ހާމަކޮށްފައި ނުވެ އެވެ. ސިފައިންނާ ގުޅޭ އެއްވެސް ވާހަކައެއް ރައީސް އޮފީހުން ހާމަކުރި ހަބަރުތަކުގައި ވެސް އަދި އެކްސްގައި ކުރި ޕޯސްޓުތަކުގައި ބަޔާންކޮށްފައި ނުވެ އެވެ.

އަދި, އިންޑިއާގެ އިދާރާތަކާއި މޯދީ ކުރެއްވި ޓްވީޓުތަކުގައި ވެސް އެކަން ފާހަގަކޮށްފައި ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox