ރައީސްގެ ދަތުރު ކާމިޔާބު ކަމަށް ބުނެ ޕީޕީއެމުން މަރުހަބާ ކިޔައިފި

Dec 2, 2023, 6:45 AM
ރައީސްގެ ދަތުރު ކާމިޔާބު ކަމަށް ބުނެ ޕީޕީއެމުން މަރުހަބާ ކިޔައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީއަށާއި ޔޫއޭއީއަށް ކުރެއްވި ދަތުރަކީ ކާމިޔާބު ދަތުރެއް ކަމަށް ބުނެ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން އެމަނިކުފާނަށް މަރުހަބާ ކިޔައިފި އެވެ.

ތުުރުކީއަށް ކުރެއްވި ރަސްމީ ދަތުރާއި ކޮޕް-28 ސަމިޓްގައި ބައިވެރިވެވަޑައިގަންނަވަން ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅަށް މަރުހަބާ ކިޔައި ޕީޕީއެމުން ނެރުނު ބަޔާނުގައި ބުނީ ތުރުކީ އާއި ޔޫއޭއީއަށް ކުރެއްވި ދަތުރުުޅުގައި ތުރުކީ އާއި އެކި ގަމުތަކުގެ އެންމެ އިސް ވެރިންނާއި ބައްދަލުކުރައްވާ އެގައުމުތަކާއި ރާއްޖެއާ ދެމެދު އޮތް ގުޅުންތައް އިތުރަށް ވަރުގަދަ ކުރަން ކުރެއްވި މަޝްވަރާތައް ވަރަށް ކާމިޔާބު ކަމަށެވެ.

ދަތުރުތަކުގައި ރައީސް ބައްދަލުކުރެއްވި ބައެއް ބޭފުޅުން

ޔޫއޭއީގައި:

  • އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ
  • ސްރީލަންކާގެ ރައީސް ރަނިލް ބިކްރަމް ސިންހަ
  • އިނގިރޭސި ރަސްގެފާނު ޗާލް ތިން ވަނަ
  • އުރުދުންގެ ރަސްގެފާން އަބްދުﷲ
  • ބުރޫނާއީގެ ރަސްގެފާނު ހަސަނުލް ބުލްގިޔާ
  • ގަތަރުގެ އަމީރު ތަމީން ބިން ހަމަދު

ޕީޕީއެމްގެ ބަޔާނުގައި ބުނީ ގައުމުތަކުގެ ވެރިންނާ އެކު ރައީސް މުއިއްޒު ބޭއްވެވި ބައްދަލުވުންތަކުގައި، ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް އެހީތެރިކަން ހޯއްދަވަން މަޝްވަރާކުރެއްވި ކަމަށެވެ.

"... ކޮޕް28 ކޮންފަރަންސްގެ ޙަވާސާގައި ތަފާތު އެކި ގައުމުތަކުގެ ވެރިންނާއި ބައްދަލުކުރައްވާ ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި ދިވެހި ރައްޔިތުން ދިވެހިރާއްޖެއަށް ބޭނުންވާ ތަރައްގީގެ ތަފާތު މަޝްރޫޢުތައް ހިންގެވުމުގައި އެގައުމުތަކުގެ އެހީތެރިކަން ހޯއްދެވުމުގެ މަޝްވަރާތައްވެސް ވަނީ ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންދަވާފަ،" ޕީޕީއެމްގެ ބަޔާނުގައި ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox