މޯދީގެ އަރިހުގައި އިންޑިއާ ސިފައިންގެ ވާހަކަ ނުދެއްކި، ނޫސްވެރިންނަށް ވެސް ޖަވާބެއް ނުދިން!

ކޮޕް-28 ގެ ހަވާސާއިގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާ ރައީސް މުއިއްޒު ބައްދަލުކުރައްވަނީ. އިންޑިއާ ސިފައިން ގެންދިޔުމާ ގުޅޭގޮތުން އެމަނިކުފާނު ވާހަކަފުޅު ދެއްކެވިކަން ކަށަވަރެއް ނުވޭ --- ފޮޓޯ: ރައީސް

ކޮޕް-28 ގެ ހަވާސާއިގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާ ރައީސް މުއިއްޒު ބައްދަލުކުރައްވަނީ. އިންޑިއާ ސިފައިން ގެންދިޔުމާ ގުޅޭގޮތުން އެމަނިކުފާނު ވާހަކަފުޅު ދެއްކެވިކަން ކަށަވަރެއް ނުވޭ --- ފޮޓޯ: ރައީސް

ޔޫއޭއީގައި މިހާރު ކުރިއަށްދާ ތިމާވެއްޓާގުޅޭ ބައިނަލްއަގުވާމީ ސަމިޓު (ކޮޕް-28) ގެ ހަވާސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއާއެކު މިއަދު ބޭއްވެވި ބައްދަލު ކުރެއްވުމުގައި އެ މަނިކުފާނުގެ އެންމެ ބޮޑު އެޖެންޑާ ކަމުގައިވާ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމުގެ ވާހަކަ ނުދެއްކެވި އެވެ.

އެ ބައްދަލުވުމުގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާ ގުޅޭ ގޮތުން އިންޑިއާގެ ނޫސްވެރިޔަކު، ރައީސް މުއިއްޒުއާ ތަކުރާރުކޮށް ކުރި ސުވާލަކަށް ޖަވާބު ދެއްވުމުގެ ބަދަލުގައި ހިމޭނުން ހުންނެވި އެވެ.

އިންޑިއާ ޓުޑޭގެ އެގްޒެކެޓިވް އެޑިޓަރު ގީތާ މޯހަން ރައީސް މުއިއްޒުއާ ސުވާލު ކުރަނީ އެ މަނިކުފާނު ސަމިޓުގެ އިވެންޓަކަށް ފަހު ހިންގަވާފައި ވަޑައިގަންނަވަނިކޮށެވެ.

އެ ނޫސްވެރިޔާ އެކްސްގައި އާންމުކޮށްފައިވާ ވީޑިއޯއިން އިވޭ ގޮތުގައި އޭނާ ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމަށް އިންޑިއާގެ ފަރާތުން ލިބޭނެ ކަމަށް ގަބޫލުކުރައްވާ އެއްބާރުލުމަކީ ކޮބައިތޯ އަހައިފަ އެވެ.

އެ ސުވާލުތަކަށް އެމަނިކުފާނު ޖަވާބު ދެއްވާފައި ނުވާއިރު ރާއްޖޭގެ ވަފުދުގެ މެމްބަރަކު ޖަވާބު ދޭ އަޑު އިވެ އެވެ.

އިންޑިއާއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާނެކަން އެ ނޫސްވެރިޔާއަށް ވަފުދުގެ ބޭފުޅަކު ޖަވާބު ދެ އެވެ. އޭރު ރައީސް މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބައްދަލުވުން ބާއްވާފައި ނުވެ އެވެ.

ނަމަވެސް, ތަކުރާރުކޮށް އޭނާ ގެންދިޔައީ ރައީސް މުއިއްޒުއަށް އަމާޒުކޮށް އެ ސުވާލު ކުރަމުންނެވެ. އެންމެފަހުން، ވީޑިއޯ ނިމޭ ހިސާބުގައި ރައީސް މުއިއްޒު ހިނިފުޅުވަޑުވާފައި ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ގާތް ގުޅުމެއް އޮންނަ ކަމަށެވެ. އިތުރު ވާހަކައެއް ނުދައްކަވަ އެވެ.

މި ސަރުކާރުން ހާމަކޮށްފައިވާ ގޮތުން ރާއްޖޭގައި ތިބީ އިންޑިއާގެ 77 ސިފައިންނެވެ. އެއީ ހަތިޔާރު އެޅި ސިފައިން ކަމެއް ނުވަތަ ނޫން ކަމެއް ހާމަނުކުރެ އެވެ.

ނަމަވެސް، ނިމިގެންދިޔަ އެމްޑީޕީ ސަރުކާރުން ބުނެފައި ވަނީ ހަތިޔާރު އެޅި އިންޑިއާ ސިފައިންނެއް، އަދި އަސްކަރީ ބޭނުމެއްގައެއް ވެސް އިންޑިއާ ސިފައިން ރާއްޖޭގައި ނުތިބޭނެ ކަމަށެވެ.

އިންޑިއާގެ ހުރިހާ ސިފައިން ބޭލުމަކީ ރައީސް މުއިއްޒުގެ މުޅި ރިޔާސީ ކެމްޕޭން ބިނާވި އެމަނިކުފާނު އެންމެ މުހިންމު ވައުދެވެ.

މޯދީގެ ބައްދަލުވުމުގައި އިންޑިއާ ސިފައިންގެ ވާހަކަ ނެތް

ކޮޕް 28 ސަމިޓުގެ ހަވާސާގައި ބޮޑުވަޒީރު މޯދީއާ އެކު ބޭއްވެވި ބައްދަލުވުމުގައި އިންޑިއާގެ ސިފައިން ބޭލުމަށް އެމަނިކުފާނު ދިވެހި ރައްޔިތުންގެ ނަމުގައި އެދިފައިވާ ކަމެއް ހާމަކޮށްފައި ނުވެ އެވެ. ސިފައިންނާ ގުޅޭ އެއްވެސް ވާހަކައެއް ރައީސް އޮފީހުން ހާމަކުރި ހަބަރުތަކުގައި ވެސް އަދި އެކްސްގައި ކުރި ޕޯސްޓުތަކުގައި ބަޔާންކޮށްފައި ނުވެ އެވެ.

އިންޑިއާގެ ބޮޑުވަޒީރާއެކު ރައީސް މުއިއްޒު ބޭއްވެވި ބައްދަލުކުރެއްވުމުގައި އިންޑިއާ ސިފައިން ގެންދިޔުމުގެ ވާހަކަ ދެއްކެވިތޯ ސުވާލު ކުރުމުން، ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ހަލީލު ސީދާ ޖަވާބެއް ނުދެއްވި އެވެ.

"ތިޔަ ވިދާޅުވި ކަންތައް ވަނީ ޑިޕްލޮމެޓިކް އެޖެންޑާގެ އެންމެ ކުރީގައި," ކަމަށާއި އެ ހަމަތަކުގެ މަތިން އެ ވައުދު ރައީސް މުއިއްޒު ފުއްދަވާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށް ހަލީލު ވިދާޅުވި އެވެ.

އެމަނިކުފާނު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ބޮޑުވަޒީރު މޯދީގެ ކެބިނެޓުގައި ހިމެނިވަޑައިގަންނާވާ މިނިސްޓަރު ކިރެން ރިޖޫޖޫއާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވަނީ އިންޑިއާ ސިފައިން ރާއްޖޭން ބޭލުމަށް އެދިވަޑައިގަނެފަ އެވެ.

މި މައްސަލައިގައި، އެ ގައުމުން ބޭނުންވަނީ ސުލްހަވެރި ހައްލެއް ކަމަށް އިންޑިއާގެ އިސް އޮފިޝަލަކު ވަނީ ހާމަކޮށްފަ އެވެ.

ނަމަވެސް, ޑިޕްލޮމެޓިކް ހަމަތަކުގެ މަތިން އެ ކަމުގައި ކޮށްފައިވާ އެއްވެސް މަސައްކަތެއްގެ މައުލޫމާތު މިހާތަނަށް ހާމަކޮށްފައި ނުވެ އެވެ. ހަމައެކަނި ހާމަކުރީ 77 ސިފައިން ތިބި ކަމެވެ. އެއީ ކުރީ ސަރުކާރުން 2021 ގައި ހާމަކުރި އަދަދަށް ވުރެ އެންމެ ދެ ސިފައިން އިތުރުވުމެކެވެ.

އިންޑިއާގެ އެންމެ އިސްވެރިޔާ އާއި ރާއްޖޭގެ އެންމެ އިސްވެރިޔާ އާ ބައްދަލުކުރެއްވިއިރު އެކަމާ ގުޅޭ ވާހަކަތަކެއް ދެކެވެން ޖެހޭނެ ކަމަށް ގަބޫލުކުރެވެ އެވެ. އެއީ, ރައީސް މުއިއްޒުގެ އެންމެ މުހިންމު ވައުދަކީ އެއީ ކަމަށް ވެފައި އެކަމާ ގުޅޭ ވާހަކަ ދެއްކުމަށް މިއަށް ވުރެ ވަކި މުނާސަބު ހާލަތެއް ނުވަތަ ވަގުތެއް ނާންނެތީ އެވެ.

ރައީސް މުއިއްޒު އާއި މޯދީގެ ބައްދަލުވުމުގައި ދެއްކެވީ ދެ ގައުމު ދޭދޭ ގުޅުންތައް ވަރުގަދަކުރެއްވުމާ ގުޅޭ ގޮތުން ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

"މިގޮތުން ދެބޭފުޅުން ވަނީ، އިގުތިސާދީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އަދި ދިވެހިރާއްޖެއާއި އިންޑިއާއާ ދެ ގައުމުގެ މަތީ ފަންތީގެ ކޮމިޓީއެއް އެކުލަވާލުން ހިމެނޭހެން، ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި އިންޑިއާގެ ބޮޑުވަޒީރު މަޝްވަރާކުރެއްވި އެވެ،" އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމާ ގުޅޭ ގޮތުން ރައީސް އޮފީހުން ބުނެފައިވެ އެވެ.

އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ކުޅިވަރުގެ ދާއިރާއިން އިތުރަށް ގުޅުންބަދަހިކުރުމާ ގުޅޭ ގޮތުންވެސް މަޝްވަރާކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox