ކްލައިމެޓް އެންވޯއީ ދިފާއުކުރެއްވީ މޫސުމީ ބަދަލުތަކުގެ ގެއްލުން ނަފީކޮށް ރައީސް ދެއްކެވި ވާހަކަފުޅު

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ކްލައިމެޓް ޗޭންޖު އެންވޯއީ އަލީ ޝަރީފު : ކޮޕް 28 އަށް ފުރަމުން ކްލައިމެޓް އެންވޯއީ ދިފާއުކުރެއްވީ މޫސުމީ ބަދަލާ ދެކޮޅަށް ރައީސް ދެއްކެވި ވާހަކަފުޅު - ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ކްލައިމެޓް ޗޭންޖު އެންވޯއީ އަލީ ޝަރީފު : ކޮޕް 28 އަށް ފުރަމުން ކްލައިމެޓް އެންވޯއީ ދިފާއުކުރެއްވީ މޫސުމީ ބަދަލާ ދެކޮޅަށް ރައީސް ދެއްކެވި ވާހަކަފުޅު - ފޮޓޯ: ރައީސް އޮފީސް

މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް އޮތް ނުރައްކަލާއި ގުޅޭ ގޮތުން ސައިންސްވެރިން ދައްކަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށް ދޭހާވާ މޭރުމަކުން ރައީސް ޑރ. މުހައްމަދު މުއިއްޒު ދައްކަވާފައިވާ ވާހަަކަފުޅުތައް އެމަނިކުފާނު އައްޔަނު ކުރެއްވި ސްޕެޝަލް އެންވޯއި އޮން ކްލައިމެޓް ޗޭންޖް, އަލީ ޝަރީފް ދިފާއުކުރައްވައިފި އެވެ.

ކްލައިމެޓް އިމަޖެންސީގެ ގާނޫނުގެ ދަށުން ރައީސް އޮފީހުގައި މަސައްކަތްކުރައްވާ ސްޕެޝަލް އެންވޯއިގެ މަގާމަސް އޭނާ އައްޔަނުކުރީ ނޮވެމްބަރު 22, ގަ އެވެ. ޔޫއޭއީގެ ދުބާއީގައި މާދަމާ ފަށާ ކޮޕް28 ސަމިޓުގައި ބައިވެރިވުމަށް ފުރާވަޑައިގަތުމުގެ ކުރިން އޭނާ ވަނީ ރައީސް މީގެކުރިން ދެއްކެވި ވާހަކަފުޅުތަކާ ގުޅޭގޮތުން ސުވާލު ކުރުމުން އެކަން ދިފާއު ކުރައްވާފަ އެވެ.

"އަޅުގަނޑަށް ހީވަނީ އޭތީގަ ނުބައި ގޮތަކަށް މާނަ ނެގިފަހެން ތީނީ، ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ ތީ ކުރިންވެސް ދައްކާ ވާހަކައެކޭ، މީގެ 50 އަހަރު ކުރިންވެސް ހަމަ ދައްކަމުން އައި ވާހަކައެކޭ، އަނެއްހެން ދަންނަވާ ކަަމަށްވަންޏާ ޓެކްނިކަލީ އެއީ ތެދުފުޅެއް،" ޝަރީފް ވިދާޅުވި އެވެ.

އޭރުވެސް މިހާރުވެސް ދައްކަނީ ކަނޑުގެ ލޮނުގަނޑު އުފުލޭ ވާހަކަ ކަމަށާއި އެކަން ސައިންސްގެ އަލީގަ ވާކަން އެނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ ރައީސުލްޖުމްހުރިއްޔާ އޭރުވެސް އެ ވިދާޅުވީ ކުރީގަވެސް ހަމަ ދައްކަމުންދާ ވާހަކަތަކެކޭ، އެކަމަށް ހުރި އަހަންމިއްޔަތު، އެއްވެސް ގޮތަކަށް ކުޑަކޮށްލި ވާހަކައެއް ނޫން އަޅުގަނޑަށް ހީވަނީ އެއީކީއެއް," ޝަރީފު ވިދާޅުވި އެވެ.

އަލް ޖަޒީރާއަށް ދެއްވި އިންޓަވިއުގައި ރައީސް، މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެ އަށް އެންމެ ބޮޑަށް ކޮށްފާނެ ކަމަށް ބެލެވޭ ގެއްލުން ނަފީކުރެއްވުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އަދި, ތިމާވެށީގެ މައްސަލަތަކުގައި ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭން ގެންގުޅޭ އަޑުހަރު ސިޔާސަތު އާ ސަރުކާރާ އެކު ބަދަލުވުމުގެ ކަންބޮޑުވުން ބައެއް މީހުން ފާޅުކުރި އެވެ.

"އެއީ އަބަދުވެސް ދައްކާ ވާހަކައެއް.... އަޅުގަނޑަކަށް ހީއެއް ނުވޭ އެއީ [ނާސާ ފަދަ ބައިނަލްއަގްވާމީ ޖަމިއްޔާތަކުގެ ރިޕޯޓުތައް] ހަގީގަތެއް ހެނެއް. މީގެ 50 އަހަރު ކުރިން ވެސް އެ ވާހަކަ ދެއްކި. ކަނޑުގެ ލޮނުގަނޑު އެހާ ބޮޑަށް އުފުލޭ މަންޒަރެއް އަޅުގަނޑުމެންނަށް ނުފެނޭ," މިއީ އެ ދުވަހު ރައީސް ބޭނުންކުރެއްވި އިބާރާތެވެ.

ނަމަވެސް ފާޑުކިޔުންތަކާއެކު، ޖެހިގެން އައި ދުވަހު އޭރު އިންތިހާބީ ރައީސްގެ އޮފީހުން ވަނީ ރައީސް ވިދާޅުވި ބަހުގެ މުރާދަކީ އެއީ ނޫން ކަމަށާއި މޫސުމީ ބަދަލުތަކުގެ އަސަރު ރާއްޖެ އަށް ކުރާކަން އެމަނިކުފާނު ގަބޫލުކުރައްވާ ކަމަށް ބުނެފަ އެވެ.

ރައީސް މުއިއްޒުގެ ވާހަކަތަކާ ދެކޮޅަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ވެސް ވާހަކަދެއްކެވި އެވެ. ރައީސް މައުމޫނަކީ ރާއްޖޭގެ ރައީސުންގެ ތެރެއިން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ނުރައްކާތަކުގެ ވާހަކަ ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަމަށް ގެންނަވަން މަސައްކަތް ކުރެއްވި ފުރަތަމަ ރައީސެވެ.

އެމަނިކުފާނު ވިދާޅުވީ "އެންމެންވެސް ސައެންޓިފިކް ޙަޤީޤަތްތައް ޤަބޫލުކުރަން ޖެހޭނެ. ދުނިޔެ ހޫނުވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ ދިޔުމަކީ އެފަދަ ޙަޤީޤަތެއް. ސެޓެލައިޓް މަޢުލޫމާތު ދައްކާ ގޮތުގައި މިވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި ކަނޑުގެ ސަތަޙަ 3.4 މިލިމީޓަރ އުފުލިއްޖެ،" ކަމަށެވެ.

މިއަދު ނޫސްވެރިންގެ ސުވާލުތަކާއެކު ޝަރީފު ވިދާޅުވީ މޫސުމީ ބަދަލުތަކާމެދު ރައީސް މުއިއްޒު ދެއްވާ އަހަންމިއްޔަތުކަން، ކޮޕް 28 ގައި ބައިވެރިވެވަޑައިގަތުމުންވެސް ހާމަވާ ކަމަށެވެ. އެމަނިކުފާނު މިހާރު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި ތުރުކީގަ އެވެ. ޔޫއޭއީއަށް ވަޑައިގަންނަވާނީ އެ ދަތުރު ނިންމަވާލެއްވުމަށް ފަހު ރާއްޖެއަށް ވަޑައިނުގަނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox