މުލީއާގޭގައި ކުރިއަށްދަނީ އާ ވަސީލަތްތަކެއް ގާއިމުކުރުމުގެ މަސައްކަތް، ހަރަދު ހާމަކުރާނީ މަސައްކަތް ނިމުމުން

މުލީއާގެ : މުލީއާގޭގަ ކުރިއަށްދަނީ އާ ވަސީލަތްތަކެއް ގާއިމުކުރުމުގެ މަސައްކަތް، ހަރަދު ހާމަކުރާނީ މަސައްކަތް ނިމުމުން ކަމަށް ސަރުކާރުން ބުނެފި - ފޮޓޯ:ސޯޝަލް މީޑިއާ

މުލީއާގެ : މުލީއާގޭގަ ކުރިއަށްދަނީ އާ ވަސީލަތްތަކެއް ގާއިމުކުރުމުގެ މަސައްކަތް، ހަރަދު ހާމަކުރާނީ މަސައްކަތް ނިމުމުން ކަމަށް ސަރުކާރުން ބުނެފި - ފޮޓޯ:ސޯޝަލް މީޑިއާ

މި މަހު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު، ރިޔާސީ ގަނޑުވަރު ، މުލިއާގެއަށް ބަދަލުވެވަޑައިގަތުމުގެ ކުރިން، އެ ގަނޑުވަރުގައި މިހާރު ކުރިއަށް ގެންދަނީ އެ ގޭގައި އާ ވަސީލަތްތަކެއް ގާއިމުކުރުމުގެ މަސައްކަތް ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

"އަދަދު" އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު ވިދާޅުވީ އެ މަސައްކަތް ކުރިއަށް ގެންދަނީ ސިފައިންގެ ބެލުމުގެ ދަށުން ކަމަށާއި މައިގަނޑު ގޮތެއްގައި ކުރަނީ އިތުރު ވަސީލަތްތަކެއް ގާއިމުކުރުމުގެ މަސައްކަތް ކަމަށެވެ.

"އާ ފެސިލިޓީސް ގާއިމުކުރުމުގެ މަސައްކަތް ކުރެވެމުން އެބަދޭ، ދެން ގިނަ ދުވަސްވެފަ ހުރި ތަންތަނުގަ ކުޑަކޮށް އާބާތުރަ ފިލުވާލުމުގެ މަސައްކަތް ކުރަމުން އެބަދޭ" އޭނާ ވިދާޅުވި އެވެ.

އެ މަސައްކަތްތަކަށް ހިނގާ ޖުމްލަ ހަރަދުގެ ތަފުސީލު ހާމަކުރެވޭނީ މަސައްކަތްތައް ނިމުމުން ކަމަށާއި މަސައްކަތް ނިމި ރައީސަށް މުލީއާގެއަށް ބަދަލުވެވޭނެ ސީދާ ތާރީހެއް އަދި ނޭނގޭ ކަމަށް ވެސް ހަލީލު ވިދާޅުވި އެވެ. މީގެ ކުރިން އަޑު ފެތުރިފައިވާ ތާރީހަކީ އަންނަ މަހުގެ 15 އެވެ.

ހުވާކުރެއްވުމުގެ ހަފުލާއަށްފަހު ރައީސް މުއިއްޒު އެމަނިކުފާނުގެ އާއިލާއާއެކު - ފޮޓޯ: ރައީސް އޮފީސް
ހުވާކުރެއްވުމުގެ ހަފުލާއަށްފަހު ރައީސް މުއިއްޒު އެމަނިކުފާނުގެ އާއިލާއާއެކު - ފޮޓޯ: ރައީސް އޮފީސް

ހުވާކުރެއްވުމުގެ ހަފުލާއަށްފަހު ރައީސް މުއިއްޒު އެމަނިކުފާނުގެ އާއިލާއާއެކު - ފޮޓޯ: ރައީސް އޮފީސް

މައުލޫމާތު ލިބިފައިވާ ގޮތުގައި މުލިއާގޭގައި ކުރިއަށް ދަނީ އިތުރު ދެ ކޮޓަރި ހެދުމުގެ މަސައްކަތެވެ. އެއީ ރައީސް މުއިއްޒު އާއި އަނބިކަނބަލުން އަދި ތިން ބޭފުޅުން ބަދަލުވުމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މުލީއާގެ ދޫކުރައްވާ ބަދަލުވެވަޑައިގެންނެވީ މި މަހުގެ 10 ގަ އެވެ. އެމަނިކުފާނާއި އަނބިކަނބަލުން ފަޒްނާ އަހްމަދު މުލިއާގެއަށް ދިރިއުޅުން ބަދަލުކުރެއްވީ ނޮވެމްބަރު 30, 2018 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox