ސްޓެލްކޯ އެމްޑީއަކަށް ފަހުމީ، އާސަންދަ ކުންފުންޏަށް ޒީނިޔާ

ސްޓެލްކޯ އެމްޑީއަކަށް އައްޔަންކުރި ފަހުމީ(ކ) އަދި އާސަންދަ ކުންފުނީގެއެމްޑީއަކަށް އައްޔަންކުރި ޒީނިޔާ(ވ)

ސްޓެލްކޯ އެމްޑީއަކަށް އައްޔަންކުރި ފަހުމީ(ކ) އަދި އާސަންދަ ކުންފުނީގެއެމްޑީއަކަށް އައްޔަންކުރި ޒީނިޔާ(ވ)

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހުސެން ފަހުމީ އަދި އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އާމިނަތު ޒީނިޔާ އައްޔަންކޮށްފި އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތައް ބަލަހައްޓާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ބޯޑު މެމްބަރުން ހަމަނުވެ އޮތުމާ ގުޅިގެން އެ ކުންފުނިތަކަށް ވެރިން އައްޔަނުކުރެވިފައި ނުވެ އެވެ. ނަމަވެސް, ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބޯޑަށް މިހާރު މެމްބަރުން އައްޔަނުކޮށް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންގެ މަގާމަށް އައްޔަނުކުރައްވަން ބޭނުންވާ 22 ބޭފުޅެއްގެ ނަން ޕީސީބީ އަށް ފޮނުވައި އެ މަސައްކަތް ވަނީ ފައްޓަވާފަ އެވެ.

ޕީސީބީ އަށް ފޮނުވި ނަންތަކުގެ ތެރެއިން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ، އެކުންފުނީގެ ޖެނެލް މެނޭޖަރުގެ ޒިންމާ އަދާކުރައްވަމުން ގެންދެވި މ. ފަތަހަ ހުސައިން ފަހުމީ ވަނީ މިހާރު އައްޔަނުކޮށްފަ އެވެ. އޭނާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އޭނާއަށް މަގާމު ލިބިވަޑައިގަތްކަން ރަސްމީކޮށް މިއަދު އަންގާފައިވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ޕީސީބީން އަދި އެކަމުގެ މައުލޫމާތު ހިއްސާއެއް ނުކުރެ އެވެ.

ފަހުމީ ވަނީ 25 އަހަރު ސްޓެލްކޯއަށް ހިދުމަތް ކޮށްދެއްވާފަ އެވެ. 1 ފެބްރުއަރީ 1998 ވަނަ އަހަރު އެކައުންޓް އެސިސްޓެންޓް ޓްރެއިނީއެއްގެ ގޮތުގައި ސްޓެލްކޯ އާއި ގުޅިވަޑައިގެން އޭނާ ވަނީ ފާއިތުވި އަހަރުތަކުގައި އެކުންފުނީގެ ތަފާތު ސެކްޝަންތަކުގައި އެތައް ހިދުމަތެއް ކޮށްދެއްވާފަ އެވެ. މަގާމަށް އައްޔަނުކުރުމުގެ ކުރިން ހުންނެވީ ކުންފުނީގެ ޖެނެލް މެނޭޖަރު ކަމުގަ އެވެ.

ފަހުމީ އަކީ އިނގިރޭސި ވިލާތުން މާސްޓާސް އޮފް އެކައުންޓިން އާއި ފައިނޭންޝިއަލް ސާވިސަސް އިން އެމްބީއޭހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

އާސަންދަ ކުންފުނިން މައުލޫމާތު ދޭގޮތުގައި ޕީސީބީން މިހާރު ވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެކުންފުނީގައި އެންމެ ގިނަދުވަސްވީ އެއް މުވައްޒަފު ކަމަށްވާ އާމިނަތު ޒީނިޔާ އައްޔަނުކޮށްފަ އެވެ. އެ މަގާމަށް އައްޔަނުކުރި އިރު އޭނާ އަދާކުރަމުންދިޔައީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރުގެ މަގާމެވެ.

އާސަންދަ ސްކީމް ހިންގެވުމަށް ތަފާތު އެތައް މަސައްކަތްތަކެއް ކުރައްވާފައިވާ ޒީނިޔާ ވަނީ އާސަންދަ ކުންފުނީގެ މެޑިކަލް ޑިޕާޓްމަންޓާއި އެވެއަނެސް ޑިޕާޓްމަންޓާއި ކަސްޓަމާ ސާވިސް ސެކްޝަނާއި ޕަބްލިކް ރިލޭޝަންގެ އިތުރުން ބިޒްނަސް ޑިވެލޮޕްމަންޓް ސެކްޝަންގެ މަސައްކަތްތައްވެސް ބަލަހައްޓަވާފައެވެ. އާސަންދަ ކުންފުންޏާއި ގުޅުމުގެ ކުރިން، އޭނާ ވަނީ ޑިޕާޓްމަންޓް އޮފް ޑްރަގް ޕްރިވެންޝަން އެންޑް ރިހަބިލިޓޭޝަންގެ ޑިރެކްޓާ ޖެނެރަލް ކަމުގެ މަގާމުވެސް އަދާކުރައްވާފައެވެ. އަދި ހެލްތު މިނިސްޓްރީގެ ސެންޓާ ފޯ ކޮމިއުނިޓީ ހެލްތް އެންޑް ޑިޒީޒް ކޮންޓްރޯލް ޑިޕާޓްމަންޓްގައި، ޕަބްލިކް ހެލްތް ޕްރޮގްރާމްގެ ކޯޑިނޭޓަރުގެ މަގާމާއި އަދި ނަރުހެއްގެ ގޮތުގައި ސެންޓްރަލް ހޮސްޕިޓަލާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައިވެސް އޭނާ މަސައްކަތް ކުރެއްވިއެވެ.

ޒީނިޔާ ވަނީ އޮސްޓްރޭލިއާގެ ޔުނިވަސިޓީ އޮފް ވޮލޮންގޮންގްއިން މެންޓަލް ހެލްތު ނާސިން އިން މާސްޓާސް އާއި ޔުނިވަސިޓީ އޮފް ވެސްޓް އޮފް އިންގްލޭންޑް، ބްރިސްޓޯލްއިން މާސްޓާ އޮފް ސައިންސް އިން ޕަބްލިކް ހެލްތުވެސް ހާސިލު ކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox