ވަޒީރުންގެ ނައިބުކަން ދެއްވި 26 ބޭފުޅެއްގެ ނަން ހާމަކޮށްފި

 ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ވަޒީރު އިބްރާހީމް ހަލީލު : ނައިބު ވަޒީރުންގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރެއްވި 26 ބޭފުޅެއްގެ ނަން ރައީސް އޮފީހުން ހާމަކޮށްފި - ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ވަޒީރު އިބްރާހީމް ހަލީލު : ނައިބު ވަޒީރުންގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރެއްވި 26 ބޭފުޅެއްގެ ނަން ރައީސް އޮފީހުން ހާމަކޮށްފި - ފޮޓޯ: ރައީސް އޮފީސް

އެކި ވުޒާރާތަކުގެ ނައިބު ވަޒީރުންގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރެއްވި 26 ބޭފުޅުން، އެ މަގާމުތަކަށް އައްޔަންކުރެއްވި ވާހަކަ ބައެއް ނޫސްތަކުގައި ޖެހިތާ ދެތިން ދުވަސް ފަހުން، އެބޭފުޅުންގެ ނަންތައް ރައީސް އޮފީހުން ރަސްމީކޮށް ހާމަކޮށްފި އެވެ.

ނައިބު ވަޒީރުންނަށް ބޭފުޅުން އައްޔަންކުރެއްވިކަން މިއަދު ރައީސް އޮފީހުން ހާމަކުރިއިރު، ފާއިތުވި ތިން ދުވަހު އޭގެ ތެރެއިން ގިނަ ބޭފުޅުން ވަނީ ސޯޝަލް މީޑިއާގައި އެކަން އިއުލާންކުރައްވައިފަ އެވެ.

ރައީސް އޮފީހުގެ ބަހެއް ނެތި ސޯޝަލް މީޑިއާގައި ދައުރުވި ޕޯސްޓުތަކާ ގުޅިގެން އެ އޮފީހުގެ ކޮމިއުނިކޭޝަން ވަޒީރު އިބްރާހީމް ހަލީލު އިއްޔެ ވިދާޅުވީ ރައީސް އޮފީހުން އެކަން އިއުލާންކުރުން ލަސްވަނީ އިދާރީ ކަންކަމާ ގުޅިގެން ކަމަށެވެ.

"އައްޔަންކުރުމާ ފޮޓޯ ނެގުމާ އެކަމުގައި އުޅެނީ، އައްޔަނު އަދި ނުކުރޭ އެހާ ގިނަ ބަޔަކު، ބައެއް ކަހަލަ އިދާރީ މަސައްކަތްތައް ކުރެވެމުންދަނީ," ހަލީލު ވިދާޅުވި އެވެ.

އެކި ވުޒާރާތަކުގެ ނައިބު ވަޒީރުންގެ ނަންތައް އިއުލާނު ކޮށްފައިވީ ނަމަވެސް އަދިވެސް ރައީސް އޮފީހުގެ ވެބްސައިޓުން އެ ފަރާތްތަކުގެ ފޮޓޯ އާއި ތަފުސީލު އާންމުކޮށްފައެއް ނުވެ އެވެ.

އާންމު އުސޫލުގެ ދަށުން ރައީސް އޮފީހުން މަގާމުތަކަށް އައްޔަންކުރާ ފަރާތްތަކުގެ މައުލޫމާތު އާންމުކުރާއިރު، އެ ފަރާތްތަކުގެ ނަމުގެ އިތުރުން އެޑްރެސްވެސް އިއުލާނުކުރެ އެވެ. ނަމަވެސް މިއަދު ކުރި އިއުލާނުގައި ހިމަނާފައިވަނީ ހަމައެކަނި މިނިސްޓްރީ އަދި ނަމެވެ.

މިއަދު އިއުލާނުކުރި ނައިބު ވަޒީރުން:

އިކޮނޮމިކް މިނިސްޓްރީ

  1. ސޯލިހު ހުސައިން
  2. އައިޝަތު ޝަހުދާ އަބްދުﷲ
  3. މުހައްމަދު އައިޝް
  4. އަހުމަދު ސާލިމް ސައީދު

ޓޫރިޒަމް މިނިސްޓްރީ

  1. އިބްރާހީމް ޔޫސުފްފުޅު
  2. މުހައްމަދު ޔާމީން އަހުމަދު

ފިޝަރީޒް މިނިސްޓްރީ

  1. އަހުމަދު ޝާފިއު
  2. ހައްމާދު އަބްލްކަރީމް

އިސްލާމިކް މިނިސްޓްރީ

  1. ހައްވާ ލަތީފު
  2. ހިސާން އަލީ އަހުސަން

އެޑިއުކޭޝަން މިނިސްޓްރީ

  1. ސުލްތާން ރާމިޒް

ފިނޭންސް މިނިސްޓްރީ

  1. އަހުމަދު ސާއިދު މުސްތަފާ

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ

  1. ހައްށަނު ހަމީދު
  2. މުހައްމަދު ރިޝްމީ
  3. އަހުމަދު އަލީ

ސްޕޯޓްސް މިނިސްޓްރީ

  1. ހުސައިން ޝިފާޒް
  2. އައިޝަތު ނާޒިމާ
  3. ފާތުމަތު ފަޒުލާ ރަޝީދު
  4. އާމިނަތު ޝަޖަން

ޔޫތު މިނިސްޓްރީ

  1. މަލްޝާ ޝަރީފު

ކޮންސްޓްރަކްޝަން މިނިސްޓްރީ

  1. މުހައްމަދު އިމްރާން ހަސަން
  2. ފާތިމަތު އިފާޝާ

ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

  1. އާމިނަތު ނަދާ މުހައްމަދު
  2. ޒޫޝާން ކަމާލުއްދީން

ޓްރާންސްޕޯޓު މިނިސްޓްރީ

  1. މުހައްމަދު އަވާދު އަޔާޒު

އެންވަޔަރަމަންޓު މިނިސްޓްރީ

  1. ހައްސާނު މުހައްމަދު

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox