ވަޒީރެއްގެ އަތުގައި އެހެން ގައުމެއްގެ ރަށްވެހިކަން އޮތްތޯ ބަލަން މަޖިލީހުން ރައީސް އޮފީހުގައި އެދެނީ

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މާރިޔާ އަދި ޓޫރިޒަމް މިނިސްޓަރު ފައިސަލް : ވަޒީރެއްގެ އަތުގައި އެހެން ގައުމެއްގެ ރައްވެހިކަން އޮތްތޯ ސާފުކުރަން މަޖިލީހުން ރައީސް އޮފީހުގައި އެދެން ފާސްކޮށްފި - ފޮޓޯ: ރައީސް އޮފީސް

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މާރިޔާ އަދި ޓޫރިޒަމް މިނިސްޓަރު ފައިސަލް : ވަޒީރެއްގެ އަތުގައި އެހެން ގައުމެއްގެ ރައްވެހިކަން އޮތްތޯ ސާފުކުރަން މަޖިލީހުން ރައީސް އޮފީހުގައި އެދެން ފާސްކޮށްފި - ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލެއްވީ އާ ވަޒީރުންގެ މަޖިލީހުގައި ހިމެނޭ 22 ވަޒީރެއްގެ އެހެން ގައުމެއްގެ ރަށްވެހިކަން އޮތްތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުން ރައީސް އޮފީހުގައި އެދުމަށް، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމައިފި އެވެ.

އެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ކުރިއަށް ގެންދިޔައީ ވަޒީރުންގެ ނަންތަކާއި ގުޅޭގޮތުން މަޖިލީހުގެ އިދާރާއިން އެއްކޮށްފައިވާ މައުލޫމާތުތައް ދިރާސާކުރުމުގެ މަސައްކަތެވެ.

އެ ބައްދަލުވުމުގައި ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސެއިން ޒިޔާދު ފާހަގަކުރެއްވީ ވަޒީރުންގެ ތެރެއިން އެއްވެސް ބޭފުޅެއްގެ އަތްޕުޅުގައި އެހެން ގައުމެއްގެ ޕާސްޕޯޓު އޮތްތޯ ނުވަތަ ނެތްތޯ ބަލަން އިމިގްރޭޝަނަށް ފޮނުވި ސިޓީގެ ޖަވާބުގައި، އެއީ އެ އިދާރާގެ އިހުތިސޯސުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް ބުނެފައިވާކަމަށެވެ. އެ އިހުތިސާސް ރާއްޖޭގެ އެހެން އިދާރާއަކުން ލިބިފައި އޮތްކަން ސާފުކުރަން އޭނާ އެދުނެވެ.

މަޖިލީހުގެ އިދާރީ މޭޒުން ބުނީ މައުލޫމާތު ސާފުކުރާނެ މަގެއް ގާނޫނުން ބުނެދީފައިނުވާ ކަމަށެވެ.

މަޖިލީހަށް ނަން ހުށަހެޅި ވަޒީރުންގެ ތެރެއިން ބޭރު ގައުމެއްގެ ރަށްވެހިކަން މީގެ ކުރިން އޮތް ބޭފުޅުންނަކީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އާއި ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރެވެ. ނަމަވެސް ވަޒީރުކަމުގެ މަގާމަށް ވަޑައިގަތުމަށް އޭނާ، ނިއުޒީލެންޑުގެ ރަށްވެހިކަން ދޫކޮށްލިކަން "އަދަދު" އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ. ބޭރު ގައުމުގެ ރަށްވެހިކަން ދޫކޮށްލައްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި ހައިދަރު ވެސް ވިދާޅުވި އެވެ.

މި މައްސަލާގައި ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ތުލުސްދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ނަސީމު ހުށަހެޅުއްވީ، އެހެން އިދާރާއަކުން އެ މައުލޫމާތު ނުލިބޭ ނަމަ ސީދާ ރައީސް އޮފީހުން އެ މައުލޫމާތު ހޯދުމަށް އެދުމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ ވަޒީރުން އައްޔަންކުރައްވަނީ ރައީސް ކަމަށް ވާތީ ކަމަށެވެ.

އެ ހުށަހެޅުމަށް މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން ވަނީ ތާއީދުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ، އެހެން ގައުމެއްގެ ރަށްވެހިކަން އޮންނަ ފަރާތަކަށް ވަޒީރުކަން ނުކުރެވޭނެކަން ގާނޫނުގައި ބުނާއިރު އެކަން މަޖިލީހުން ސާފުކުރަން ޖެހޭނެ ކަމަށެވެ.

މި ހުށަހެޅުމާ ހިލާފަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ވަނީ ޝައްކު ކުރެވޭ ވަޒީރެއްގެ އަރިހުން އެ މައުލޫމާތު ސާފުކުރަން ހުށަހަޅާފަ އެވެ. ނަމަވެސް އެ ކޮމިޓީގެ މުގައްރިރު، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ފާހަގަކުރެއްވީ، ވަޒީރުންނަށް ރުހުން ދިނުމުގައި އެ ފަރާތްތައް އިންޓަވިއުކޮށް މައުލޫމާތު ނުހޯދޭނެ ކަމަށް ބުނާ ސުޕްރީމް ކޯޓުގެ ހުކުމެއް އޮތްކަމެވެ.

އެހެންކަމުން ކޮމިޓީން މިއަދު ނިންމީ އެ މައުލޫމާތު ސާފުކުރުމަށް ރައީސް އޮފީހުގައި އެދުމަށް ނިންމާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox