ޕީއެންސީ ބޮޑުތަނުން ދެމިލައިފި: ދިހަ ހާހާ ގާތްކުރާ އަދަދަކަށް އިލެކްޝަނަށް ފޯމު ހުށަހަޅައިފި

ރައީސުލްޖުްމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު. އެމަނިކުފާނު ވަނީ ވެރިކަން ލިބިއްޖެ ނަމަ، ޕީއެންސީ އޭގެ ޒާތުގައި ފުޅާ ވާނެ ކަމަށް ކެމްޕޭނު ތެރޭގައި ވިދާޅުވެފައި -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރައީސުލްޖުްމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު. އެމަނިކުފާނު ވަނީ ވެރިކަން ލިބިއްޖެ ނަމަ، ޕީއެންސީ އޭގެ ޒާތުގައި ފުޅާ ވާނެ ކަމަށް ކެމްޕޭނު ތެރޭގައި ވިދާޅުވެފައި -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މިއަދުގެ މިހާތަނަށް ވެރިކަން ކުރާ، ޕީއެންސީން 10،000 އާ ގާތްކުރާ އަދަދަކަށް މެންބަރުންގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް އެ ޕާޓީގެ ރެޖިސްޓުރާ، މުހައްމަދު އަފޫ ހާމިދު ވިދާޅުވެއްޖެ އެވެ.

ޕީއެންސީއަށް މެންބަރުން އިތުރުވަމުންދާ މިންވަރާ ގުޅޭގޮތުން "އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަފޫ ހާމިދު ވިދާޅުވީ ޕީއެންސީއަށް ވެރިކަން ހޯދައިދިނުމަށްފަހު ރައްޔިތުން އަންނަނީ ގިނަ އަދަދުތަކުން އެ ޕާޓީއާ ގުޅެމުން ކަމަށެވެ.

"ރައްޔިތުން އަމިއްލައަށް ބޭނުންވެގެން ހަމަ ގުޅެމުން ދަނީ، ކޮންމެ ދުވަހަކު ވެސް ވަރަށް ބައިވަރު ފޯމު ލިބެމުން ދަނީ، އަޅުގަނޑުމެން ވަރަށް ބުރަކޮށް ޕްރޮސެސިންގެ މަސައްކަތް ކުރަމުން މިދަނީ،"

އޭނާ ވިދާޅުވީ މިހާރު ޕުރޮރެސިންގައި ހުރި ފޯމުތަކުގެ އަދަދު ވެސް 6000 އަށްވުރެ އިތުރު ވާނެ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމުތަކާއި ޕުރޮސެސިންގައި ހުރި ފޯމުތައް އެއްކޮށްލުމުން ޕީއެންސީގެ މެންބަރުންގެ އަދަދު 18،000 އަށް އަރާނެ ކަމަށް އަފޫ ހާމިިދު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވިއިރު، އެމަނިކުފާނު ވެސް ނިސްބަތްވެލައްވާ ޕާޓީ، ޕީއެންސީ މެންބަރުންގެ އަދަދަކީ 3159 އެވެ. ރިޔާސީ ކެމްޕޭނުގެ ތެރޭގައި ރައީސް މުއިއްޒު ވަނީ ވެރިކަން ލިބިވަޑައިގަތުމާއެކު ޕީއެންސީ އޭގެ ޒާތުގައި ވަރުގަދަ ޕާޓީއަކަށް ވާނެ ކަމަށް ވިދާޅުވެފަ އެވެ.

ޕީއެންސީގެ މެންބަރުން އެތައް ގުނައަކުން އިތުރުވަމުންދާއިރު، އެޕާޓީގެ ކޯލިޝަން ޕާޓުނަރު، ޕީޕީއެމްގެ ކުރީގެ ލީޑަރު، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމް ވަނީ ޕީއެންސީ/ޕީޕީއެމްގެ ލީޑަރުޝިޕާ މެދު ހިޔާލުތަފާތުވުން އުފެދި ޕާޓީން ވަކިވެވަޑައިގެން، އައު މޯލްޑިވްސް ނެޝަނަލް ފްރަންޓުގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ދަތުރު ފަށައިފަ އެވެ.

ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގަތުމުގެ ކުރިން ވަނީ ޕީއެންސީއަށް ޕީޕީއެމް މެންބަރުން ބަދަލު ވާން ނުޖެހޭ ކަމަށާއި، އަސްލު ޕާޓީއަކީ ޕީޕީއެމް ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. ނަމަވެސް ޕީޕީއެމުގެ އޮފީސް ދޫކޮށް ޕީއެންސީން ވަނީ މެންބަރުން އިތުރު ކުރުމުގެ މަސައްކަތަށް އައު އޮފީހެއް ވެސް ގާއިމުކޮށްފަ އެވެ. ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެންނެވީ އެއަށްފަހު އެވެ.

ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު، ޑރ. ޖަމީލު "އަދަދު" ގެ އެތެރެފުށް ޕުރޮގުރާމުގައި ވާހަކަދައްކަވަމުން ވެސް ވަނީ ޕީއެންސީއަށް މެންބަރުން އިތުރު ކުރުމާ ގުޅޭގޮތުން ވާހަކަދައްކަވައި، ޕީއެންސީގެ ލީޑަރުޝިޕަށް ސީރިރަސް ތުހުމަތެއް ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ޕީއެންސީން މަސައްކަތް ކުރަމުން ގެންދަނީ ރައްޔިތުންގެ މަޖިލިސް އިންތިހާބު ކުރިމަތިވުމުގެ ކުރިން ޕީޕީއެމް އެއްކޮށް ހުސްކޮށްލުމަށް ކަމަށެވެ.

ނަމަވެސް ޕީއެންސީގެ ވެރިން އެކަން ދޮގު ކުރައްވަ އެވެ. އެ ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ ޕީޕީއެމުން އެއްވެސް މެންބަރަކު ޕީއެންސީއަށް ބަދަލު ކުރުމަށް ލީޑަރުޝިޕުން މަސައްކަތް ނުކުރާ ކަމަށާއި، ޕާޓީ ބަދަލު ކުރާ ފަރާތްތަކުން އެކަން ކުރައްވަނީ އަމިއްލައަށް ބޭނުންވެގެން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox