މަންމައަށް މަރުގެ އިންޒާރުދިން މީހަކު ހައްޔަރުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
އަމިއްލަ މަންމައަށް މަރުގެ އިންޒާރު ދިން މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 41 އަހަރުގެ ފިރިހެނެކެވެ. އޭނާ ބަންދުކުރަން އަމުރު ނެރެފައި ވަނީ އިއްޔެ އިން ފެށިގެން 15 ދުވަހުގެ މުއްދަތަށެވެ.
ކޯޓު އަމުރުގައި ބުނާ ގޮތުން އޭނާ ވަނީ އޭނާގެ މަންމައަށް އަދި އެއްބަނޑު އެއްބަފާ ކޮއްކޮގެ ފިރިމީހާއަށް މަރުގެ އިންޒާރު ދީފަ އެވެ.
އެ މައްސަލައިގެ ހެކީގެ ގޮތުގައި މައްސަލަ ހުށަހެޅި ފަރާތުގެ ބަޔާނާއި، ހެކިންގެ ބަޔާން އަދި ކުށުގެ މާހައުލަށް ދިޔަ ފުލުހުންގެ ހެކިބަސް ނަގާފައިވާ ކަމަށް އަމުރުގައި ބުނެ އެވެ.
މަންމައަށް މަރުގެ އިންޒާރުދީގެން ހައްޔަރުކުރި މީހާއަކީ މީގެ ކުރިން ވެސް އެކި ކުށްތަކަށް އަރައިގަތުމުގެ ކުށުގެ ރިކޯޑު އޮންނަ މީހެކެވެ.













