ވައްކަން ކުރުން ހުއްޓާލައި ސަރުކާރަށް ފައިދާ ވާ ޕްރޮޖެކްޓުތައް ހިންގަން ޖެހޭ: ސަން ސިޔާމް

ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް، ދައުލަތަށް ލިބޭ އާމްދަނީއިން ހަރަދު ފޫ ބައްދަން ދަސް ކުރަން ޖެހޭ ކަމަށް ވިދާޅުވި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް، ދައުލަތަށް ލިބޭ އާމްދަނީއިން ހަރަދު ފޫ ބައްދަން ދަސް ކުރަން ޖެހޭ ކަމަށް ވިދާޅުވި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރެވޭނީ ސަރުކާރުތަކުން ކުރާ ވައްކަން ހުއްޓައި، ސަރުކާރަށް ފައިދާ ވާ މަޝްރޫއުތައް ހިންގައިގެން ކަމަށް ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓަށް ބަހުސް ކުރައްވަމުން، ބަޖެޓުގައި ހުރި ދާއިރާތަކަށް އަލި އަޅުއްވާލައްވާލައި، ދައުލަތަށް ލިބޭ އާމްދަނީއިން ހަރަދު ފޫ ބައްދަން ދަސް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ވަރަށް މަދުން ނޫނީ މަޖިލީހުގެ ޖަލްސާތަކަށް ސިޔާމް ހާޒިރުވެވަޑައިނުގަންނަވަ އެވެ.

ދައުލަތަށް ލިބޭ ފައިސާއިން ދެކޮޅު ނުޖެހުމަކީ ސަރުކާރުތަކަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުންކަމަށް ސިޔާމް ވިދާޅުވި އެވެ. ސަރުކާރުން ހިންގާ ޕްރޮޖެކްޓްތަކަކީ، އޭގެ ސަބަބުން ދައުލަތަށް ފައިދާ ވާނެ ޕްރޮޖެކްޓްތަކަށް ވާން ޖެހޭ ކަމަށް ސިޔާމް ވިދާޅުވި އެވެ.

ބަޖެޓުގެ ހަރަދުތައް ފޫބެއްދުމަށް ހިލޭ އެހީގެ ގޮތުގައި ހޯދާ ފައިސާއަށް ބަރޯސާ ވަމުންދާތީ އެކަން ފާހަގަކުރައްވައި، އަބަދު ހިލޭ އެހީ ދޭނެ ގައުމުތައް ނުތިބޭނެކަން ގަބޫލުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. މިއަދު ދުނިޔޭގެ އެކި ހިސާބުތަކުގައި ހާލަތު ބަދަލުވަމުންދާ ކަމަށާއި ހިނގަމުންދާ ހަމަނުޖެހުންތަކާއި ހަނގުރާމަތަކާއެކު ރާއްޖޭގެ އިގްތިސާދަށް ކުރާނެ ގެއްލުންތަކާ މެދު ވިސްނުން މުހިންމުކަމަށް ވިދާޅުވި އެވެ.

އެގޮތުން، މިހާރުވެސް ޔޫކްރެއިން އަދި ޔޫރަޕްގެ ފަތުރުވެރިން އަންނަ މިންވަރު މަދު ވެފައިވާ ކަމަށް ސިޔާމް ވިދާޅުވި އެވެ. އަދި ފަތުރުވެރިން ރާއްޖޭގައި ދުވަސްތައް ހޭދަކުރާ މިންވަރު ވެސް ދަށް ވެފައިވާކަން ސިޔާމް ފާހަގަކުރެއްވި އެވެ.

"އެޑިޔުކޭޝަން މިނިސްޓްރީން ހަދަން ހަވާލު ކުރާ ކްލާސްރޫމެއް އަޅުގަނޑުމެން އެބަ ހަދަން 1.5 ނުވަތަ 2 މިލިއަން ރުފިޔާއަށް، އެކަމަކު އެހެން ބަޔަކަށް ހަދަން މި ހަވާލު ކުރަނީ އެތައް ގުނައެއް ބޮޑުކޮށް. 2. ނުވަތަ 22 މިލިއަން ރުފިޔާއަށް! ދެން ކިހިނެއްތޯ ބަޖެޓަށް ވާނީ،" ސިޔާމް ވިދާޅުވި އެވެ.

ރިޒޯޓްތަކާއި ގެސްޓް ހައުސްތަކުން ލިބޭ ފައިދާ ދަށަށް ދާން ފަށާފައިވާ ކަމަށާއި ދައުލަތަށް ލިބޭ އެއްޗަކުން މެނޭޖް ކުރަން ޖެހޭކަމަށް ސިޔާމް ތަކުރާރުކޮށް ވިދާޅުވި އެވެ. އެކަން އެގޮތަށް ނުކުރެވެނީ ސަރުކާރުތަކުން ވައްކަން ކުރާތީ ކަމަށް ސިޔާމް ވިދާޅުވި އެވެ. ކޮންމެ ވެރިކަމެއް ނިމުމާއެކު 100 މިލިއަން ރުފިޔާ ނުވަތަ ޑޮލަރުގެ ވައްކަމުގެ ވާހަކަތަކާއި ތުހުމަތުތައް ކުރަމުންދާ ކަމަށް ސިޔާމް ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރެވޭނީ ރައްޔިތުންގެ ފައިސާއިން ވައްކަން ކުރުން ހުއްޓުވިގެން ކަމަށް ސިޔާމް ވިދާޅުވި އެވެ. އަދި ސަރުކާރަކީ ކުންފުންޏެއްގެ ގޮތުގައި ދެކި ސަރުކާރުން ކުރާ ކޮންމެ ހަރަދަކީ ފައިދާ އާއި ލާބަ ވާން ޖެހޭނެ ކަމެއްގެ ގޮތުގައި ދެކިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox