ޕީޕީއެމް އޮފީސް ހުސްކުރަން ގޭގެ ވެރިފަރާތުން އަންގައިފި

ޕީޕީއެމްގެ އޮފީސް ކުރިމަތީ އެ ޕާޓީގެ ލީޑާޝިޕުގެ ބައެއް ބޭފުޅުން: ތަން ހުސް ކުރަން އެންގީ ހުކުރު ދުވަހުގެ މެންދުރު ފަހަށް -- ފޮޓޯ: އަދަދު ފައިލް

ޕީޕީއެމްގެ އޮފީސް ކުރިމަތީ އެ ޕާޓީގެ ލީޑާޝިޕުގެ ބައެއް ބޭފުޅުން: ތަން ހުސް ކުރަން އެންގީ ހުކުރު ދުވަހުގެ މެންދުރު ފަހަށް -- ފޮޓޯ: އަދަދު ފައިލް

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ހިންގާ އިމާރާތް ހުސްކުރަން އެ ގޭގެ ވެރިފަރާތުން ޕާޓީއަށް ހުކުރު ދުވަހު އަންގައިފި އެވެ.

ޕީޕީއެމްގެ އޮފީސް ހިންގަމުން އަންނަނީ ހ. ހުރަފާ ގަ އެވެ.

ޕީޕީއެމް އޮފީސް ހުސްކުރަން އަންގާފައި މި ވަނީ، އެ ޕާޓީން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދުރަށްޖެހިވަޑައިގެން އާ ޕާޓީއެއް ހެދުމުގެ މަސައްކަތް ފަށާފައިި އޮއްވަ އެވެ. ގޭގެ ވެރިފަރާތުން ފޮނުވި ސިޓީގައި އެދިފައި ވަނީ އެއް ދުވަހުގެ ތެރޭގައި ތަން ހުސްކުރުމަށެވެ.

އެ ސިޓީގައި ބުނެފައި ވަނީ ހ. ހުރަފައިގެ ގްރައުންޑް ފްލޯ އަދި އެއް ވަނަ ފަންގިފިލާ ކުއްޔަށް ދޫކުރީ "ރައީސް ޔާމީންގެ އެދިވަޑައިގަތުމުގެ މަތިން، ރައީސް ޔާމީންގެ އޮފީހެއް ހިންގެވުމަށް" ކަމަށެވެ.

"ކުއްޔަށް ދޫކުރެެވިފައިވާ ތަނުގައި މިހާރު ޕީޕީއެމްގެ އޮފީހެއް ހިންގަމުން އަންނަކަން ވަނީ ފާހަގަ ކުރެވިފަ. ވުމާއެކު ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ނިންމައި، މިއަދު [ނޮވެމްބަރު 24، 2023] ގެ މެންދުރުގެ ކުރިން ތަން ހުސްކޮށް އަޅުގަނޑާ ހަވާލު ކުރުން އެދެން،" އެ ސިޓީގައި ބުނެފައިވެ އެވެ.

ޕީޕީއެމުން ވަކިވެ، ޔާމީން އާ ޕާޓީއެއް ހެދުމަށް ނިންމީ ޕާޓީގެ ލީޑާޝިޕުން އެމަނިކުފާނު އެއްފަރާތްކޮށްފައިވާ ކަމަށް ބުނެ އެވެ. ޔާމީންގެ ފަރާތުން ރައީސް މުއިއްޒަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވާއިރު އޭގެ ތެރޭގައި، އެމަނިކުފާނުގެ ފޯނު ކޯލަށް ރައީސް ޖަވާބު ނުދެއްވުމާއި ޖަލު ހުކުމުން މިނިވަން ނުކުރުން ހިމެނެ އެވެ.

ޔާމީން އަލަށް ހަދާ ޕާޓީގެ މަސައްކަތް މިހާރު ފަށާފައިވާއިރު އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް މާދަމާ އެދޭނެ ކަމަށް އެ މަސައްކަތުގައި އިސްކޮށް އުޅޭ ފަރާތްތަކުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox