ޕީޕީއެމްގެ ދެ ނައިބު ރައީސުން ޔާމީން ދޫކޮށްލައިފި، "އެންމެ ބޮޑު އުއްމީދަކީ" ރައީސް މުއިއްޒު!

ޕީޕީއެމްގެ ޖަލްސާއެއްގައި ޝިޔާމް އާއި ގައްސާން، އަދި ޑރ. ޝަހީމް. -- މުހައްމަދު ޝާބިން/ އަދަދު

ޕީޕީއެމްގެ ޖަލްސާއެއްގައި ޝިޔާމް އާއި ގައްސާން، އަދި ޑރ. ޝަހީމް. -- މުހައްމަދު ޝާބިން/ އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމް ދޫކޮށްލައްވައި، އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފެށްޓެވުމުން، ޕީޕީއެމްގެ ދެ ނައިބު ރައީސުން ޔާމީންއާއެކު ވަޑައިގަތުމުގެ ބަދަލުގައި، އެ ޕާޓީ އިސްވެ އޮވެ ގެނައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ދެމެހެއްޓުމަށް ތެދުވެވަޑައިގެންފި އެވެ.

ޕީޕީއެމްގެ ދެ ނައިބު ލީޑަރުންގެ ގޮތުގައި ތިއްބެވީ މި ސަރުކާރުގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި ފިޝާރީޒު މިނިސްޓަރު އަހުމަދު ޝިޔާމްއެވެ.

ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ކާމިޔާބީއަށް ފަހު ޔާމީނާއި ރައީސް މުއިއްޒުގެ ގުޅުން ކެނޑި، ބޮޑުވަމުން ދިޔަ މައްސަލަ ހައްލު ނުކުރެވި، ބުރާސްފަތި ދުވަހުގެ ރޭ ޔާމީން ޕީޕީއެމްއިން ވަކިވެވަޑައިގެން، އާ ޕާޓީއެއް އުފައްދަވާކަން އިއުލާނު ކުރެއްވި އެވެ. ނަމަވެސް ޕީޕީއެމްގެ މިހާރުގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންގެ ތާއިދު އޮތީ ރައީސް ޑރ. މުއިއްޒާއެކު ކުރިއަށް ވަޑައިގަތުމަށްކަން ގެންދަވަނީ ހާމަކުރައްވަމުންނެވެ.

ޕީޕީއެމް/ޕީއެންސީއިން ބޭއްވި ޖަލްސާއެއްގައި ޣައްސާން އާއި ޔާމީންގެ ދަރިކަލުން ޒެއިން އަދި އަބްދުއްރަހީމް. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ޕީޕީއެމް/ޕީއެންސީއިން ބޭއްވި ޖަލްސާއެއްގައި ޣައްސާން އާއި ޔާމީންގެ ދަރިކަލުން ޒެއިން އަދި އަބްދުއްރަހީމް. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޕީޕީއެމް/ޕީއެންސީއިން ބޭއްވި ޖަލްސާއެއްގައި ޣައްސާން އާއި ޔާމީންގެ ދަރިކަލުން ޒެއިން އަދި އަބްދުއްރަހީމް. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

"ޕީޕީއެމް އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއެކު. ރައީސް މުއިއްޒުގެ ސަރުކާރުގެ ހިމާޔަތުގައި އަތާއި އަތް ގުޅުވައިގެން މިތިބި ސަފުތަކުގައި ކެރުމާއި އިހުލާސްތެރިކަމާއި އެކު ސާބިތުވެ ހުރި ގައުމަށް ހެޔޮ އެދޭ އެންމެހައި ލޮބުވެތި ދިވެހިން ރައީސް މުއިއްޒުއާ އެއްކޮށް ކުރިޔަށް ވަޑައިގަތުމަށް ގޮވާލަން،" ރައްޔިތުންގެ މަޖިލީހުގެ ތ. ގުރައިދޫ ދާއިރާގެ މެމްބަރުކަން ކުރިން ކުރެއްވި ޣައްސާން އޭނާގެ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ އެންމެ ހަގު ދަރިކަލުން ޣައްސާނަކީ، ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި ޕާޓީތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ބައްޕާފުޅު ޕާޓީ ދޫކޮށްލެއްވުމުން ވެސް، އޭރުގެ ރައީސް ޔާމީންއާއެކު ހުންނެވި ބޭފުޅެކެވެ. ބައްޕާފުޅު ޖަލުގައި ބަންދު ކުރެއްވުމުން ވެސް، އޭނާ ހުންނެވީ ޔާމީންއާއެކު އެވެ. އެ ދުވަސްވަރު ޣައްސާނަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ދިޔަ އެވެ.

ޕީޕީއެމްގެ ނައިބު ރައީސްއަކަށް ހުންނެވި މިހާރުގެ ފިޝަރީޒު މިނިސްޓަރު ޝިޔާމްއަކީ ޔާމީނުގެ ވެރިކަމުގައި އެ މަނިކުފާނާ ވަރަށް އަރިސް ބޭފުޅެކެވެ. ނަމަވެސް، ޔާމީނާއެކު ވަޑައިގަތުމުގެ ބަދަލުގައި ޝިޔާމަށް ފެނިވަޑައިގަންނަވަނީ އުއްމީދަކީ ރައީސް މުއިއްޒު ކަމެވެ.

މިނިސްޓަރުކަމުގެ ހުވައަށް ފަހު މަގާމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ މަނިކުފާނުގެ ފިޝަރީޒު މިނިސްޓަރު ޝިޔާމްއާ ހަވާލު ކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް
މިނިސްޓަރުކަމުގެ ހުވައަށް ފަހު މަގާމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ މަނިކުފާނުގެ ފިޝަރީޒު މިނިސްޓަރު ޝިޔާމްއާ ހަވާލު ކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް

މިނިސްޓަރުކަމުގެ ހުވައަށް ފަހު މަގާމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ މަނިކުފާނުގެ ފިޝަރީޒު މިނިސްޓަރު ޝިޔާމްއާ ހަވާލު ކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް

"ރައީސް ޑރ.މުއިއްޒަކީ މިއަދު ދިވެހީންގެ އެންމެބޮޑު އުންމީދު"

ރިޔާސީ އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބު ވެގެން ދިޔައީ ވަރަށް ބުރަ މަސައްކަތުން ކަމަށާއި، މި ސަރުކާރަކީ ރައްޔިތުންގެ ވަރަށް ބުރަ މަސައްކަތުގެ ފޮނި ނަތީޖާ ކަމަށް، ކުރިން ނައިފަރު ދާއިރާގެ މެމްބަރަކަށް ހުންނެވި ޝިޔާމް ވިދާޅުވި އެވެ.

"ވެރިކަން ބަދަލުވުމާއިއެކު ދިވެހިންނަށް ހިތްހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ރައީސް ޑރ. މުއިއްޒުގެ އާސަރުކާރުން ކުރައްވަންހުރި ކަންކަން ލައްކަ ބައިވަރެވެ. އެހުރިހާ ވައުދުފުޅުތަކެއް އެހުރީ ބަހުން ބަހަށް އަދި އަކުރުން އަކުރަށް ދެލިކުރެވި 953 ގަނޑުގެ ބޯފޮތެއްގައި ޝާއިއު ކުރެވިފަ އެވެ. އެއީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުފުޅުތަކަށް ފުރަގަސް ނުދެއްވާނެކަމުގެ ދަލީލެކެވެ. ދެފުށްފެންނަ ވެރިކަމެއް ރައްޔިތުންނަށް ކޮށްދެއްވާނެ ކަމުގެ ޔަގީންކަމެކެވެ. ރައީސް ޑރ. މުއިއްޒަކީ މިއަދު ދިވެހީންގެ އެންމެބޮޑު އުންމީދެވެ،" އޭނާ ވިދާޅުވި އެވެ.

ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް އިންތިހާބު ކުރައްވަން ރައްޔިތުން ބޭނުންވި ސަބަބުތައް ވެސް ޝިޔާމް ކިޔައިދެއްވި އެވެ. އެއީ އަޅުވެތިކަމަށް ދާން ބޭނުން ނުވާތީ އާއި، އިސްލާމްދީން މަތިވެރިކުރުމަށާއި، ގައުމު ދަރަނިން ސަލާމަތްކުރަން ބޭނުންވާތީ އާއި ސުލްހަވެރި އަމާންވެއްޓެއް ގާއިމުކުރަން ބޭނުންވާތީ ކަމަށް ފާހަގަ ކުރެއްވި އެވެ.

ރައީސް ޔާމީނަށް ދިން ލުއިތަކާއެކު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ދެ ވަނަ ޖަލްސާގައި ޔާމީންގެ އަރިހުގައި ޝިޔާމް. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ރައީސް ޔާމީނަށް ދިން ލުއިތަކާއެކު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ދެ ވަނަ ޖަލްސާގައި ޔާމީންގެ އަރިހުގައި ޝިޔާމް. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރައީސް ޔާމީނަށް ދިން ލުއިތަކާއެކު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ދެ ވަނަ ޖަލްސާގައި ޔާމީންގެ އަރިހުގައި ޝިޔާމް. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

"ތަރައްގީއާ ތަމައްދުން ބޭނުންވާތީއެވެ. އުފާފާގަތި ފުދުންތެރި ދިރިއުޅުމަކަށެވެ. ދިވެހީންގެރާއްޖެ ދިވެހީންނަށް ހޯދައިދޭށެވެ. މިހުރިހާ ކަމެއް ކުރައްވަން އެމަނިކުފާނަށް ވަގުތު ބޭނުންފުޅުވެއެވެ. ހުރިހާ ބޭފުޅުންގެ އެހީތެރިކަން ބޭނުންފުޅުވެއެވެ. ހާއްސަކޮށް ޕީޕީއެމް-ޕީއެންސީގެ ލޮބުވެތި މެންބަރުންގެ އެއްބާރުލެއްވުމާ އެހީތެރިކަން އިންތިހާއަށް ބޭނުންފުޅުވެއެވެ،" ޝިޔާމް ވިދާޅުވި އެވެ.

"އަޅުގަނޑު އެދެނީ އިހުނެކޭ އެއްގޮތައް ހުރިހާ ބޭފުޅުންގެ އެހީތެރިކަމާ އެއްބާރުލެއްވުމާ ހެޔޮ ދުއާއަށެވެ،"

ޔާމީންގެ އިސްވެ ހުންނަވައިގެން އުފައްދަވާ ޕާޓީ އުފެއްދުމުގެ ހުއްދައަށް އާދީއްތަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށް ޔާމީނަށް ތާއިދު ކުރައްވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox