ޔާމީން- މުއިއްޒު ގުޅުން ގޯސްވުމާ މެދު މަލީހުގެ ސުވާލު ފުންޏެއް

Nov 24, 2023, 2:42 AM
ޔާމީން- މުއިއްޒު ގުޅުން ގޯސްވުމާ މެދު މަލީހުގެ ސުވާލު ފުންޏެއް

ރޭ އިރައިކޮޅުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދާއި އޭނާގެ އާއިލާގެ ބޭފުޅެއް ކަމުގައިވާ މުހައްމަދު މަލީހުގެ ޖަމާލު ފޮނުއްވި މެސެޖުގައި އޮތީ ރެޔަކީ ބޮޑުއެއް ކަމަށާއި ހޭލައި ހުރުމަށެވެ.

މާގިނަ އިރުތަކެއް ނުވެ ޗެނަލް 13 މެދުވެރުކޮށް ޖަމީލު ދިން ހޫނު ހަބަރަކީ 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީން ޕީޕީއެމް ދޫކުރައްވައި އާ ޕާޓީއެއް އުފައްދަވާ ވާހަކަ އެވެ.

ފަތިހު ނިދުމުގެ ކުރިން މަލީހު ގިނަ ސުވާލުތަކެއް އޮއްސައިލި އެވެ. އެކްސްއިން ކޮށްފައިވާ ޕޯސްޓުތަކުގައި ޖަވާބު ދޭން ބުނެފައިވަނީ 13 ސުވާލަކަށެވެ.

Advertisement

titledesc

މި ސުވާލުތައް ރައީސް ޑރ. މުއިއްޒާއި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމުއާ ކުރުމަށް މަލީހު ވަނީ ޔާމީންގެ ސަޕޯޓަރުންނަށް ގޮވާލައިފަ އެވެ.

މި ސުވާލުތަކަށް ރައީސް މުއިއްޒުގެ ފަރާތުން ވެސް އަދި ސަޕޯޓަރުން ވެސް އަދި އެއްވެސް ޖަވާބެއް ނުލިބެ އެވެ.

ޕީޕީއެމް ދޫކޮށްލައްވަން ނިންމެވުމުގެ ކުރިން ޔާމީން ވަނީ ޕާޓީ ހިންގުމަށް 13 މެމްބަރުންގެ ކޮމިޓީއެއް މިދިޔަ ބުދަ ދުވަހު އުފައްދަވައިފަ އެވެ.

އެ ކޮމިޓީއާމެދު ޕާޓީގެ ލީޑަޝިޕުން ބަޔަކު ހިތްހަމަ ނުޖެހިގެން ކޮމިޓީގައި އިސްކޮށް ހުންނެވި، މުހައްމަދު މަލީހު ޖަމާލުގެ ސުކޫލީ މައްސަލަ ބަލައި، ޕާޓީން އިއްޔެ ވަކިކުރި އެވެ. ޔާމީންގެ ޕީޕީއެމް ދޫކޮށްލައްވައި، އާ ޕާޓީއެއް ވުޖޫދުކުރައްވާ ވާހަކަ އިއުލާނު ކުރެއްވީ މަލީހު ވަކިކުރަން ނިންމި ފަހުންނެވެ.

ޕީޕީއެމްއިން ވަކިވެވަޑައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައި ހެއްދެވުމަށް މަސައްކަތް ކުރައްވާ ސިޔާސީ ޕާޓީއަށް ކިޔާނެ ނަމެއް ފާސްވެފައިވާ ކަމަށާއި ޕާޓީ އުފެއްދުމުގެ އަމަލީ މަސައްކަތްތައް މިއަދު ފަށާނެ މަލީހު "އަދަދު" އަށް ވިދާޅުވި އެވެ.

އަލަށް އުފައްދާ ޕާޓީއާ ބެހޭ މައުލޫމާތު "އަދަދު" އާ ހިއްސާ ކުރައްވަމުން މަލީހު ވިދާޅުވީ ޕާޓީއަށް ކިޔާނެ ނަމެއް ފައިނަލް ކުރެވިފައިވާ ކަމަށާއި، އެ ނަން އިއުލާނު ކުރައްވާނީ ރައީސް ޔާމީން ކަމަށެވެ.

ޕާޓީ ހެދުމަށް ބޭނުންވާ ފޯމުތައް ފުރައި، ކުށުގެ ރެކޯޑު ސާފުކުރަން މިއަދު ތައްޔާރު ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox