ޕީޕީއެމްއާ ދުރަށް ޖެހި އާ ސިޔާސީ ޕާޓީއެއް އުފައްދަން ރައީސް ޔާމީން ނިންމަވައިފި

ކުރީގެ ރައީސް އަބްދުالله ޔާމީން ގެއަށް ބަދަލުކުރި ދުވަހު ރައީސް މުއިއްޒުއާ ދެ ބޭފުޅުން. ޔާމީން ގުޅުއްވުމުން އެމަނިކުފާނު ފޯނު ނުނަންގަވާ ކަމަށް ވަކީލު ވިދާޅުވި --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

ކުރީގެ ރައީސް އަބްދުالله ޔާމީން ގެއަށް ބަދަލުކުރި ދުވަހު ރައީސް މުއިއްޒުއާ ދެ ބޭފުޅުން. ޔާމީން ގުޅުއްވުމުން އެމަނިކުފާނު ފޯނު ނުނަންގަވާ ކަމަށް ވަކީލު ވިދާޅުވި --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

ކުރީގެ ރައީސް އަބްދުالله ޔާމީން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާ ދުރަށް ޖެހިވަޑައިގަތުމަށް ފަހު އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމަވައިފި އެވެ.

މި ނިންމެވުން ރައީސް ޔާމީން ނިންމެވީ މިރޭގެ ވަގުތެއްގައިކަން އެމަނިކުފާނުގެ ވަކީލު ޑރ. ޖަމީލު ވަނީ ހާމަކުރައްވާފަ އެވެ. މިވަގުތު ޗެނަލް 13 އަށް ދެއްވަމުން ގެންދަވާ އިންޓަވިއުގެ ތެރެއިން ޖަމީލް ވަނީ ރައީސް ޔާމީން އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމަވާފައިވާ ކަން ވެސް ހާމަކުރައްވާފަ އެވެ.

ރައީސް އަބްދުالله ޔާމީން ވެސް ވަނީ އާ ސިޔާސީ ޕާޓީއެއް އުފައްދަން ނިންމާފައިވާކަން "އަދަދު" ނޫހަށް ވެސް ކަށަވަރުކޮށްދެއްވާފަ އެވެ.

އެ ނިންމެވުން ނިންމެވީ އެމަނިކުފާނުގެ މަޝްވަރާ ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން ނުނަންގަވާތީ ކަމަށާއީ އެއީ އެމަނިކުފާނަށް ފަސޭހަ ނިންމުމެއް ނޫން ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ. އެމަނިކުފާނުގެ ފޮޓޯފުޅު ވެރިކަމަށް އަންނަން ބޭނުންކުރި ކަމަށާއި އެމަނިކުފާނު ކުރެއްވި މަސައްކަތްތައް ހަނދާން ނުނެތޭނެ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

ރައީސް ޔާމީން ފުރަތަމަ ޖަލުން މިނިވަންވެވަޑައިގަތުމާ އެކު ބޭއްވި ޖަލްސާގެ ތެރެއިން. އިކޮނޮމިކް މިނިސްޓަރު ސައީދު (ކ-1), ރައީސް މުއިއްޒު (ކ-2), ލޯކަލް ގަވަމަންޓު މިނިސްޓަރު އާދަމް ޝަރީފް (ކ-3), ރައީސް ޔާމީން (މ), ރައީސް މުއިއްޒުގެ އެޑްވައިޒަރު އަބްދުއްރަހީމް (ވ-3), ފިޝަރީޒް މިނިސްޓަރު ޝިޔާމް (ވ-2), ޑިފެންސް މިނިސްޓަރު ގައްސާން (ވ-1) -- ފޮޓޯ: އަދަދު ފައިލް

"އެމަނިކުފާނު ރައްޔިތުން އެދުނު ގޮތަށް ރ. އިބޫގެ ވެރިކަން ބަދަލުކުރައްވަން ހުރިހާ މަސައްކަތެއް ކޮށްދެއްވި. އެހެނަސް މިއަދު ޕާޓީގެ ލީޑާޝިޕްގެ ވިސްނުން އެމަނިކުފާނާ ތަފާތު. އެބޭފުޅުން އެމަނިކުފާނާ ދުރަށް ހިނގައްޖެ. އެހެންކަމުން އެމަނިކުފާނު ޕީޕީއެމުން އިސްތިއުފާ ދެއްވައިފި," ޑރ. ޖަމީލް މިރޭ ވިދާޅުވެފައިވެ އެވެ.

އެގޮތުން, ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު, ޔާމީންގެ ގުޅުއްވުމުން ފޯނު ނުނަންގަވާ ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.

ޔާމީންގެ ފަހަތްޕުޅުގައި އެތައް ބަޔަކު ތިއްބެވި ކަމަށާއި މަޖިލިސް އިންތިހާބު ކާމިޔާބު ކުރުމަށް ޕީޕިއެމަކީ ޕާޓީއެއް ނޫން ކަމަށާއި ޕާޓީ އޮތީ ހައިޖެކް ކޮށްފައި ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ. ޕީޕީއެމާ އެކު ރާއްޖޭގެ އެތަކެއް ހާސް ރައްޔިތުން މަގުމަތިކޮށްލުމުގެ ފުރުސަތު ޔާމީން ނުދެއްވާނެ ކަމަށް ޖަމީލް ވިދާޅުވި އެވެ.

ޕީޕިއެމްގެ ޓިކެޓުގައި ވެރިކަމަށް

ރައީސް މައުމޫން އަބްދުލްގަައްޔޫމްގެ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ދެކަފިވެ ޕީޕީއެމްގެ ނަމުގައި ޕާޓީއެއް ރެޖިސްޓްރީ ކުރީ އޮކްޓޯބަރު 17, 2011 ގައި އެވެ. އޭގެ ފަހުން އެ ޕާޓީގެ ރިޔާސީ ޓިކެޓުގައި 2013 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ވެރިކަމަށް ވަޑައިގެންނެވީ މައުމޫންގެ ކޮއްކޯފުޅު ޔާމީނެވެ.

އޭގެ ފަހުން 2014 ގައި ބޭއްވި މަޖިލިސް އިންތިހާބުގައި ޕީޕީއެމުން 33 ގޮނޑި ނަގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި މޯލްޑިވްސް ޑެވެލޮޕްމެންޓު އެލަޔަންސް (އެމްޑީއޭ) ގެ ގޮނޑިތައް ހިމެނޭހެން މެޖޯރިޓީ ނެގި އެވެ. އަދި, ގައުމުގެ ކަންކަން ސީދާ އެމަނިކުފާނުގެ ވިސްނުންފުޅަށް ބައްޓަން ކުރެއްވުމަށް އެ މަޖިލިސް ބޭނުން ކުރެއްވި އެވެ.

ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް މައުމޫނާ ޔާމީން ސަލާމް ކުރައްވަނީ. ފަހުން ދެ ބޭފުޅުންގެ ސިޔާސީ ވިސްނުން ތަފާތުވެ މައްސަލަ ޖެހުނު --- ފޮޓޯ: ރައީސް އޮފީސް

އެމަނިކުފާނުގެ ފަސް އަހަރުގެ ވެރިކަމުގައި ޕީޕީއެމް ރާއްޖޭގެ ދެވަނަ އަށް އެންމެ ބޮޑު ސިޔާސީ ޕާޓީގެ ގޮތުގައި އޮއްވައި ލީޑާޝިޕްގައި ޖެހުނު މައްސަލަތަކެއްގައި ޕާޓީގެ ރެޖިސްޓްރީއާ ގުޅޭގޮތުން ރައީސް މައުމޫން ކޯޓަށް މައްސަލަ ހުށަހެޅުއްވި އެވެ.

އެއާ އެކު, ޕާޓީ ގެއްލިދާނެ ފަދަ ހާލަތެއްގައި ޕްލެޓްފޯމެއްގެ ގޮތުގައި ބޭނުންކުރައްވާނެ އާ ޕާޓީއެއްގެ ގޮތުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ވުޖޫދު ކުރެއްވި އެވެ. އެ ޕާޓީގެ ލީޑަރެއްގެ ގޮތުގައި ހުންނެވީ ޔާމީންގެ އެންމެ އަރިސް އެއް ބޭފުޅެއްގެ ގޮތުގައި ހުންނެވި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުالله (އަދުރޭ) އެވެ.

ޕީއެންސީ އުފައްދަވައި އިދިކޮޅު ކޯލިޝަނުގެ ލީޑަރަށް

ކޯޓުން އެ މައްސަލަ ކާމިޔާބުވުމާ އެކު ފެބްރުއަރީ 2019 ގައި ޕީއެންސީ އާއެކު ޕީޕީއެމުން ކޯލިޝަނެއް ހެދި އެވެ. އެއީ އެއް ފިކުރެއްގެ ދެ ޕާޓީ ކަމަށް އެމަނިކުފާނު އޭރު ވިދާޅުވި އެވެ. މަޖިލިސް އިންތިހާބުގައި އެ ކޯލިޝަނަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނެވެ.

ދެ ޕާޓީގެ ވެސް މައިގަނޑު އަމާޒަކީ ގައުމިއްޔަތުގެ ހަމަތަކާއި، މިނިވަންކަމާއި އިސްތިގުލާލާއި، އިސްލާމީ އަގީދާ އާއި، ރައްޔިތުންގެ އިޖުތިމާއީ އަދި އިގުތިސާދީ ހާލަތު ކުރިއެރުވުމަށް ކަނޑައެޅިފައިވާ އަސާސްތައް ދެމެހެއްޓުން ކަމަށް އެމަނިކުފާނު އޭރު ވިދާޅުވެފައިވެ އެވެ.

ޔާމީން ފެއްޓެވި "އިންޑިއާ އައުޓް" ކެމްޕޭނުގެ ރެލީއެއްގައި ރަށެއްގައި އެމަނިކުފާނު ވާހަކަފުޅު ދައްކަވަނީ. މުޅި އިދިކޮޅުގެ ރިޔާސީ ކެމްޕޭން ބިނާވި މިކަމަށް. --- ފޮޓޯ: ފައިލް

ސިޔާސީ މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑަރިންގެ އަމަލު ހިންގާފައިވާކަން ސާބިތުވެ ނޮވެމްބަރު 2019, ގައި އެމަނިކުފާނުގެ މައްޗަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރި އެވެ.

އެ މައްސަލައިގެ އިސްތިއުނާފު ސުޕްރީމް ކޯޓުން ކާމިޔާބުކޮށް އަލުން އަނބުރާ ސިޔާސީ މަސައްކަތްތައް ޔާމީން ފެއްޓެވި އެވެ. އަދި, ޕާޓީ ވަރުގަދަކޮށް ސަރުކާރަށް ޕްރެޝަރު ކުރުމަށް މަސައްކަތް ކުރެއްވި އެވެ.

އެއާއެކު, ޔާމީން އިސްވެ ހުންނަވައި ފެއްޓެވި "އިންޑިއާ އައުޓް" ކެމްޕޭނާ އެކު އިދިކޮޅުގެ ހަރަކާތްތައް އަނެއްކާ ވެސް ބާރަށް ހިނގައިގަތެވެ. ރާއްޖޭގެ ރަށްރަށަށް ދަތުރުކުރައްވައި އެ ކެމްޕޭނަށް ތާއީދު ހޯއްދަވައި އިދިކޮޅު ހަރަކާތްތައް އެމަނިކުފާނުގެ ލީޑާޝިޕްގެ ދަށުން ރުކުރުވާލި އެވެ. އޭރު އެމަނިކުފާނަށް އޮތީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ 2023 ގެ ރިޔާސީ ޓިކެޓު ވެސް އަރުވާފަ އެވެ.

ޔާމީން އެޅުއްވި ބިންގަލުގައި ރައީސް މުއިއްޒު ވެރިކަމަށް

ނަމަވެސް, ވ. އާރަށް ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށް ސާބިތުވެ ޑިސެމްބަރު 2022 ގައި އެމަނިކުފާނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމެއްގެ ސަބަބުން އިންތިހާބުގައި ވާދަކުރެވޭ ގޮތް ވެފައި ނުވެ އެވެ. އެ ހުކުމުގެ އިސްތިއުނާފް ހައި ކޯޓުގައި އޮތުމާ އެކު ވާދަކުރެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ޔާމީންގެ ފަރާތުން ހުށަހެޅުއްވި ދުސްތޫރީ މައްސަލަ އެމަނިކުފާނަށް ކާމިޔާބު ނުވެ އެވެ.

އެހެންވެ, އިދިކޮޅުގެ ޓިކެޓުގައި ޕީއެންސީގެ ކެންޑިޑޭޓެއް ނެރުމަށް އެ ދެ ޕާޓީގެ ޖޮއިންޓް ސެނެޓުން ނިންމި އެވެ. އެއަށްފަހު ޕީޕީއެމްގައި ހުންނެވުމަށް ފަހު ޕްރައިމަރީ އޮތް ދުވަހު ޕީއެންސީ އަށް ބަދަލުވެ ހަ ގަޑިއިރު ނުވަނީސް އިދިކޮޅުގެ ޓިކެޓު އެންމެ ދެ ވޯޓުން ރައީސް މުއިއްޒު ހޯއްދެވި އެވެ.

އިންތިހާބުގެ ކެމްޕޭނުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވި ޖަލްސާއެއްގައި ޔާމީނަށް ހާއްސަކޮށްފައިވާ ގޮނޑިކޮޅެއް --- ފޮޓޯ: މިރާާން ނާޝިމް/އަދަދު

ރައީސް މުއިއްޒުގެ މުޅި ރިޔާސީ ކެމްޕޭން ބިނާކުރެއްވީ ޔާމީންގެ ސިޔާސަތުތަކުގެ މައްޗަށެވެ. ޔާމީންގެ "އިންޑިއާ އައުޓް" ކެމްޕޭން ވެގެންދިޔައީ ރައީސް މުއިއްޒުގެ ވެރިކަމަށް ވަޑައިގެންނެވުމަށް ބޭނުންކުރެއްވި އެންމެ ވަރުގަދަ ހަތިޔާރަށެވެ.

އަދި, އެމަނިކުފާނުގެ މިނިވަން ކުރައްވާނެ ކަމަށާއި އެމަނިކުފާނަށް އިންސާފު ހޯއްދަވައިދެއްވާނެ ކަމުގެ ވައުދުވެވަޑައިގެންނެވި އެވެ. ކޮންމެ ޖަލްސާއެއްގައި ޔާމީނަށް ހާއްސަކޮށް ވަކި ގޮނޑިއެއް ބަހައްޓާފައި ހުރިއިރު ރައީސް މުއިއްޒުގެ ރަސްމީ ކެމްޕޭން ޕޯސްޓަރުގައި އެންމެ ބޮޑުކޮށް ހުރީ ޔާމީނުގެ ފޮޓޯފުޅެވެ.

ޕީއެންސީން ޕީޕީއެމް ބަލިކަށިކޮށްލާ ކަމުގެ ތުހުމަތު

އެ ކާމިޔާބު ކެމްޕޭނަށް ފަހު ރައީސް މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވުމާ އެކު ޔާމީން ގެއަށް ބަދަލުކުރި އެވެ. ނަމަވެސް, ހުކުމް ބާތިލުކޮށްފައި ނުވެ އެވެ. ޔާމީން ގެއަށް ބަދަލުކުރި ދުވަހު އަރިހުގައި ރައީސް މުއިއްޒު ހުންނެވިރު ދެ ބޭފުޅުން ވާހަކަ ދެއްކެވި މަންޒަރު ކެމެރާތަކުން ފެނިފައި ނުވެ އެވެ.

އިންތިގާލީ މަރުހަލާގައި ދެ ޕާޓީގެ ވާދަވެރިކަން ބޮޑުވެ ޕީއެންސީއަށް މެމްބަރުން އިތުރު ކުރުމުގެ ތެރެއިން ޕީޕިއެމްގެ މެމްބަރުން ގެންދާ ކަމުގެ މައްސަލަ ފެންމަތިވި އެވެ. ރައީސް މުއިއްޒުގެ ކެބިނެޓު ކަނޑައެޅިއިރު ޔާމީން އެދިވަޑައިގެންނެވި ގޮތަށް އަމަލުކޮށްފައި ނުވާ ކަމަށް ވެސް އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ވިދާޅުވެފައިވެ އެވެ.

އެ ދެކޮޅުވެރިކަމުގައި އެންމެ ފަހުން ޕީޕީއެމްގެ އޮފީހުގައި ހިންގަމުންދިޔަ ޕީއެންސީގެ އޮފީސް ވެސް ވަކިކޮށް މުޅިން އާ ތަނަކަށް ބަދަލުކުރި އެވެ. އަދި, އެ ޕާޓީއަށް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔަ އެވެ.

ޕީޕީއެމް ހިންގުމަށް ޔާމީން ނެންގެވި ކޮމިޓީ. އެ ކޮމިޓީގައި އިސްކޮށް ހުންނެވި މަލީހު ވަނީ ޕީޕީއެމުން ވަކިކޮށްފައި --- ފޮޓޯ: ފައިލް

އެއާއެކު, ޕީޕީއެމްގެ ލީޑާޝިޕްގެ ބޭރުން އެ ޕާޓީ ހިންގެވުމަށް 13 މެމްބަރުންގެ ކޮމިޓީއެއް ޔާމީން ނެންގެވި އެވެ. އެއީ ޕާޓީގެ މަސައްކަތްތައް ހުއްޓިފައި އޮތް ކަމަށް ދެކެވަޑައިގަންނަވާތީ ޔާމީން ނެންގެވި ކޮމިޓީއެކެވެ.

އެކަމަކު, ޔާމީން އުފެއްދެވި ކޮމިޓީގައި އިސްކޮށް ހުންނެވި އެމަނިކުފާނުގެ ކެބިނެޓުގައި ވެސް ހިމެނުނު މުހައްމަދު މަލީހު އެ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކާ ގުޅިގެން ޕާޓީން ވަކިކުރި އެވެ. އެ ސިޓީގައި ސޮއިކުރެއްވީ ޕީޕީއެމްގެ ސްލޮޓުގައި ވަޒީރުންގެ ގޮތުގައި ތިއްބެވި އެ ޕާޓީގެ ދެ ނައިބު ރައީސުން ކަމަށްވާ ޑިފެންސް މިނިސްޓަރު އަހްމަދު ޝިޔާމް އާއި ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން އެވެ.

އެމަނިކުފާނު އިސްތިއުފާ ދެއްވީ މަލީހު ވަކިކުރިތާ މާ ގިނަ އިރުތަކެއް ނުވަނީހެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox