ހިލޭ ހައްޖަށް ގެންދާ ފުރަތަމަ ބެޗު އަންނަ އަހަރު ފޮނުވަނީ

މިއަހަރު ރާއްޖޭން ހައްޖަށް ދިޔަ ބައެއް މީހުން ފުރަނީ. ޝަހީމް ވިދާޅުވީ ދެން އަންނަ ހައްޖެއްގައި ސަރުކާރުން ހިލޭ ފޮނުވާ ފުރަތަމަ ބެޗު ފޮނުވާނެ ކަމަށް -- ފޮޓޯ: އަދަދު

މިއަހަރު ރާއްޖޭން ހައްޖަށް ދިޔަ ބައެއް މީހުން ފުރަނީ. ޝަހީމް ވިދާޅުވީ ދެން އަންނަ ހައްޖެއްގައި ސަރުކާރުން ހިލޭ ފޮނުވާ ފުރަތަމަ ބެޗު ފޮނުވާނެ ކަމަށް -- ފޮޓޯ: އަދަދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ރާއްޖޭން ހިލޭ ހައްޖަށް ފޮނުވާ މީހުންގެ ތެރެއިން ފުރަތަމަ ބެޗު މި ފެށޭ އަހަރު ފޮނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ހައްޖު ކޯޕަރޭޝަން ހަރުދަނާކޮށް ހައްޖުގެ އަގު ހެޔޮކުރުމުގެ އިތުރުން، ފަސް އަހަރު ތެރޭގައި 1،000 ފަގީރުން ހިލޭ ހައްޖުގެ އަޅުކަމަށް ފޮނުވާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގަތީ އޮގަސްޓު 18, ގައި މުލަކުގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގެ ތެރެއިންނެވެ.

ހައްޖަށް ފޮނުވާ މީހުންގެ އަދަދު ކަނޑައަޅާނީ ކޯޓާ ލިބޭ މިންވަރަކަށް ބަލައި ކަމަށާއި، ކޯޓާ ހަމަޖެހުމުން އަދަދު އިއުލާނުކުރާނެ ކަމަށް ޝަހީމް މިއަދު އެކްސްގައި ވިދާޅުވެފައިވެ އެވެ.

ދާދި ފަހުން "އަދަދު"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޑރ. ޝަހީމް ވިދާޅުވީ ހައްޖަށް މީހުން ފޮނުވުމުގެ ޕްރޮގްރާމަށް ބަދަލުތަކެއް ގެނައުމަށް ހިޔާލުކުރައްވާކަމަށެވެ. ރައީސް ވައުދުވެވަޑައިގަތީ ހަމައެކަނި ފަގީރުން ހައްޖަށް ފޮނުވުމަށް ނަމަވެސް، ގިނަ ދުވަހު ސަރުކާރަށް ހިދުމަތްކޮށް ރިޓަޔާކުރާ މީހުން ވެސް އެ ޕްރޮގްރާމުގެ ދަށުން ހައްޖަށް ފޮނުވާނެ ގޮތަށް ވިސްނަމުން ގެންދާކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް 40 އަހަރު ނުވަތަ 50 އަހަރު ހިދުމަތްކޮށްފައިވާ މީހަކު ރިޓަޔާކުރާއިރު، އޭގެ ތެރެއިން ބައެއް މީހުންގެ ކިބައިގައި ނޯވޭ ހައްޖަށް ދެވޭނެ ފަދަ ގާބިލްކަމެއް. އަޅުގަނޑުމެން މި ބަލަނީ އެކަން ފަށައިގަތުމަށް. އޭރުން ކުރިއަށް ނޫންތޯ ދާނީ،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ހައްޖު ކޯޓާ އިތުރުކުރުމަށް އެދި ވެސް ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރަން ފަށާފައިވާކަމަށެވެ.

ފަގީރުން ހިލޭ ހައްޖަށް ގެންދާއިރު، ފޯރުންތެރިކަން ދަށް މީހުންނަށް، ބަހާލައިގެން ހައްޖުގެ އަގު ދެއްކޭނެ ގޮތް ހަދާނެ ކަމަށް ރައީސް މީގެކުރިން ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox