ރައީސް ޑރ. މުހައްމަދު މުއިއްޒު, އިތުރު 11 ސްޓޭޓް މިނިސްޓަރުންނާއި, ކްލައިމެޓް ޗޭންޖް އެންވޯއީގެ ގޮތުގައި ބޭފުޅަކު އައްޔަނު ކުރައްވައިފި އެވެ.
ރައީސް އޮފީހުން މިއަދު އާއްމުކުރި މައުލޫމާތުގައިވާ ގޮތުން އަށް މިނިސްޓްރީއަކަށް ސްޓޭޓް މިނިސްޓަރުން ރައީސް އައްޔަން ކުރެއްވި އެވެ. އިއްޔެ ވެސް ރައީސް ވަނީ ބައެއް މިނިސްޓްރީތަކަށް ސްޓޭޓް މިނިސްޓަރުން އައްޔަނު ކުރައްވާފަ އެވެ. އެގޮތުން ޖުމްލަ 25 ބޭފުޅުންނަށް އިއްޔެ ސްޓޭޓް މިނިސްޓަރުކަން ދެއްވި އެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ
- ހ. ނީވްވިލާ، ލުބްނާ މުހައްމަދު ޒާހިރު
އިކޮނޮމިކް މިނިސްޓްރީ
- ޏ. ފުވައްމުލައް ދަނޑިމަގު. ނެރުޅު، މުހައްމަދު ތާރިގް އަހުމަދު
ފިޝަރީޒް މިނިސްޓްރީ
- ގދ. މަޑަވެލި، ކިނާރާ، ޑރ އަމްޒަތު އަހުމަދު
ސްޕޯޓްސް މިނިސްޓްރީ
- ހ. ނޫމުތީ، އަބްދުއްރައްޒާގު އިބްރާހީމް
ދިވެހި ލެންގުއޭޖް މިނިސްޓްރީ
- ސ. މަރަދޫފޭދޫ ބްލޫހެވަން، މުހައްމަދު ޝަހުރުއްޒިޔާދު
ހަޔާ އެޑިއުކޭޝަން މިނިސްޓްރީ
- މ. ޒޭވަރު، މަރްޔަމް ފިޒާނާ ރަޝީދު
- ތ. ހިރިލަންދޫ، ލިލީގެ، ޑޮކްޓަރު އަބްދުއްރަހީމް ހަސަން
- ގ. ގްރީންބީންސް، ފާތިމަތު މުހައްމަދު
- ހއ. އިހަވަންދޫ، ވައިޖެހޭގެ، އަހުމަދު ޝަފީއު
ޔޫތު މިނިސްޓްރީ
- ހ. ކިސްތީ، އަހުމަދު މުނާޒު
ލޯކަލް ގަވަމަންޓް މިނިސްޓްރީ
- ހ. ނޫމުތީ، މުހައްމަދު އިބްރާހީމް
މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖްގެ މަގާމަށް އައްޔަނު ކުރެއްވީ މއ. ނައިލޯނުގެ، އަލީ ޝަރީފެވެ. އޭނާގެ އިތުރުން މިއަދު ސްޓޭޓް މިނިސްޓަރުކަން ދެއްވި 11 މީހުންނަށް ވެސް ރައީސް މުއިއްޒު ވަނީ މަގާމުގެ ފަތްކޮޅު އަރުވާފަ އެވެ.













