އިސްލާމީ މަރުކަޒުގެ އިސް އިމާމުގެ ދަރަޖަ މިނިސްޓަރު ފެންވަރަށް މަތިކުރައްވައި، އެ މަގާމަށް ޝައިހް މުހައްމަދު ލަތީފް އައްޔަންކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ އިސްލާމީ މަރުކަޒުގެ އިސް އިމާމުގެ މަގާމަށް ޝައިހް މުހައްމަދު ލަތީފު އައްޔަންކޮށްފައިވާ ކަމަށެވެ.
އޭނާ މީގެ ކުރިން ވެސް ހުންނެވީ އިސްލާމީ މަރުކަޒުގެ އިމާމުގެ މަގާމުގަ އެވެ. އެ މަގާމު ޑެޕިއުޓީ މިނިސްޓަރު ފެންވަރަށް މަތިކުރެއްވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކުގެ ވެރިކަމުގައި 2012 ގަ އެވެ.












