ވެރިކަމަށް ހަތަރު ދުވަސް، "ޔާމީން ކޮމިޓީ"ގެ ކަންބޮޑުވުމަކީ ޕީޕީއެމް މެންބަރުން ޕީއެންސީއަށް ދިއުން!

ކުރީގެ ރައީސް އަބްދުﷲ ޔާމީން : "ޔާމީން ކޮމިޓީ"ގެ ކަންބޮޑުވުމަކީ ޕީޕީއެމް މެންބަރުން ޕީއެންސީއަށް ދިއުން - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން : "ޔާމީން ކޮމިޓީ"ގެ ކަންބޮޑުވުމަކީ ޕީޕީއެމް މެންބަރުން ޕީއެންސީއަށް ދިއުން - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ޕީޕީއެމްގެ އޮފީހުގައި ރޭ ކުރިއަށްދިޔައީ "އާދަޔާ ހިލާފު ނޫސްވެެރިންގެ ބައްދަލުވުމެކެވެ. އެ ޕާޓީގެ ހިންގުމާ ހަވާލުވުމަށް، ޕޯޑިއަމުގެ ފަހަތުގައި ރުކުރުވައިލައިގެން ތިބީ ކުރީގެ ރައީސް އަބްދުﷲ ޔާމީނު އެކުލަވައިލެއްވި 13 މެންބަރުންގެ ސްޓިއަރިން ކޮމިޓީ ، "ޔާމީނު ކޮމިޓީ" އެވެ.

އެ ކޮމިޓީގައި އިސްކޮށް ތިއްބެވީ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި ކުރީގެ ކޮޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އައްބާސް އާދިލު ރިޒާ އެވެ. ޕީޕީއެމްގެ ލީޑަޝިޕްގެ އެއްވެސް ބޭފުޅަކު އެތަނުގައި ނެތް އިރު، އެ ބޭފުޅުން ޕާޓީ ތަމްސީލުކުރައްވާ ހައިސިއްޔަތު ސާފުކުރުމަށް ކުރި ސުވާލަށް މަލީހު ސީދާ ޖަވާބެއް ނުދެއްވި އެވެ.

ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ގެންދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ނެންގެވި ސްޓިއަރިން ކޮމިޓީއަކުން، ޔާމީނުގެ ފަރާތުން ކަމަށް ވިދާޅުވެ އައްބާސް ދެއްކެވި ވާހަކައިން އެންމެ ބޮޑަށް ސުވާލު އުފެދުނީ އުފެދުނީއްސުރެ ކޯލިޝަނެއްގެ ގޮތުގައި އޮތް ޕީޕީއެމް/ޕީއެންސީގެ ގުޅުން މިހާރު އޮތް ގޮތާ މެދުގަ އެވެ.

މަލީހާއި އައްބާސް ވެސް އެންމެ ބޮޑަށް ފާހަގަކުރެއްވި ނުކުތާއަކީ ޕީޕީއެމްގެ މެމްބަރުން އެހެން ދިމާލަކަށް ނުގޮސް ޕާޓީގައި ދެމިތިބުމުގެ މުހިއްމުކަމެވެ.

"އަޅުގަނޑުމެންގެ އެދުމަކީ، ޕީޕީއެމްގެ މެންބަރުން ތިއްބަވަން ޖެހޭނީ ޕީޕީއެމްގަ، ޕީޕީއެމް ޕީއެންސީގެ ކޯލިޝަންގައި އޮތްކަމުގަ ވީނަމަވެސް، ޕީޕީއެމްގެ އާންމު އެއްވެސް މެންބަރަކު އެހެން ޕާޓީއެއް، އެއީ ޕީއެންސީ ކަމުގައި ވީނަމަވެސް، އެހެން ޕާޓީއަކަށް ދިއުމަކީ އަޅުގަނޑުމެން ޕާޓީގެ ރައީސް ޔާމީން އެދިވަޑައިގަންނަވާ ގޮތެއް ނޫން" މަލީހު ވިދާޅުުވި އެވެ.

ޕީޕީއެމް އަކީ އެންމެ ބޮޑު ޕާޓީ ކަމަށް ވިދާޅުވެ، ޕީއެންސީގެ "ސައިޒް" ވެސް މެމްބަރުންނަށް އޭނާ ހަނދާންކޮށްދެއްވި އވެ. ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިހާބުވީ އެންމެ 3،500 މެންބަރުންނާ އެކު ކަމަށްވެސް ވިދާޅުވެފަ އެވެ.

މި ހިސާބަށް ނޫސްވެރިންގެ ބައްދަލުވުން ދިޔައިރު، ސާފުވީ ކަމަކީ، ރައީސް މުއިއްޒުއާ ޔާމީނާ ދޭތެރޭ އެތަކެއް މައްސަލައެއް ޖެހިފައިވާ ކަމެވެ. ދެ ރައީސުންގެ ގުޅުމާ ބެހޭގޮތުން "އަދަދު" އިން ސުވާލުކުރުމުން މަލީހު ވިދާޅުވީ އެ ސުވާލަށް ޖަވާބުދެއްވަން ބޭނުން ނުވާ ކަމަށެވެ.

"ތި ސުވާލަށް އަޅުގަނޑު މިރޭ އެއްވެސް ކޮމެންޓެއް ނެތް" މަލީހު ބޭނުންކުރެއްވީ މި އިބާރާތެވެ. ދެ ރައީސުންގެ ގުޅުމާމެދު އިތުރަށް ސުވާލުއުފައްދަން އިތުރު ސަބަބެއް ދެއްވީ މަލީހުގެ މި ކުރު ޖަވާބުންނެވެ.

ޕީއެންސީއިން މިހާރު ވަނީ ވަކިން އޮފީހެއް ގާއިމުކޮށްފަ އެވެ. ކާނިވަލު ސަރަހައްދުގައި ހެދި މި އޮފީހުން ކުރާ މައިގަނޑު މަސައްކަތަކީ، ރައީސް މުއިއްޒުގެ އެދިލެއްވުމަށް އެ ޕާޓީއަށް 10،000 މެންބަރުން ހަމަކުރުމެވެ.

ހީނާ އިސްތިއުފާއެއް ނުދޭ، ތޮލާލް އުޒުރުވެރިއެއް ވެސް ނުވޭ

ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި އެ ބައްދަލުވުން އޮންނަކަން އެޕާޓީން މީޑިއާއާ މުވާސަލާތުކުރާ ރަސްމީ ޗެނަލްތަކުން ނުވެސް އަންގަ އެވެ. ނޫސްވެރިންނަށް މައުލޫމާތުދޭން އެޕާޓީން ގާއިމްކޮށްފައިވާ ވަޓްސްއެޕް ގްރޫޕުގައި އެ ބައްދަލުވުމާ ބެހޭ މައުލޫމާތު ހިއްސާއެއް ވެސް ނުކުރެ އެވެ.

ޕީޕީއެެމްގެ ތަރުޖަމާނު ހީނާ ވަލީދު މަގާމުން އިސްތިއުފާދެއްވާފައިވާ ކަމަށާއި ސެކްރެޓަރީ ޖެނެރަލް މުހައްމަތު ތޮލާލު އުޒުރުވެރިވެވަޑައިގަންނަވާކަން އަންގާފައިވާ ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި އައްބާސް ވިދާޅުވި އެވެ. އެހެން ނަމަވެސް ތޮލާލް އެކަން ދޮގު ކުރެއްވި އެވެ.

ތޮލާލް "އަދަދު" އަށް ވިދާޅުވީ ޕާޓީ ދުވަހުން ދުވަހަށް ހިންގުމުގެ ޒިންމާތައް އުފުއްލަވަން އުޒުވެރިވެވަޑައިގަންނަވާ ކަން ރައީސް ޔާމީނަށް އަންގަވާފައި ނުވާނެ ކަމަށެވެ.=

"އަޅުގަނޑު އުޒުރުވެރިއެއް ނުވަން. ޕާޓީގެ އެސްޖީކަން ނުކުރެވޭނެ ކަމަށް އަޅުގަނޑު ނުބުނަން. އެސްޖީގެ ހައިއްޔަތުން ކުރަން ވިދާޅުވި ކަމެއް ނޯންނާނެ ނުކޮށްފައެއް ވެސް. އެހެންވީމާ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް އެ ދައްކަނީ،" ތޮލާސް ވިދާޅުވި އެވެ.

ޕީޕީއެމްގެ ތަރުމާނުކަމުން ހީނާ ވަލީދު އިސްތިއުފާދެއްވި ކަމަށް އައްބާސް ވިދާޅުވި ނަމަވެސް އެއީ ވެސް ދޮގެއް ކަމަށް ތޮލާލް ވިދާޅުވި އެވެ. ޕީޕީއެމުން މީޑިއާއަށް މައުލޫމާތު ދޭ ވަޓްސްއެޕް ގްރޫޕްގައި ނޫސްވެރިއަކު ސުވާލުކުމުން ހީނާ ވެސް ވިދާޅުވީ އިސްތިއުފާ ނުދެއްވާ ކަމަށެވެ.

ޕީޕީއެމްގައި އެންމެ އިސް ބޭފުޅުންގެ ގޮތުގައި މަސައްކަތް ކުރައްވަން (ގާނޫނީ ހުރަހެއް ނެތި) މިހާރު ތިއްބެވީ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ.

ތޮލާލް ވިދާޅުވި ގޮތުގައި މިރޭގެ ނޫސްވެރިންގެ ބައްދަލުވުމަކީ އެ ދެބޭފުޅުންނަށް ވެސް ނާންގައި ބޭއްވި ބައްދަލުވުމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox