ފޮރިން މިނިސްޓްރީއަށް ސިވިލް ސާވިސް ކޮމިޝަނުގެ ކުރީގެ ރައީސް ފަހުމީ އައްޔަނު ކުރުމުން ފާޑުކިޔަނީ

ަމަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ފަހުމީ, ރައީސް މުއިއްޒުއާ ސަލާމް ކުރައްވަނީ. އޭނާ ވަނި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސްކަން މީގެކުރިން ކުރައްވާފައި --- ފޮޓޯ: ރައީސް އޮފީސް

ަމަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ފަހުމީ, ރައީސް މުއިއްޒުއާ ސަލާމް ކުރައްވަނީ. އޭނާ ވަނި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސްކަން މީގެކުރިން ކުރައްވާފައި --- ފޮޓޯ: ރައީސް އޮފީސް

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސްގެ މަގާމުގައި ހުންނަވަނިކޮށް ފެންމަތިވި ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން އެ މަގާމުން ވަކިކުރި މުހައްމަދު ފަހުމީ ހަސަން މި ސަރުކާރުގެ ސިޔާސީ މަގާމަކަށް އައްޔަނުކުރުމާ ގުޅިގެން ގިނަ ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެގެ ވަގުތެއްގައި އޭނާ އައްޔަނުކުރީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމަށެވެ.

ނޮވެމްބަރު 28, 2013 ގައި ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އޭނާ އައްޔަނުކުރީ މެލޭޝިއާގައި ހުންނަ ހައިކޮމިޝަނުގެ ޑެޕިއުޓީ ހައި ކޮމިޝަނަރުގެ މަގާމަށެވެ.

ފަހުމީއަށް މަގާމު ދިންކަން އިއުލާނުކޮށް ރައީސް އޮފީހުގެ އޮފިޝަލް އެކްސް އެކައުންޓުން ކޮށްފައިވާ ޕޯސްޓަށް އާންމުން ވަނީ ރައީސް މުއިއްޒު އަށާއި އެމަނިކުފާނުގެ ސަރުކާރަށް އަމާޒުކޮށް ފާޑުކިޔާފަ އެވެ. އަދި, މިއީ އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމުގެ ވައުދާއެކު އައި ސަރުކާރަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވެސް ބުނެފައި ވެ އެވެ.

"އަޅުގަނޑަށް އެނގޭ ގޮތުން ރައީސް މުއިއްޒު ވިދާޅުވީ މަގާމުތަކަށް އައްޔަނުކުރާނީ އެންމެ ގާބިލު މީހުން ކަމަށް. މިއީތޯ އަޅުގަނޑުމެންނަށް ލިބޭ ބަދަލަކީ؟ މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް ޖިންސީ ފުރައްސާކުރާ މީހެއް؟ މިކަން ބަލައެއް ނުގަނެވޭނެ," އެކްސްގައި އަންހެނަކު ބުނެފައިވެ އެވެ.

ބައެއް ފަރާތްތަކުން ވަނީ މިއީ ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށް ބުނެ ފަހުމީއަކީ "ދައުލަތަށް ބަލަދު އަރާ" މީހެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

"އަޅުގަނޑުމެންގެ ގައުމަކީ ޖިންސީ ފުރައްސާކުރާ މީހުންނަށް ފުރުސަތުތައް ފަހިކޮށްދީ އަންހެނުންގެ ބާރުވެރިކަމުގެ ވާހަކައަކީ ހަމައެކަނި ވޯޓު ހޯދަން ދައްކާ ވާހަކައެއްގެ ގޮތުގައި އޮންނަ ގައުމެއް," އެހެން މީހަކު އޭނާގެ ހިޔާލު ފާޅުކުރަމުން ބުނެފައި ވެ އެވެ.

"ސަރުކާރުތައް ބަދަލުވޭ, އެކަމަކު ޖިންސީ ފުރައްސާރަ އާއި މަގާމުގު ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ފިރިހެނުން ތިބެނީ މަގާމުތަކުގައި," އެކްސަގައި މީހަކު ބުނެފައި ވެ އެވެ.

ސީއެސްސީގެ ރައީސްގެ މަގާމުން ފަހުމީ ވަކިކުކުރުން

ފަހުމީގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބަލަން ފެށީ ޖޫން 4, 2012 ގައި އޭނާއާ ގުޅޭގޮތުން ސީއެސްސީގެ އަންހެން މުވައްޒަފަކު ހުށަހެޅި ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުންގެ އިދާރާއިން ވެސް ކުރި އެވެ.

އެ މައްސަލަ ހުށަހެޅި އަންހެން މުވައްޒަފާއި ފަހުމީގެ ބަސް ވެސް ޖޫން 11, 2012 ގައި އޮތް ކޮމިޓީ ބައްދަލުވުމުގައި ނަގާފައިވެ އެވެ. އޭގެ އިތުރުން, ސީއެސްސީގެ އެހެން މެމްބަރުންނާއި މައްސަލަ ހުށަހެޅި އަންހެން މުވައްޒަފުގެ ލިޔުމުގައި ފާހަގަކޮށްފައިވާ އެހެން މީހުންނާއި ވެސް ކޮމިޓީން ބައްދަލުކޮށްފައިވެ އެވެ. އެގޮތުން, އަށް މީހަކާ ބައްދަލުކުރިއިރު އޭގެ ތެރޭގައި ދެ ފިރިހެނުންނާއި ހަ އަންހެނުން ހިމެނެ އެވެ.

އެއަށްފަހު ޖޫން 26, 2012 ގައި އޮތް ކޮމިޓީ ބައްދަލުވުމުގައި މައްސަލައާ މެދު ކޮމިޓީގެ މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތާ މެދު ވޯޓަށް އަހާފައި ވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް އެ ކޮމިޓީ ރިޕޯޓު ހުށަހަޅުއްވަމުން މުގައްރިރުގެ މަގާމުގައި ހުންނެވި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (ކުއްޓި ނަޝީދު) ހާމަކުރެއްވި ގޮތުގައި ފަހުމީ އެފަދަ އަމަލެއް ކުރެއްވި ކަން ކޮމިޓީގެ ހޯދުންތަކުން ސާބިތުވާކަމަށް ކޮމިޓީގައި ތިއްބެވި 10 މެމްބަރުންގެ ތެރެއިން ހަތް މެމްބަރަކު ވޯޓު ދެއްވި ކަމަށެވެ.

"[މައްސަލަ ހުށަހެޅި އަންހެން މުވައްޒަފު] ގެ ގައިގައި އެއްވެސް ގޮތަކަށް އަތްލާފައި ނުވާނެ ކަމަށް ކޮމިޓީގައި މުތުލަގަށް ފަހުމީ ވިދާޅުވިއިރު, ކަންހިނގި ދުވަހާ ވިދިގެން އައި ދުވަހު ކޮމިޝަނުގެ އެހެން ދެ އަންހެން މެމްބަރުން ކަމަށްވާ ހަދީޖާ އާދަމާއި, ޖަމީލާ އަލީ ހާލިދުގެ އަރިހުގައި [މައްސަލަ ހުށަހެޅި އަންހެން މުވައްޒަފު] އަތުގައި ހިފައިލެވުނުހެން ހީވިއޭ ކަހަލަ އިބާރާތެއް ފަހުމީ ވިދާޅުވި," އެ ރިޕޯޓު ތަޅުމަށް ހުށަހަޅުއްވަމުން ނަޝީދު ވިދާޅުވެފައިވެ އެވެ.

އެއާއެކު އޭނާ މަގާމުން ވަކިކުރުމަށް ފަސް މެމްބަރަކު ތާއީދު ކުރެއްވިއިރު ޖިނާއީ ތަހުގީގު ނިމެންދެން ފިޔަވަޅު ނާޅައި ލަސްކުރުމަށް ވެސް ފަސް މެމްބަރަކު ވޯޓު ދެއްވި އެވެ. ވޯޓު އެއްވަރުވުމުން މުގައްރިރު ނަޝީދު ވޯޓު ދެއްވީ ފަހުމީ މަގާމުން ވަކިކުރުމަށެވެ.

"އެ ވާހަކަ ހަދީޖާ އާދަމާއި, ޖަމީލާ އަލީ ހާލިދާ އިސްވެ ހިއްސާ ކުރެއްވީ ފަހުމީ ކަމަށާއި, އެ ވާހަކަ ދެއްކެވުމުގައި ފަހުމީއަށް [މައްސަލަ ހުށަހެޅި އަންހެން މުވައްޒަފު] ގެ އަތުގައި ވެސް ހިފުނު ކަންނޭނގެ ކަމަށް ވިދާޅުވި ކަމަށާއި, އެހެން ނަމަވެސް, [މައްސަލަ ހުށަހެޅި އަންހެން މުވައްޒަފު] ގެ ބަނޑުގައި އަތް ނުލާ ކަމަށް ފަހުމީ ވިދާޅުވި," ރިޕޯޓު ހުށަހަޅުއްވަމުން ނަޝީދު ތަފްސީލުކޮށްދެއްވާފައިވެ އެވެ.

މި ރިޕޯޓު މަޖިލީހަށް ހުށަހެޅީ ނޮވެމްބަރު 20, 2012 ގަ އެވެ. އެ ދުވަހު ނެގި ވޯޓުގައި މަޖިލީހަށް ހާޒިރުވެ ތިއްބެވި 74 މެމްބަރުންގެ ތެރެއިން 38 މެމްބަރުން އޭނާ މަގާމުން ވަކިކުރަން ވޯޓު ދިނެވެ. އޭނާ މަގާމުން ވަކިކުރުމާ ދެކޮޅަށް ވޯޓު ދެއްވީ 32 މެމްބަރުންނެވެ. އަދި ދެ މެމްބަރަކު ވަކި ކޮޅަކަށް ވޯޓު ދެއްވާފައި ނުވެ އެވެ.

ފަހުމީ މަގާމުން ވަކިކުރީ ދުސްތޫރީ އުސޫލުތަކުގެ ބޭރުން ކަމަށާއި, ގާނޫނު އަސާސީގެ ބޭރުން ކަމަށް ބުނެ އޭނާ ރައްޔިތުންގެ މަޖިލީހާ ދެކޮޅަށް ސުޕްރީމް ކޯޓަށް ޑިސެމްބަރު 11, 2012 ގައި މައްސަލައެއް ހުށަހެޅި އެވެ.

އަދި, އެ މައްސަލަ ސުޕްރީމް ކޯޓުން އޭނާއާ އެއްކޮޅަށް މާޗު 14, 2013 ގައި ނިންމާފައި ވެ އެވެ. ހަތް ފަނޑިޔާރުގެ ބެންޗުން ތަފާތުވީ ހަމައެކަނި މިހާރު އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ފަނޑިޔާރު މުއުތަސިމް އަދުނާނުގެ ރައުޔެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox