ފިކުރީ އެއްބައިވަންތަކަމަށް ބޮޑު މަސައްކަތެއް ކުރާނަން، އަނިޔާވެރި ފިކުރުތަކަށް ޖާގަ ނުދޭނަން: ޝަހީމް

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު. -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު. -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ރާއްޖޭގެ ފިކުރީ އެއްބައިވަންތަ ކަމަށް ބޮޑު މަސައްކަތެއް ކުރައްވާނެ ކަމަށާއި އަނިޔާވެރި އެއްވެސް ފިކުރަކަށް ރާއްޖޭގައި ޖާގަ ނޯންނާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޝަހީމަކީ ކުރީގެ ދެ ސަރުކާރެއްގައި ވެސް އިސްލާމިކް މިނިސްޓްރީގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޝަހީމް ހުންނެވީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަކަށެވެ. އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރު ކަމަށާއި އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރުކަމާއި ވައިސް ޗާންސެލަރުކަން ވެސް ކުރެއްވި އެވެ.

އިސްލާމިކް މިނިސްޓަރުކަމަށް އޭނާ މިފަހަރު އައްޔަންކުރެއްވީ އިއްޔެ ހުވާކުރެއްވި ރައީސް ޑރ.މުހައްމަދު މުއިއްޒެވެ.

މިނިސްޓަރުގެ ހައިސިއްތުން ނޫހަކަށް ދެއްވި ފުރަތަމަ އިންޓަވިއު މިއަދު "އަދަދު" ނޫހަށް ދެއްވަމުންް ވިދާޅުވީ ހަރުކަށި ފިކުރުކަމަށް ވިސްނަން ޖެހޭނީ ހުޅަނގުގެ ބައެއް މީހުން އެކަމުގައި ދެކޭ ގޮތަކަށް ނޫން ކަމަށެވެ.

"ހުޅަނގުގެ ބައެެއް މީހުންގެ ނަޒަރުގައި އިސްލާމުންނަކީ [އިސްލާމުންގެ] ހުރިހާ މީހުންނަކީ ހަރުކަށި މީހުން. އެއީ އެެއް ނޫން އަޅުގަނޑުމެން އޭގައި ވިސްނަން ޖެހޭ ގޮތަކީ،" ޝަހީމް ވިދާޅުވި އެވެ.

އޭނާ ސިފަކުރެއްވި ގޮތުގައި ހަރުކަށި ފިކުރަކީ މީހުންނަށް އަނިޔާދިނުމާއި ގެއްލުން ދިނުމާ ގުޅިފައިވާ މުޅީން ވަކި ފިކުރެކެވެ. ހައްގެއް ނެތި މީހުންނަށް އަނިޔާ ދިނުމަކިީ އިސްލާމްދީނުގައި ހަރާމް ކަމެއް ކަމަށާއި ކުޑަމިނުން ޖަނަވާރުންނަށް އެގޮތަށް އަނިޔާ ދިނުން ހަރާމްކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"އިސްލާމްދީން އަންގަވާފައި އޮންނަނީ ވަކި ދީނެއްގެ ވަކި މަޒްހަބެއްގެ ވަކި މީހަކަށް ބެލުމެއް ނެތި އިންސާނީ ކާރާމާތަށް އިހުތިރާމް ކުރުމަށް. އަނިޔާވެރި އެއްވެސް ފިކުރެއް، ހަރުކަށި ފިކުރެއް، ހައްދު ފަހަނައެޅުމުގެ އެއްވެސް ކަމެއް ދިވެހިރާއްޖޭގައި ހިނގާކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން،" ޝަހީމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖެ ކުރިއަށް ދާނީ އިރާދަކުރެއްވިއްޔާ މެދުމިންކަމުގެ އިސްލާމީ އުސޫލުތައް ހިފަހައްޓައި ނަގަހައްޓާ ގައުމެއްގެ ގޮތުގަ އެވެ. ރާއްޖެއަކީ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމަކަށް ވާތީ ދިވެހިންނަކީ ދުނިޔޭގެ ހުރިހާ އެންމެނަށް ވެސް މަރުހަބާ ކިޔާ އަދުލުވެރި ގައުމެއްގެ ގޮތުގައި ކުރިއަށް ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ރާއްޖޭގެ ފިކުރީ އެއްބައިވަންތަކަމަށް ވަރަށް ބޮޑަށް މަސައްކަތްކުރާނަން، ހަރުކަށި ފިކުރަކަށް ޖާގައެއް ނުދެވޭނެ. ހަމަ އެހެންމެ އިސްލާމްދީނަށް ތައުހީނުކުރުމާއި ފުރައްސާރަކުރުމާ މިބާވަތުގެ ކަންކަމަށް ވެސް މިރާއްޖޭގައި ޖާގައެއް ނޯންނާނެ،" ޝަހީމް ވިދާޅުވި އެވެ.

"އިސްކަންދޭނީ ނަސޭހަތްދީ ހެޔޮގޮތް ވިސްނައިދޭން"

ޝަހީމް ވިދާޅުވި ގޮތުގައި ހަރުކަށި ފިކުރާއި ދީނަށް ފުރައްސާކުރުން ފަދަ ކަންތައްތަކަކީ ފިކުރީ މައްސަަލަތައް ކަމަށް ވާތީ އެކަންތައްތައް ހުއްޓުވަން، އިސްލާމިކް މިނިސްޓްރީގެ އެންމެ ފުރަތަމަ ސިޔާސަތަކީ އިލްމު ފެތުރުން ކަމަށެވެ.

އެފަދަ ފިކުރުތަކަށް ދާ މީހުންނާ ވާހަކަ ދައްކައި މުނާޒަރާކޮށް، "ޑައިލޮގް" ކުރިއަށް ގެންދިއުމަކީ އެކަން ހައްލުކުރަން އެންމެ އެކަށޭނަ ގޮތް ކަމަށް މިނިސްޓަރު ސިފަކުރެއްވި އެވެ.

"އެހެންވީމާ އަޅުގަނޑުމެން އިސްކުރާނީ އެގޮތް. ނަސޭހަތްދިނުމާއި ވާހަކަ ދެއްކުމާ އެފަަދަ މީހުން ގެނެސް އެމީހުންނާ ބައްދަލުކޮށް އެމީހުންނާ ވާހަކަ ދެއްކުމާ [އެފަދަ ކަންތައްތަކަށް]،" ޝަހީމް ވިދާޅުވި އެވެ.

ހަރުކަށި ފިކުރާއި ދީނަށް ފުރައްސާރަކުރުން ފަަދަ ފިކުރުތަކަށްދާ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމަކީ އެ ފިޔަވަަޅު އަޅާ ހިސާބަށް ދިއުމުން ކުރާނެ ކަމެއް ކަމަށާއި އެއީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ކުރާނެ ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox