ރާއްޖެ-އިންޑިއާ ހާރިޖީ ވަޒީރުން ތިއްބެވީ ގުޅުން ބަދަހި ކުރައްވަން

ފޮރިން މިނިސްޓަރު ޒަމީރު އަދި އިންޑިއާގެ އެކްޓާނަލް މިނިސްޓަރު ޖަޔަސަންކަރު

ފޮރިން މިނިސްޓަރު ޒަމީރު އަދި އިންޑިއާގެ އެކްޓާނަލް މިނިސްޓަރު ޖަޔަސަންކަރު

ރާއްޖޭގެ އާ ސަރުކާރު އުފެދުމާއެކު އާ ފޮރިން މިނިސްޓަރު މޫސާ ޒަމީރާ ގާތުން މަސައްކަތް ކުރައްވަން އުއްމީދުކުރައްވާ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒު މިނިސްޓަރު ޖައިޝަންކަރު މިއަދު ވިދާޅުވެއްޖެ އެވެ.

ޒަމީރަށް މަރުހަބާ ވިދާޅުވެ، އެކްސްގައި ލިއުއްވި ލިއުއްވުމެއްގައި ޖައިޝަންކަރު ވިދާޅުވީ ގާތުން މަސައްކަތް ކުރެއްވަން އުއްމީދުކުރައްވާ ކަމަށެވެ. ޖައިޝަންކަރުގެ އެ ލިއުއްވުމަށް ޖަވާބު ދެއްވަމުން ޒަމީރު ވިދާޅުވީ ދެ ގައުމުގެ މަސްލަހަތު އޮތް ކަންކަމާއި ކަންބޮޑުވުން ހުރި ކަންކަމުގައި ގުޅިގެން މަސައްކަތް ކުރައްވަން ހުންނެވި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންޑިއާ އާ އެކުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ކުރިއަރުވާނީ ވިސްނަން ޖެހޭ ކަންކަމާ ވިސްނައި ގެންނަން ޖެހޭ ބަދަލުތައް ގެނައުމާއެކު ދެގައުމުގެ ރައްޔިތުންގެ ލާބައަށް ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސްކަމުގެ ހުވާ ކުރައްވައި އިއްޔެ އާ ސަރުކާރެއް އެކުލަވައިލި އިރު، އިންޑިއާއާމެދު އާ ސަރުކާރުން ކަންބޮޑުވާ ބޮޑު މައްސަލައެއް އެބަ އޮތެވެ. އެއީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ މައްސަލަ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ އެގައުމަށް ފޮނުވައިލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ މަސައްކަތް ފުރަތަމަ ދުވަހު ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ރައީސްކަމުގެ ހުވާކުރެއްވުމަށް ފަހު އިއްޔެ ކުރެއްވި ތަގުރީރުގައި މުއިއްޒު ވިދާޅުވީ ދިވެހި ދައުލަތުގެ މިނިވަންކަމުގެ "ރަތް ރޮނގު" ދަމާނީ ފަލަކޮށް ކަމަށާއި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ނެތް ފަސްގަނޑަކަށް ހައްދަވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox