ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރަކަށް ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އިބްރާހިމް ލަތީފް އައްޔަންކުރައްވައިފި

ނެޝަނަލް ސެކިއުރިޓީ އެޑުވައިޒަރަކަށް ރައީސް މުއިއްޒު އައްޔަން ކުރެއްވި އިބްރާހިމް ލަތީފުއާ މަގާމުގެ ފަތްކޮޅު ހަވާލުކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް

ނެޝަނަލް ސެކިއުރިޓީ އެޑުވައިޒަރަކަށް ރައީސް މުއިއްޒު އައްޔަން ކުރެއްވި އިބްރާހިމް ލަތީފުއާ މަގާމުގެ ފަތްކޮޅު ހަވާލުކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް

ނެޝަނަލް ސެކިއުރިޓީ އެޑުވައިޒަރުގެ ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، މިނިސްޓަރު ފެންވަރުގެ މަގާމެއް އުފައްދަވައި އެ މަގާމަށް ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު، އިބްރާހިމް ލަތީފް އައްޔަންކުރައްވައިފި އެވެ.

އެޑްވައިޒަރަކަށް އައްޔަން ކުރައްވައި މިރޭ ފަތްކޮޅު ހަވާލުކުރެއްވި، އިބްރާހިމް ލަތީފުއަކީ މީގެ ކުރިން ފުލުހުންގެ މުއައްސަސާއާއި ސިފައިންގެ ތެރޭގައި ވެސް އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ.

ސިފައިންގެ ހިތުމަތާ އިބްރާހިމް ލަތީފު ގުޅިވަޑައިގެންނެވީ 1984 ވަނަ އަހަރު ލާންސް ކޯޕުރަލްއެއްގެ ގޮތުގަ އެވެ. ސިފައިންގެ ތެރޭގައި އުޅުއްވި ދުވަސްވަރު ސެކިއުރިޓީ ޑިވިޝަންގެ ކޮމާންޑިން އޮފިސަރުގެ މަގާމު ފުރުއްވައިފައިވެ އެވެ.

Advertisement

އޭގެފަހުން ފުލުހުންނާއި ސިފައިން ދެ މުއައްސަސާއެއްގެ ގޮތުގައި ހިންގަން ފެށުމާއެކު ފުލުހުންގެ އިދަރާއަށް ބަދަލުވެވަޑައިގެން، ފުލުހުންގެ ހެޑް އޮފް ކުރިމިނަލް އިންވެސްޓިގޭޝަންގެ މަގާމާއި ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމު ފުރުއްވައިފަ އެވެ. ފުލުހުންގެ އިދާރައިގައި 23 އަހަރު ހިދުމަތް ކުރެއްވުމަށްފަހު ލަތީފު ރިޓަޔާ ކުރެއްވީ 2007 ވަނަ އަހަރު އެވެ.

ރާއްޖޭގެ ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވުމަށްފަހު އިބްރާހިމް ލަތީފު ވަނީ ވެސްޓާން އޮސްޓުރޭލިއާ ޕޮލިސްގެ ސީނިއާ އެޑްވައިޒަރެއްގެ މަގާމު ވެސް އަދާ ކުރައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox