ރައީސް އޮފީހަށް ފަސް މިނިސްޓަރުން އައްޔަން ކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް އޮފީހުގެ އިސް މަގާމުތަކަށް އައްޔަން ކުރެއްވި ބޭފުޅުން. -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް އޮފީހުގެ އިސް މަގާމުތަކަށް އައްޔަން ކުރެއްވި ބޭފުޅުން. -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް އޮފީހަށް ފަސް މިނިސްޓަރުން މިރޭ އައްޔަނު ކުރައްވައިފި އެވެ.

އާ ސަރުކާރުގެ ކެބިނެޓަށް މިނިސްޓަރުން އައްޔަން ކުރެއްވުމަށް ފަހު މިރޭ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ ރައީސް އޮފީހުގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނު ކުރައްވައިފަ އެވެ.

ރައީސް އޮފީހުގެ މިނިސްޓަރުން

  1. މިނިސްޓަ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް- އަލީ އާރިފް
  2. މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް- އަބްދުﷲ ނާސިރު
  3. މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް- އާދަމް ރަމީޒް
  4. މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން- އިބްރާހީމް ހަލީލް
  5. މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ލީގަލް އެފެއާޒް- އަހުމަދު ހިޝާމް ވަޖީހު

އެޑްވައިޒަރު އަބްދުއްރަހީމްއާ މަގާމުގެ ފަތްކޮޅު ހަވާލުކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް
އެޑްވައިޒަރު އަބްދުއްރަހީމްއާ މަގާމުގެ ފަތްކޮޅު ހަވާލުކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް

އެޑްވައިޒަރު އަބްދުއްރަހީމްއާ މަގާމުގެ ފަތްކޮޅު ހަވާލުކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް

އައްޔަން ކުރެއްވި އެހެން މަގާމުތައް

  1. ސްޕެޝަލް އެޑްވައިޒަ ޓު ދަ ޕްރެޒިޑެންޓް- ޢަބްދުއްރަޙީމް ޢަބްދުﷲ
  2. ޗީފް އޮފް ސްޓާފް- ޢަބްދުالله ފަޔާޟް
  3. ޕްރިސިޕަލް ސެކެޓްރީ ޓު ދަ ޕްރެޒިޑެންޓް އޮން ފޮރިން ރިލޭޝަންސް، މުހައްމަދު ނަސީމް
  4. ޕްރިސިޕަލް ސެކެޓްރީ ޓު ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއާޒް، އަހުމަދު އަލީ ހަބީބު
  5. ޕްރިސިޕަލް ސެކެޓްރީ ޓު ދަ ޕްރެޒިޑެންޓް އޮން ކޯޕަރޭޓް ޑިވެލޮޕްމަންޓް މުހައްމަދު ޝާހިދު
  6. ސެކެޓްރީ ޓު ދަ ޕްރެޒިޑެންޓް އޮން ކޯޕަރޭޓް ސާވިސަސް، ހުސައިން އާމިރު
  7. ސެކެޓްރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެފެއާޒް، އައްބާސް ޝަރީފް
  8. ސެކެޓްރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އައިޝަތު އިކްރާމް

އެޑްވައިޒަރުން

  1. ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަ- ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަޑް) އިބްރާހީމް ލަތީފު
  2. ޕްރިންސިޕަލް އެޑްވައިޒަ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް- މުހައްމަދު އަލީ ޖަނާހު
  3. އެޑްވައިޒަ ޓު ދަ ޕްރެޒިޑެންޓް އޮން ޓޫރިޒަމް ޑިވެލޮޕްމަންޓް- މުހައްމަދު ހަލީލް

ރައީސްގެ ހާއްސަ އެޑްވައިޒަރަކަށް އައްޔަން ކުރެއްވި އަބްދުއްރަހީމްއަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ދެ ދައުރު އަދާކުރެއްވި، އަދި މިހާރު ޕީއެންސީގެ ޗެއާޕާސަން އެވެ. ޕީއެންސީގެ ރައީސްއަކަށް މުއިއްޒު އައްޔަން ކުރަން ދެން އެ މަގާމުގައި ހުންނެވީ އޭނާ އެވެ.

ޗީފް އޮފް ސްޓާފް މަގާމަށް އައްޔަނު ކުރައްވި އަބްދުالله ފަޔާޒަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓްރީގައި ޑެޕިއުޓީ މިނިސްޓަރެވެ. އަދި ނިމިގެން ދިޔަ ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޕީއެސްގެ މަގާމުގައި ވެސް އޭނާ ހުންނެވި އެވެ.

މި ބޭފުޅުންގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މޭޖާ ޖެނެރަލް އަބްދުލްރަހީމް އަބްދުއްލަތީފް އައްޔަން ކުރައްވައި، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް ޑރ. އަލީ ނަސީރު، އަދި އެ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށް މުހައްމަދު ޝަހުދީ ވަނީ އައްޔަން ކުރައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox