އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ގާތް ގައުމުތަކުގެ މަންދޫބުން ރާއްޖެ ވަޑައިގަންނަވަން ފައްޓަވައިފި އެވެ.
މިހާތަނަށް އިންޑިއާ، ޗައިނާ އަދި އަވައްޓެރި ސްރީ-ލަންކާގެ މަންދޫބުން ހުވާކުރެއްވުމުގެ ރަސްުމިއްޔާތަށް ރާއްޖެ ވަޑައިގެންފައި ވެއެވެ. މިރޭގެ ވަގުތެއްގައި ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހު ވެސް ވަނީ ރާއްޖެ ވަޑައިގަނެފަ އެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު އެވެ.
އަވަށްޓެރި އިންޑިއާއިން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގަތީ އެގައުމުގެ މިނިސްޓާ އޮފް އާތު ސައިންސް ކިރެން ރިޖިޖޫ އެވެ.
ސީޝެލްސްއިން އެގައުމުގެ ނައިބު ރައީސް އަހުމަދު އަފީފް ރާއްޖެ ވަޑައިގެންފައިވާއިރު، ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި ބަދަހި ގުޅުމެއް ބޭއްވި ޗައިނާއިން ވަޑައިގަތީ ޗައިނާގެ ރައީސް ޒީ ޖިންޕިންގެ ސްޕެޝަލް އެންވޯއީ ޝެން ޔީޖިން އެވެ.
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވެރިކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތު ފަށާނީ މާދަމާ ހަވީރު 16:00 ގައި ޖުމްހޫރީ މައިދާނުގަ އެވެ.

އިންތިހާބީ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އަވަށްޓެރި އަދި ގާތް ގައުމުތަކުގެ މަންދޫބުންނާއި އިސްވެރިން ރާއްޖެ ވަޑައިގަންނަން ފައްޓަވާފައިވާއިރު، ރަސްމިއްޔާތުގެ އެންމެ ފަހުގެ ތައްޔާރީތައް ދަނީ ކުރިއަށެވެ.
ޑރ. މުއިއްޒު ހުވާ ކުރެއްވުމުގެ އުފަލުގައި ފާހަގަކުރުމަށް މާދަމާ ރޭ ފަސް މިނެޓަށް ހަވާ އެރުވުމަށް ވެސް ނިންމާފައި ވެއެވެ.












