ރެޔާއި ދުވާލު ކުރާނެ ކަމަކީ ހެޔޮ ނަތީޖާ ނެރެ، ތަފާތު ދައްކުވައިދިނުން: މުއިއްޒު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކެމްޕެެއިންގައި ދެއްކެވި ވާހަކަފުޅުތައް ހިމެނޭ ފޮތް ނެރެން ބޭއްވި ހަފުލާގައި ވާހަކަފުޅުދައްކަވަނީ. ފޮޓ: އަބްދުﷲ އިޔާން/އަދަދު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކެމްޕެެއިންގައި ދެއްކެވި ވާހަކަފުޅުތައް ހިމެނޭ ފޮތް ނެރެން ބޭއްވި ހަފުލާގައި ވާހަކަފުޅުދައްކަވަނީ. ފޮޓ: އަބްދުﷲ އިޔާން/އަދަދު

އާ ސަރުކާރުން ރެއާ ދުވާލު ކުރާނެ ކަމަކީ ހެޔޮ ނަތީޖާތައް ނެރެ، ތަފާތު ދައްކުވައިދިނުން ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓްގެ ހައިސިއްޔަތުން ވެވަޑައިގެންނެވި ވައުދުތަކާއި ކުރެއްވި ތަގުރީރުތައް ފޮތެއްގެ ސިފައިގައި ނެރުމާއި ފުރަތަމަ 100 ދުވަހުގެ ޕްލޭން އިފްތިތާހުކުރަން ދަރުބާރުގޭގައި މިރޭ ބޭއްވި ހަފުލާގައި މުއިއްޒު ވިދާޅުވީ އެމަނިކުފާނާއި، ސަރުކާރާ ހަވާލުވާ އެމަނިކުފާނުގެ ޓީމުން ކުރަން އުޅެނީ ގައުމީ ދީނީ އަދި ގައުމީ މަސައްކަތެއް ކަަމަށެވެ. އެ މަސައްކަތުގައި ސަރުކާރުގެ މަގާމު ތަކަށް ވަޑައިގަންނަވާ ހުރިހާ ބޭފުޅުން އިހުލާސްތެރިވާން ޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިއުޅެނީ ގައުމަށް ހެޔޮ ގޮތްތަކެއް ހޯދައިދޭން، ނަތީޖާއެއް ނެރެދޭން. ނަތީޖާތަކެއް ނެރެދޭން. ރެއާ ދުވާލު އަޅުގަނޑުމެން ކުރާނެ މަސައްކަތަކަށް ވާނީ ނަތީޖާ ނެރުން، ތަފާތު ދައްކުވައިދިނުން،" މުއިއްޒު ވިދާޅުވި އެވެ.

"ވައުދުތައް ފޮތެއްގެ ގޮތުގައި ނެރުން ގޯސް ކަމަށް ބައެއް ބޭފުޅުން ދެންނެވި"

މުއިއްޒު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގެ ވައުދުތައް ފޮތެއްގެ ސިފައިގައި ނެރުނީ ހާމަކަން ބޮޑު ގޮތެއްގައި މަސައްކަތް ކުރައްވަން ކަމަށާއި ވައުދުތައް ފުއްދާ މިންވަރު ބަލަން ރައްޔިތުންނަށް ފަސޭހަކޮށްދެއްވަން ކަމަށެވެ. އެގޮތަށް ފޮތެއް ނެރުމަކީ ގޯސް ކަމެއް ކަމަށް ބައެއް ބޭފުޅުން ދެންނެވި ކަމަށް، ސަމާސާ ރާގެއްގައި އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑަށް ބައެއް ބޭފުޅުން ދެންނެވި ތިއީ ވަރަށް ގޯސް ކަމެކޭ ތިޔަ ކުރީ، ވަރަށް ނުރައްކާތެރި ކަމެކޭ. ދެން ތި ފޮތް ނެރެގެން، ނޯންނާނޭ ފިލޭނެ އެއްގޮތް ވެސް،" މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ހަނދާން އާކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގެންނެވީ ކެމްޕެއިންކޮށް ރައްޔިތުންގެ ވޯޓު ލިބިވަޑައިގެންނެވުމުން "ފިލާކަށް ނޫން" ކަމަށެވެ.

ރިޔާސީ ދައުރުގެ ފުރަތަމަ 100 ދުވަހު އިސްކަންދީގެން ކުރާނެ މަސައްކަތްތަކުގެ ޕްލޭން މިރޭގެ ހަފުލާގައި އާއްމުކުރި އެވެ. މުއިއްޒު ވިދާޅުވި ގޮތުގައި އެ ޕްލޭންގައި ފުރަތަމަ 14 ހަފުތާ ތެރޭގައި ކުރާނެ ކަންތައްތަކެއް ހިމަނާފައި އެވަނީ ހަމަ އެކަނި އެ މަސައްކަތްތައް ކުރާކަށް ނޫނެވެ. އެމަނިކުފާނުގެ ސަރުކާރުން އެއަށް ވުރެ މާ އިތުރަށް ވެސް މަސައްކަތްކުރާނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ރައީސްކަމާ މުއިއްޒު ހަވާލުވެވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހު ހަވީރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox