މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް އިންޑިއާއިން ފޮނުވާނީ ސައިންސް މިނިސްޓަރު

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ (ވ) އަދި އާތު ސައިންސް މިނިސްޓަރު ކިރަން ރިޖުޖު (ކ) : މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް މޯދީ ވަޑައިނުގަތް ފޮނުއްވަނީ ސައިންސް މިނިސްޓަރު -

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ (ވ) އަދި އާތު ސައިންސް މިނިސްޓަރު ކިރަން ރިޖުޖު (ކ) : މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް މޯދީ ވަޑައިނުގަތް ފޮނުއްވަނީ ސައިންސް މިނިސްޓަރު -

ހުކުރު ދުވަހު ހަވީރު ބާއްވާ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާއަށް ދިން ދައުވަތު ގަބޫލުކުރި ނަމަވެސް، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބަދަލުގައި ވަޑައިގަންނަވާނީ އާތު ސައިންސް މިނިސްޓަރު ކިރަން ރިޖުޖު ކަން އެނގިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުން އިންޑިއާއަށް ދީފައިވާ ދައުވަތާ ގުޅިގެން "އަދަދު" އަށް މައުލޫމާތު ދެއްވަމުން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުގެ އިސް އޮފިޝަލަކު ވިދާޅުވީ، މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތަށް ސައިންސް މިނިސްޓަރު ވަޑައިގަންނަވަނީ ބޮޑުވަޒީރުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ކަމަށެވެ.

އިންޑިއާއާ ދެކޮޅަށް ގިނަ ހަރަކާތްތަކެއް ހިންގި ޕީއެންސީ ކޯލިޝަނުން އިންތިހާބު ކާމިޔާބުވުމާއެކު، އިންތިހާބީ ރައީސް ހުވާ ކުރައްވާ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ދައުވަތު ދޭނެކަން ފުރަތަމަ އިއުލާނުކުރެއްވީ ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

ނަމަވެސް އިންތިހާބީ އޮފީހުން ވަނީ ދައުވަތު އެރުވީ ގައުމުތަކަށް ކަމަށާއި ވަކި ފަރާތަކަށް ނޫން ކަމަށް ބުނެފަ އެވެ.

މޯދީއަށް ވަޑައިނުގަނެވޭ މައިގަނޑު ސަބަބަކީ 17 ގައި އޮންނަ ޖީ20ގެ ވޮއިސް އޮފް ގްލޯބަލް ސަމިޓެވެ. ޖީ20ގެ ރިޔާސަތު މިހާރު ބަލަހައްޓަމުން އަންނަނީ އިންޑިއާއިންނެވެ.

ނޮވެމްބަރު 17 ވަނަ ދުވަހު ވޮއިސް އޮފް ގްލޯބަލް ސަމިޓު ކުރިއަށް ދާނެކަން އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު އިއްޔެ ދެއްކެވި ވާހަކަފުޅެއްގައި ވެސް ވިދާޅުވެފައިވެ އެވެ.

"އަދަދު" ނޫހަށް އެނގިފައިވާ ގޮތުގައި މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ދައުލަތުގެ ވެރިޔަކު ވަޑައިގަންނަވަނީ އެންމެ ގައުމަކުންނެވެ.

ރިޔާސީ އިންތިހާބަށް ފަހު މުއިއްޒު ފުރަތަމަ ފަހަރަށް ރައްޔިތުންނާ ވާހަކަ ދައްކަވަމުން ވެސް ދެއްވި ޔަގީންކަމަކީ ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ފޮނުވައިލާނެ ކަމެވެ. އެއަށްފަހު އެކި މީޑިއާތަކަށް ދެއްވި އިންޓަވިއުތަކުގައިވެސް މުއިއްޒު ވަނީ އެ ވައުދު ތަކުރާރުކުރައްވައިފަ އެވެ.

ޕީޕީއެމް/ޕީއެންސީގެ ފުރަތަމަ ސަރުކާރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އަވައްޓެރި އިންޑިއާއާ އޮތް ގުޅުން ވަރަށް ބޮޑު ހީނަރުވެގެން ދިޔަ އެވެ. އެ ވެރިކަމުގައި ގާތް ގުޅުމެއް ބޭއްވީ، އިންޑިއާއާ ވާދަވެރި ޗައިނާއާ އެވެ. އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތައް ވެސް ހިންގީ ޗައިނާގެ މާލީ އެހީ އާއި ލޯނު މެދުވެރިކޮށެވެ.

މި ސަރުކާރުގައި އިންޑިއާގެ ލޯނު އެހީ މެދުވެރިކޮށް ގިނަ މަޝްރޫއުތައް ރޭވިއިރު، ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން "އިންޑިއާ އައުޓް" ކެމްޕެއިން ހަރަކާތެއް ވެސް ހިންގި އެވެ. ނަމަވެސް، އިންތިހާބުވުމަށްފަހު މުއިއްޒު ވަނީ އިންޑިއާ ސިފައިން ބޭލުމަކީ މަގުމަތިން ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ އަމިއްލަ ހަރަކާތައް ފާޑުވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox