ފިސްތޯލައެއް ސިފައިގައި އޮތް ލައިޓަރެއް ލަގެޖުން ފެނިގެން ލަންކާގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުން ރޭ ހައްޔަރުކުރި ދިވެހި މީހާ މިއަދު ދޫކޮށްލައިފި އެވެ.
ރާއްޖޭގެ ފޮރިން މިިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ހައްޔަރުކުރި މީހާ ފުލުހުންގެ ބަންދުން ދޫކޮށްލި ނަމަވެސް އޭނާގެ ޕާސްޕޯޓު އަދި ދޫނުކުރާ ކަމަށެވެ. މައްސަލައިގެ ތަހުގީގު މުޅިން ނިމި، މި މަހުގެ 17 ގައި ޕާސްޕޯޓު އަނބުރާ ލިބޭނެ ކަމަށް ބެލެވޭ ބެލެވޭ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
ހައްޔަރުކުރީ މެދުފަންތީގެ ވިޔަފާރިއެއް ކަމުގައިވާ އުމުރުން 58 އަހަރުގެ އަބްދުއްސޮމަދު މުހައްމަދު އެވެ. އޭނާއަކީ މާލޭ ރައްޔިތެކެވެ. އާއިލާއާއެކު އޭނާ ރާއްޖެ އަންނަން އޮތީ ރޭ އެމިރޭޓްސްއިން އެވެ.
އޭނާގެ ލަގެޖުން ފެނުނު ފިސްތޯލު ލައިޓަރަކީ ބެންކޮކުން ގަނެގެން ގެނެސް ލަންކާގައި ހުންނަ އޭނާގެ ގޭގައި ބާއްވަފައިވާ އެއްޗެކެވެ. އެ ލައިޓަރު މީގެ ދެ އަހަރު ކުރިން ލަންކާއަށް އެތެރެކުރިއިރު މައްސަލައެއް ޖެހިފައެއް ކަމަށް ސޮމަދުގެ ގާތް މީހަކު ބުންޏެވެ.













