މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ޔާމީނަށް ބައިވެރިވެވަޑައިގެންނެވޭނެ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭބަންދަށް ބަދަލުކުރި ދުވަހު ޔާމީނަށް މަރުހަބާ ކިޔުމަށްޓަކައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ހ. ދޫވެހި ކައިރީގައި ސަޕޯޓަރުންނާއެކު. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭބަންދަށް ބަދަލުކުރި ދުވަހު ޔާމީނަށް މަރުހަބާ ކިޔުމަށްޓަކައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ހ. ދޫވެހި ކައިރީގައި ސަޕޯޓަރުންނާއެކު. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ނިމިގެން ދިޔަ ރިޔާސީ އިންތިހާބު, ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވުމަށްޓަކައި އެންމެ ބޮޑަށް ވިއްކެވީ އިންޑިއާ ސިފައިން ބޭރުކުރުމުގެ ވާހަކަ އާއި 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރާނެ ކަމުގެ ވާހަކަ އެވެ. -- އެ ބޭފުޅުންގެ ބަހުން ނަމަ އެއީ "ހަރާމް" ހުކުމެކެވެ.

ދިވެހިރާއްޖޭގެ އެންމެ މަތީ ތަހުތުގައި މުއިއްޒު އިށީނދެވަޑައިގަތުމުގެ ވަގުތު މި ވަނީ ކައިރިވެފަ އެވެ. އަންނަ ހުކުރު ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައި ބާއްވާ ހައިބަތު ބޮޑު ރަސްމިއްޔާތުގައި އަށް ވަނަ ރައީސުލްޖުމްހޫރިއްޔާގެ ހުވާ އުމުރުން 45 އަހަރުގެ މުއިއްޒު ކުރައްވާނެ އެވެ.

އެ ހާއްސަ ރައްމިއްޔާތަށް، އަދި ޕީޕީއެމް/ޕީއެންސީގެ މެމްބަރުންނަށް ވަކިން ހާއްސަވާ އެ ރަސްމިއްޔާތައް މިވަގުތު ރަށުބަންދުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދައުވަތު ފޮނުއްވާނެ އެވެ. އެކަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކަށަވަރުކޮށް ދިނެވެ. ނަމަވެސް އެ މަނިކުފާނަށް އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނެތޯ ސުވާލު އުފެދެ އެވެ.

ގާނޫނު އޮތް ގޮތް

ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 62 ވަނަ މާއްދާގައި ވަނީ ސިޔާސީ ޕާޓީއަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ހުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ލިބިގެން ނުވާ ކަމަށެވެ.

titledesc

ޔާމީން ގޭބަންދަށް ބަދަލުކޮށް، އަދި ފަހުން އިތުރު ލުއިތަކެއް ދީފައި ވިޔަސް، އެ ލުއިތަކުން ސިޔާސީ ހަރަކާތް ނުހިންގޭ ގޮތަށް "ބަނދެވިފައި" ވަނީ އެ މަނިކުފާނުގެ ވެރިކަމުގައި، އޭރުގެ އިދިކޮޅު ސިޔާސީ ލީޑަރުން މައިތިރިކުރަން ޕެރޯލްގެ ގާނޫނަށް ގެނައި މި އިސްލާހުންނެވެ.

މަޖިލީހުން ހިންގި މުއާމަލާތްތައް

ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 62 ވަނަ މާއްދާ އެހެން އޮތުމާއެކު، މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ޔާމީނަށް ދައުވަތު ދޭނީތޯ ނިންމިމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކަރެކްޝަނަލް ސާވިސްގެ ލަފައެއް ހޯދިކަން ވަނީ "އަދަދު" ނޫހަށް އެނގިފަ އެވެ. ސަބަބަކީ، އެމަނިކުފާނަށް ދީފައިވާ ލުއިތަކުގެ ތެރޭގައި ސިޔާސީ ހަރަކާތްތައް ހިންގުމާއި ބައިވެރިވުން ނުހިމެނޭތީ އެވެ.

އެމަނިކުފާނަށް ދިން ލުއިތައް ނަގާނެ ކަމަށް އިންޒާރު ދިނީ ވެސް ޕީޕީއެމްގެ އޮފީހުގައި ސިޔާސީ ހަރަކާތްތައް ހިންގަން ފެށުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ސިޓީއާ ގުޅިގެން ކަރެކްޝަނަލް ސާވިސްއިން ދިން ޖަވާބުގައި ދެ މާނައެއް ކުރެވެ އެވެ. ސާފުސީދާ ޖަވާބެއް ދިނުމުގެ ބަދަލުގައި އެ އިދާރާއިން ހިފަހައްޓާފައިވަނީ އިގުރާރުގެ ލިޔުމުގައި ބުނެފައިވާ ގޮތެވެ.

މާލޭ ސަރަހައްދުގައި ހަރަކާތްތެރިވެވޭ ގޮތަށް ލުއި ދިނުމަށް އެކުލަވާލި އިގުރާރުގެ ދަށުން ޔާމީންއަށް ހުއްދަ ދީފައި ވަނީ ޑޮކްޓަރީ ފަރުވާގެ އެކިއެކި ބޭނުންތަކަށާއި ކަސްރަތު ކުރުމުގެ އެކިއެކި ބޭނުންތަކުގެ އިތުރުން މުހިންމު އެކި ބޭނުންތަކަށް މާލެ ސަރަހައްދުގެ ކޮންމެ ތަނަކަށް ވެސް ކަރެކްޝަންސްއަށް އެންގުމަށް ފަހު ދިއުމަށެވެ. އަދި މުހިންމު ކަންކަމުގައި ބައްދަލު ކުރަން ބޭނުންވާ މީހުންނާއި ކަރެކްޝަންސްއަށް އެންގުމަކާ ނުލައި ބައްދަލު ކުރުމުގެ ހުއްދަ ދީފައިވެ އެވެ.

ހުވާކުރުމުގެ ރަސްމިއްޔާތަށް ޔާމީން ވަޑައިގަތުމަށް ދައުވަތު ދެއްވައި އެ ދައުވަތު ގަބޫލު ކުރައްވައިފި ނަމަ، ކަރެކްޝަނަލް ސާވިސްއިން އިތުރު ހުރަހެއް ކުރިމަތިކޮށްފާނެތޯ މިއީ އުފެދޭ ސުވާލެކެވެ. ނަމަވެސް ބައެއް ވަކީލުން ވިދާޅުވާ ގޮތުގައި ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ޔާމީނަށް ވަަޑައިގެންނެވޭނީ ކަސްރަތަކަށްވާ ހަރަކާތެއް ނަމަ އެވެ.

މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަކީ ގައުމީ ހަފުލާއެކެވެ. އެ ހަފުލާގައި ބައިވެރިވުމަށް ހުއްދަ އަށް އެދެންޖެހޭނެ އެވެ. އަދި ކަރެކްޝަނަލް ސާވިސްއިން ހާއްސަ ހުއްދައެއް ޔާމީނަށް ދޭންޖެހޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox